ކްރިސްޓިއަނުން ކޮންމެ އަހަރެއްގެ ފަހުކޮޅު ފާހަގަކުރާ އެމީހުންގެ ހާއްސަ ދުވަސް "ކްރިސްމަސް ޑޭ" ފާޙަގަ ކުރުމަށް ބައެއް ދިވެހިންވެސް އުޅޭތީ އެކަމާއި ނުހަނު ހިތާމަ ކުރައްވާ ކަމުގައި ޝާއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
"ކްރިސްމަސް ޑޭ" ފާޙަގަ ކުރުމަށް ގިނަ އަދަދެއްގެ ފަތުރުވެރިން މިދުވަސްވަރު ރާއްޖެއަށް އަންނައިރު، މިކަމުގައި ބައެއް ދިވެހިވެސް ދަނީ ޝައުގުވެރިކަން ފާޅުކުރަމުންވެ. އަދި މިދުވަހުގެ ތަހުނިޔާ އެފަރާތްތަކަށް އަރިސްކުރަމުންނެވެ.
މިކަމާއި ގުޅިގެން ޝައިޚު ވިދާޅުވީ ކްރިސްމަސް އަކީ ނަޞޯރާދީނުން އެބައިމީހުންގެ ކަލާންގެ ކަމަށްދެކޭ އީސާ އަލައިހިސަލާމް އާއި ގުޅުވައިގެން އެމީހުންގެ އަޤީދާއާއިގުޅޭ މުޤައްދަސް ފެސްޓިވަލެއް ކަމަށެވެ. މި ކަމުގައި އެއްވެސް މުސްލަމަކު އެއްވެސް ހައިސިއްޔަތަކުން ބައިވެރުވުމަކީ ހުއްދަ ވެގެންވާ ކަމެއް ނޫންކަމަށް ޝައިޚް ޒައިދު ވިދާޅުވިއެވެ.
Christmas akee Nasoaraa in ebaimeehun ge kalaange kamah dhekey Eesa عليه السلام aa gulhuvaigen emeehunge ageedhaa aa gulhey muqahdhas festival eh!
Meega EHVES ISLAMAKU ehves haisiyyathun baiverivun huhdha nuvaane! V hithaama kuran baeh dhivehin mikan faahag kuran ulheythy.
— Ali Zaid (@alizaid1000) December 18, 2020
ރާއްޖޭގެ މިހާރު ލޯކަލް ޓޫރިޒަމްވެސް ފުޅާވެފައި އޮތުމާއިއެކު ބައެއް ލޯކަލް ޓޫރިޒަމް އޮތް ރަށްތަކުގައިވެސް މީގެ ކުރީ އަހަރުގައި މިދުވަސް ފާހަގަކުރަންއުޅުންު ވަނީ އެކަން ނުކުރުމަށް އެރަށްތަކުގެ ކައުންސިލުން ވަނީ އަންގާފައެވެ. މިސަރުކާރަށް ތާއީދުކުރާ އެމްޑީޕީގެ އިސްސަފުގައި ހަރަކާތްތެެރިވާ އާދިލް ސަލީމްވެސް ވަނީ ކްރިމަސްޑޭ އާއި، ނިއު އިޔާ ފަހަގަ ކުރުމަށް ރިސޯޓްތަކުގައި ތިބޭ ދިވެހި މުވައްޒިފުން ލައްވައި ކުރާ ކަންކަން ހުއްޓާލުމަށް ގޮވާލާފައެވެ.
މިއަދު ރާއްޖޭގެ އެންމެ ގިނަ ޓޫރިސްޓު ގެސްޓުހައުސް ގާއިމު ކުރެވިފައިވާ މާފުށީގެ “ބީޗް ގެސްޓްހައުސް” ގެ ބޭރުގައި ބެހެއްޓިފައިވާ ހުރި ކްރިސްމަސް ގަހެއްވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.