logoEN
cocacola
130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ޝަހީބުގެ މައްޗަށް ބޮޑު 3 ދަޢުވާއެއް

130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ޝަހީބުގެ މައްޗަށް ބޮޑު 3 ދަޢުވާއެއް

އަޙްމަދު ޖަމީލު

logo

12/19/2020, 6:11:15 AM

shaheeb-850x548

ރާއްޖެއަށް އެތެރެކުރަން އުޅުނު 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް އުޅުނުކަމުގެ ތުހުމަތު ކުރެވޭ ގއ. ވިލިނގިލި/ ލައިޓްހައުސް، ޝަހީބް އިބްރާހިމްގެ މައްޗަށް ތިން ދައުވާއެއް އުފުލައިފިއެވެ.

ގޮސިޔާ

އޭނާގެ މައްޗަށް އުފުލާފައިވަނީ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ 2 ދަޢުވާއާއި، މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގެ ދަޢުވާއެވެ. މިއިން ކޮންމެ ދަޢުވާއަކުންވެސް 25 އަހަރުގެ ޖަލު ޙުކުމާއި. 100،000 ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާއެއް އަންނާނެއެވެ.

މިމައްސަލާގައި ޝަހީބު ހައްޔަރުކުރުމަށްފަހު ކްރިމިނަލް ކޯޓުން އޭނާ ވަނީ ދޫކޮށްލާފައެވެ. ނަމަވެސް ޝަރީޢަތް ނިމެންދެން ބަންދުކުރަން ހައިކޯޓުން ކުރި ޢަމުރު އޭނާ ވަނީ ސުޕްރީމް ކޯޓްގައި އިސްތިއުނާފްކޮށްފައެވެ.

ޝަހީބު ހައްޔަރު ކޮށްފައި ވަނީ ހުޅުމާލޭ ކައިރީ އޮތް ދޯންޏަކުން ފެނުނު 130 ކިލޯ މަސްތުވާތަކެތީގެ މައްސަލައިގައެވެ. އެ މައްސަލައިގައި ޝަހީބު ހިމެނޭގޮތަށް ހަތް މީހަކު ފުލުހުން ހައްޔަރު ކުރިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ