ކޮވިޑް 19 ގެ ބަލިމަޑުކަމާއި ގުޅިގެން ނުވަ މަސްދުވަހަށް ފަހު މާލެ ސަރަހައްދުގައި އިއުލާންކުރި ކާފިއު ގަޑިތައް އެޗްޕީއޭއިން އުވާލައިފި އެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު, މައިމޫނާ އަބޫބަކުރު ނެރުއްވި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން ލިބިދޭ ބާރުގެ ދަށުން މާލެއާއި، ހުޅުމާލެއާއި، ވިލިމާލޭ ގައި ރޭގަނޑު 00:12 އިން ފެށިގެން ފަތިހު 00:4 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް ނުކުތުން މަނާކުރުމަށް ނެރުނު އެންގުން ވަނީ ބާތިލް ކުރެވިފައެެވެ. މިއާއިއެކު މިއަހަރުގެ އޭޕްރިލް މަހުން ފަށައިގެން ހިނގަމުން އައި ކާފިއު ވަނީ ނުވަ މަސްދުވަހަށް ފަހު ނިމުމަކަށް އައިސްފައިއެވެ.
އެންމެ ފުރަތަމަ ކާފިއު އިއުލާން ކޮށްފައި ވަނީ އެޕްރީލް މަހުގެ ތެރޭގަ އެވެ. އެެހެން ނަމަވެސް ކޭސްތަށް މަދުވާން ފެށުމާއި އެކު ޖޫން މަހުގެ ތެރޭގައި ލުއި ދޭން ވަނީ ފަށާފައި އެވެ. ކާފިއު އުވާލި އިރު އެންމެ ފަހުން ގެނައި ބަދަލުގެ ތެރެއިން ކާފިއު ގަޑީގެ ގޮތުގައި ހަމަޖައްސާފައި ވަނީ ރޭގަނޑު 12 އިން ފަތިހު ހަތަރަކަށެވެ.
އެޗްޕީއޭއިން މިވަނީ ގިނަ ކޮވިޑްގެ ހާލާތު ރާއްޖޭގައި އެންމެ ނުރައްކާވި ސަރަހައްދު ކަމުގައިވާ މާލެ ސަރަހައްދަށް ގިނަ ލުއި ތަކެއް ދޭން ފަށާފައެވެ. އެގޮތުން އެޗްޕީއޭއިން ވަނީ މާލެ ސަރަހައްދުގައި ކުޅިވަރު މުބާރާތްތަކާއި އެހެނިހެން ހަފްލާތަށް ބޭއްވުމުގެ ހުއްދަވެސް ދީފައެވެ.