ހަވަރު ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް: 10 ޓީމަކުން މުބާރާތުގައި ބައިވެރިވެރިވުމަށް ރަޖިސްޓްރީ ކޮށްފި

ގާފު މީޑިއާ ގްރޫޕުން އިސްނަގައިގެން ކުރިޔަށް ގެންދިޔުމަށް ނިންމައިފައިވާ " ހަވަރު ގާފު ބެޑްމިންޓަން ޗެެމްޕިއަންޝިޕް 2020″ ގައި ރަޖިސްޓްރީ ވުމަށް ހުޅުވާލި ފުރުސަތުގެ ސުންގަޑި ހަމަވިއިރު ޖުމުލަ 10 ޓީމަކުން މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓްރީކޮޮށް ޓީމް ލިސްޓް ހުށަހަޅައިފިއެވެ.

"ހަވަރު ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2020″ ގައި ބައިވެރިވުމަށް އަންހެެން 4 ޓީމާއި ފިރިހެން 6 ޓީމަކުން ވަނީ ރަޖިސްޓްރީ ކޮށްފައެވެ. އަންހެން ކެޓަގަރީއާއި އަދި ފިރިހެން ކެޓަގަރީ ވަކިން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތް ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ ލީގް އުސޫލުންނެވެ.

މުބާރާތުގެ ގުރުލުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރ 22 ވަނަ ދުވަހުގައި އެވެ. އަދި ގުރުލުމަށް ފަހު މުބާރަތުގެ ޝެޑިއުލް އިއުލާން ކުރެވިގެންދާނެއެވެ.

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ ހަވަރު ސްޕޯޓްސް އެވެ. މުބާރާތުގެ އެސޯސިއޭޓް ޕާާޓްނަރ އަކަށް ހަމަޖައްސައިފައިވަނީ ހުވަދޫ ބެޑްމިންޓަން ކްލަބެވެ. މުބާރާތުގެެ އޯގަނައިޒިންގ ޕާޓްނަރ އަކަށް ހަމަޖައްސައިފައިވަނި ތިނަދޫ ސްޓޭޑިއަމްއެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކަށް ޕްރިންޓެކް ހަމަޖައްސައިފައިވާ އިރު ބެެވަރެޖްސް ޕާޓްނަރަކަށް ހަމަޖައްސައިފައިވަނީ ވޯޓާޑެކް އެވެ. މި މުބާރާތުގެ ކޯސްޕޮންސަރުންނަކީ އެކުއަ ޕެރަޑައިސް އާއި އެފްއެކްސް އެމްވީއެވެ.

"ހަވަރު ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2020″ ކުރިއަށް ގެންދާނީ ގާފު މީޑިއާ ގްރޫޕުގެ ދަށުން ގާފު ސްޕޯޓްސް އިންނެވެ. މި މުބާރާތަކީ ގާފު ސްޕޯޓްސް ރަސްމީކޮށް އިފްތިތާހް ކުރުމުގެ ގޮތުން ކުރިޔަށް ގެެންދަން ނިންމައިފައިވާ ފުރަތަމަ ކުޅިވަރު މުބާރާތެވެ. "ގާފު ސްޕޯޓްސް" އަކީ ގާފު މީޑިއާ ގްރޫޕްގެ ދަށުން ހިންގާ “ގާފު އޮންލައިން”ގެ ކުޅިވަރު ޕްލެޓްފޯމެެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް