
ހަވަރު ޔޫތްކަޕްގެ ޓީމްލިސްޓް ހުށެހެޅުމުގެ މުއްދަތު މާދަމާގެ ނިޔަލަށް
131143234_716011479336560_1552480290318625484_o
ތިނަދޫ ސްޓޭޑިއަމް އާއި ހަވަރު ސްޕޯޓަސްއާއި ގުޅިގެން ބާއްވަން ހަމަޖެހިފައިވާ "ހަވަރު ޔޫތުކަޕް 2020" ގެ ޓީމްލިސްޓް ހުށެހެޅުމުގެ މުއްދަތު މާދަމާ ރޭ ގެ ނިޔަލަށް ހަމަވާނެއެވެ.

ހަވަރު ޔޫތް ކަޕުގައި ކުޅޭ ޓީމުތަކަށް ބޯޅައާއި ޖާޒީ ދިނުމަށް ހަމަޖެހިފައިވަނީ މުބާރާތް އިންތިޒާމް ކުރާ ފަރާތުންނެވެ. އެގޮތުން ތިނަދޫގެ ދެ ދާއިރާގެ މަޖިލިސް މެންބަރުންގެ ފަރާތުން މިއަދު ވަނީ މުބާރާތުގައި ބައިވެރިވާ ޓީމްތަކަށް ބޯޅަ ހަދިޔާކޮށްފައެވެ. އަދި މުބާރާތް އިންތިޒާމްކުރާ ހަވަރު ސްޕޯޓްސްއިންވެސް ވަނީ ޓީމްތަކަށް ބޯޅަ ހަދިޔާކޮށްފައެވެ.
މި މުބާރާތުގެ ގުރުއަތުލުން އޮތީ މިމަހު ވިހިވަނަ ދުވަހުގައި އޮތްއިރު މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 25 ގައެވެ.
މުޅި ހުވަދު އަތޮޅަށް ފުރުސަތު ހުޅުވައިލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ މެޗުތަށް ކުޅޭނީ ގދ ތިނަދޫގެ ރަސްމީ ފުޓްބޯޅަ ދަނޑުގައި އެވެ.
މި މުބާރާތަށް ހުރިހާ ޓީމްތަކުންވެސް ވަނީ ފަރިތަކުރުންތަށް ފަށާފައެވެ. މި މުބާރާތުގެ އެއްވަނަ އަށް ދާ ޓީމްއަކަށް ވިހި ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ލިބެއެވެ. އަދި ދެވަނައަށް ދާ ޓީމަށް ދިހަ ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަ ޖައްސާފައެވެ.