
ގއ ކޮލަމާފުށީ މަގުހެދުމުގެ މަޝްރޫއުގެ ސާރވޭގެ މަސައްކަތް ކުރިއަށްދަނީ
6D5AA8A9-7F85-44E7-994F-C52667BBBEB5
ގއ. ކޮލަމާފުށީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫއުގެ ދަށުން އެރަށުގެ މަގުތަކުގެ ސާރވޭ ހެދުމުގެ މަސައްކަތް ރޯޑް ޑެވެލޮޕްމެންޓް ކޯރޕަރޭޝަން ލިމިޓެޑް (އާރް.ޑީ.ސީ) އިން ފަށައިފިއެވެ.

ޖުމްލަ 85.3 މިލިއަން ރުފިޔާއަށް ހަވާލުކުރެވުނު މި މަޝްރޫއުއަކީ ކޮލަމާފުށީގެ މަގުތަކުގެ ޑިޒައިން އަދި ބިލްޑިގެ އުސޫލުން ކުރިއަށް ގެންދެވޭ މަޝްރޫއުއެކެވެ. މި މަޝްރޫއުގެ ދަށުން ޖުމްލަ 8 ކިލޯމީޓަރުގެ މަގުގައި ތާރުއެޅި، މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކުރެވި އަދި މަގުތަކުގައި މަގުބައްތި ޖެހިގެން ދާނެއެވެ
މިމަހުގެ ތެރޭގައި މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އާރް.ޑީ.ސީ އާއިއެކު އެއްބަސްވުމަކަށް އައިސް މަސައްކަތް ހަވާލުކުރީ ޖުމްލަ 450 ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމާގޮތަށެވެ.