
ތިނަދޫގައި ސިންތެޓިކް ޓްރެކެއް އެޅުމަށް 21ވަނަ އަހަރުގެ ބަޖެޓުގައި
65566210_325935618344150_4664445989396938752_o
ގދ ތިނަދޫގައި ސިންތެޓިކް ޓްރެކެއް އަޅަން އަންނަ އަހަރަށް ލަފާކޮށް އެކުލަވާލި ބަޖެޓުގައި ހިމަނައިފި އެވެ.

އިންޑިޔާގެެ އެގްޒިމް ބޭންކުގެ އެހީގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ސިންތެޓިކް ޓްރެެކް އެޅުމަށް އަންނަ އަހަރަށް ލަފާކޮށްފައިވަނީ 3 މިލިއަން ދިވެހި ރުފިޔާއެވެ. މިއީ އެގްޒިމް ބޭންކުގެެ ލޯނު އެހީގައި ކުރިޔަށް ގެންދަން ލަފާކުރާ ޕްރޮޖެކްޓެކެވެ.
މި ޕްރޮޖެކްޓާއި އެކު ތިނަދޫގެ ޒޯން ސްޓޭޑިއަމް އަޕްގްރޭޑް ކުރުމަށްވެސް ވަނީ ބަޖެޓުގައި ހިމަނާފައެވެ. އެގޮތުން ޒޯން ސްޓޭޑިއަމް އަޕްގްރޭޑްކުރުމަށްޓަކައި ބަޖެޓުގައި 7 ލައްކަ ރުފިޔާ ހިމާނާފައިވެއެވެ.
ހުވަދުއަތޮޅަކީ ރާއްޖޭގެެ އެތްލެެޓިކްސްގައި ނަންމަޝްހޫރު އަދި ވަރުގަދަ ތާރީހެއް އޮތް އަތޮޅެެކެވެ. އަދި ހާއްސަކޮށް ތިނަދޫއަކީ އެތްލެޓިކްސްގައި ވަރުގަދަ ރަށެކެެވެެ. ހުވަދޫގެ އެތްލީޓުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައިއޮތީ ފެންވަރު ރަނގަޅު ދުވާ ޓްރެކެއް ނެތުމެވެ. އެހެެންކަމުން ސިންތެޓިކް ޓްރެކް ޕްރޮޖެކްޓަކީ މި ރީޖަނަށް ވަރަށްވެސް މުހިންމު ޕްރޮޖެކްޓެެކެވެ. އަދި މިއީ ހުވަދުއަތޮޅުގައި އެތްލެޓިކްސް މުބާރާތްތަކާއި ތަމްރީން ޕްރޮގްރާމްތަށް ކުރިޔަށް ގެންދަން ހުޅުވިގެންދާނެ މަގަކަށެވެ.