logoEN
cocacola
ދާންދޫ އެކްސިޑެންޓްގައި އަނިޔާވިކުއްޖާ އަށް އައިޖީއެމްއެޗްގައި ފަރުވާ ދެނީ

ދާންދޫ އެކްސިޑެންޓްގައި އަނިޔާވިކުއްޖާ އަށް އައިޖީއެމްއެޗްގައި ފަރުވާ ދެނީ

އަޙްމަދު ޖަމީލު

logo

12/17/2020, 10:12:50 AM

Dhaandhoo

ގއ. ދާންދޫގައި އިއްޔެ ހަވީރު ހިނގި އެކްސިޑެންޓުގައި އަނިޔާވި ތިން އަހަރުގެ ކުޑަ ކުއްޖާގެ ހާލު ސީރިއަސް ވެގެން އިތުރު ފަރުވާއަށް މާލެގެނެސް އައިޖީއެމްއެޗުގައި ފަރުވާ ދޭން ފަށައިފިއެވެ.

ގޮސިޔާ

އިއްޔެ ހަވީރު ގއ ދާންދޫގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް މަގުމަތީގައި ހުރި ތިން އަހަރުގެ ކުޑަ އަންހެން ކުއްޖެއްގައިގަ ޖެހުމުން އެކުއްޖާގެ ހާލު ސީރިއަސްވެ ގއ.ވިލިނގިލި ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު މާލެ ގެންދިޔައީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

"ގާފު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަނިޔާވި އަންހެން ކުއްޖާގެ ގައިގަ ސައިކަލުން ޖެހުމުން އެކުއްޖާ ވިއްސައިގެން ގޮސް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. ކުއްޖާގެ ބޯ ފަޅައިގެން ގޮސްފައި ވާއިރު ފަޔަށް ވެސް ވަނީ ހާނިކަތަކެއް ލިބިފައެވެ.

މި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިނީ އުމުރުން 19 އަހަރުގެ ފިރިހެނެކެވެ. އަދި އޭނާއަކީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސެންސް ނެތް މީހެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ