logoEN
ޕީއެންސީ 2
ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން އަންނަ އަހަރު ހުވަދު އަތޮޅުގައި ކޯސްތަކެއް ހިންގަނީ

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން އަންނަ އަހަރު ހުވަދު އަތޮޅުގައި ކޯސްތަކެއް ހިންގަނީ

އަހުމަދު ޝުރާއު

logo

12/19/2020, 6:14:16 AM

large_156018710116RPN8

ހުވަދު އަތޮޅުގެ އިތުރުން އިތުރު ތިން އަތޮޮޅެއްގައި ޤުރުއާނާ ބެެހޭ މަރުކަޒުން ކޯސްތަކެއް އަންނަ އަހަރުގެ ފުރަތަމަ ސެމިސްޓަރ ގައި ކުރިޔަށް ގެންދިޔުމަށް ނިންމައި ކޯސް ތަކުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި އެވެ.

ޝަރީ 2024

އިސްލާމިކް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮޮތުގައި ކޯސްތަށް ކުރިޔަށް ގެންދިޔުމަށް ނިންމައިފައިވަނީ ހުވަދު އަތޮޅުގެ 3 ރަށެއްގެ އިތުރުން އިތުރު ތިން އަތޮޅެއްގައި އެވެ. އެގޮތުން ހުވަދު އަތޮޅުގައި ކޯޯސްތަށް ކުރިޔަށް ގެންދަން ނިންމާފައިވަނީ ގއ. ވިލިނގިއްޔާއި ގއ. މާމެންދޫގެ އިތުރުން ގދ. ތިނަދޫގައި އެވެ. މީގެެ އިތުރުން މިކޯސްތަށް ޅ. ހިންނަވަރު ، ރ. ހުޅުދުއްފާރު އަދި އދ. މަހިބަދޫގައި ވެސް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައެެވެ.

ކީރިރި ޤުރުއާނާބެެހޭ ގައުމީ މަރުކަޒުން ޖުމުލަ 4 ކޯހެއް ވަނީ އިއުލާންކޮޮށްފައެވެ. އެއީ ޤިރާތު ސެެޓްފިކެޓް 1 ، ޤިރާތު ސެެޓްފިކެޓް 2 ، ޤިރާތު ސެެޓްފިކެޓް 3 އަދި ޤާރީކަމުގެ އެޑްވާންސް ސެޓްފިކެޓްގެ ކޯސްތެކެވެ. މި ކޯސްތަށް ކުރިޔަށް ގެންދާނީ މިރަށްރަށުގައި ހުންނަ ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ގޮފިތަކުންނެވެ.

މިކޯސްތަކުގައި ބައިވެެރިވުމަށް އެދޭ ފޯމު ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުންނާއި މަރުކަޒުގެ ގޮޮފިތަކުން ދަނީ ދޫކުރަމުންނެވެ. އަދި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ވެބްސައިޓުންވެސް (www.nchq.gov.mv ) ޑައުންލޯޯޑްކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ