logoEN
cocacola
އެއްވެސް ގޮތަކަށް ތަދުގެ އިހްސާސް ނުކުރެވޭ އާއިލާއެއް!

އެއްވެސް ގޮތަކަށް ތަދުގެ އިހްސާސް ނުކުރެވޭ އާއިލާއެއް!

ގާފު އެޑިޓޯރިއަލް

logo

12/17/2020, 6:45:42 PM

1

އިޓަލީއަށް ނިސްބަތްވާ، މާސިލިސްގެ އާއިލާ އަކީ ހަޤީޤީ ދިރިއުޅުމުގައި ފެންނާނެ ސުޕަ ހީރޯން ތަކެކެވެ. އާއިލީ މެމްބަރުގެ އަދަދު 6 ހިމެނޭ މިއާއިލާގެ، ހުރިހާ މެމްބަރުންނަށް ކުރިމަތިވެފައިވާ ޖެނެޓިކް މިއުޓޭޝަނެއްގެ ސަބަބުން އާދައިގެ އިންސާނުންނާއި ވަރަށް ތަފާތުކޮށް މިއާއިލާގެ މެމްބަރުންނަށް ތަދުގެ އިޙްސާސް ކުރެވެނީ ވަރަށް ކުޑަކޮށެވެ. ހަށިގަނޑުގެ ކަށިތައް ބިދި، ލޮލަށް ފެންނަވަރުގެ ބޮޑެތި ފާރުތައް ހަށިގަނޑުގައި ހެދޭހިރު، ގިނަ ފަހަރަށް އެއްވެސް ވަރެއްގެ ތަދެއް ނުވެއެވެ. އަދި ހަމަ މިބީދައިން، ކުޅިގަދަ މިރުސްފަދަ އެއްޗެހި މެޓައެއް ކާލާ އުސޫލުން މިއާއިލާގެ މެމްބަރުން ފަސޭހަކަމާއެކު ކާލައެވެ.

ގޮސިޔާ

މިއާއިލާގެ މެމްބަރުންނަށް ތަދު އިޙްސާސް ނުވުމުގެ ސަބަބެއް ހޯދުމަށް ސައިންސްވެރިން ވަނީ ތަފާތު ތަޙްލީލުތަކެއް ކޮށްފައެވެ. އާއިލީ މެމްބަރުންގެ ޖީންތަކުން، ތަދުގެ އިޙްސާސް ކުޑަކުރުމަށް ޒިންމާވާ ޖީން ހޯދައި، ތަނދު ކަޑުވާލުމުގެ އާގޮތްތަށް މިދިރާސާތަކުގެ އަލީގައި ހާމަވެގެންދާނެކަމަށް ސައިންސްވެރިން ޤަބޫލުކުރެއެވެ.

ޔުނިވާސިޓީ ކޮލެޖް ލަންޑަންގެ ޖާނަލްއެއްގައި ޑރ. ޖޭމްސް ކޮކްސް ހާމަކޮށްފައިވާ ގޮތުގައި، އިޓަލީގެ މިއާއިލާއަށް ނިސްބަތްވާ މީހުން، އަމިއްލަޔަށް ގައިގައި އަލިފާން ރޯކުރުމުންވެސް އެއްވެސްކަހަލަ ތަދުގެ އިޙްސާސެއް ނުކުރެވެއެވެ. ނަމަވެސް އެހެން އިންއިސާނުންނެކޭ އެއްފަދައިން، ހަށިގަނޑުގެ ނާރުތައް އުފެދިފައި ވާއިރު، އެހެން އިންސާނުންނެކޭ އެއްފަދައިން، ނާރުތަށް މެދުވެރިވެގެން ތަދުގެ އިޙްސާސް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިޔަށް ނުދެއެވެ. ދިރާސާ ކުރާ ފަރާތްތަކުން ހާމަކުރާގޮތުގައި، މިއާއިލާގެ މެމްބަރުންނަށް ތަދު އިޙްސާސް ނުކުރެވޭ ސަބަބުތައް ހޯދުމަށް ދިރާސާ އަންނަނީ ކުރެވުމުންނެވެ. މި ނަތީޖާގެ އަލީގައި، ތަދު ކެނޑުވުމުގެ އާ ގޮތްތައް އެނގިގެން ދިޔުމަކީ ވަރަށް ގާތްކަމެކެވެ.

މިއާއިލާއިން، ޖެނެޓިކް މިއުޓޭޝަންގެ އަސަރު ފޯރާފައިވާ މެމްބަރުންގެ ތެރެއިން މަންމަ (އުމުރު 78)، ދެ އަންހެން ދަރިން (އުމުރު 50 އަދި 52) އަދި ދެ އަންހެން ދަރިންގެ ކުދިން ( ދެ ފިރިހެން ކުދިންނާއި، އަންހެން ކުއްޖަކު، އުމުރުން 24، 21 އަދި 16) ހިމެނެއެވެ. މިއީ ތަދު އިހްސާސް ނުކުރުމުގެ މައްސަލަ މިއާއިލާން ކުރިމަތި ވެފައިވާ ހަމައެކަނި މެމްބަރުންނެވެ. ދިރާސާކުރާ ފަރާތްތައް މި ޚާއްސަ ސިއްޙީ މައްސަލަޔަށް، އާއިލާ އާއި ގުޅުވައިގެން ނަން ދީފައިވެއެވެ. މިގޮތުން ރިސާޗަރުން ދީފައިވާ ނަމަކީ "މާސިލީ ސިންޑްރޯމް" އެވެ.

ތަދު އިޙްސާސް ނުވުމުގެ މައްސަލަ ހުންނަ، މިއާއިލާގެ ދުވަސްވީ އެއް މެމްބަރު ކަމުގައިވާ ލެޓީޒިޔާ މާސިލީ (އުމުރުން 52)، ބީ.ބީ.ސީ ނިއުސް އަށް މަޢުލޫމާތު ދެމުން ހާމަކޮށްފައިވާ ގޮތުގައި، މި ސިއްޙީ މައްސަލަޔާއި ގުޅިގެން މާބޮޑު ކަންބޮޑުވުމެއް ނެތެވެ. ނަމަވެސް ތަދު އިޙްސާސް ނުވުމުގެ ސަބަބުން ހޫނު އެއްޗެހި ބުއިމުން، އަނގައިގެ މަތީތަލި ފަދަ ތަންތަން ފިހިގެން ދާއިރުވެސް ނޭނގެއެވެ. އޭނާގެ ފިރިހެން ދަރިފުޅު (އުމުރުން 24) ހާމަކޮށްފައިވާ ގޮތުގައި، ފުޓްބޯޅަކުޅުމުގެ ތެރޭގައި، ކަކުލަށް ތަފާތު އަނިޔާތަށް ލިބިފަވެއެވެ. ނަމަވެސް ތަދުގެ އިޙްސާސް ނުވުމުގެ ސަބަބުން، އަނިޔާ ވުމުންވެސް އެކަން ނޭނގެއެވެ.

މިއާއިލާ ވެގެން ގޮސްފައިވަނީ، ތަދު ކެނޑުވުމުގެ ޖެނެޓިކް ތަފާތު ދިރާސާ ކުރާފަރާތްތަކަށް، ލިބިގެން ގޮސަފައިވާ އަގު ބޮޑު ވަސީލަތަކެށެވެ. މިގޮތުން މިއާއިލާގެ ކޮންމެ މެމްބަރެއްގެ ޑީ.އެން.އޭ ނެގުމަށްފަހު، ތަފާތު ޖީންތަކުގެ ޕްރޮޓީން އާއި ގުޅުވައި ޖީން މިއުޓޭޝަން ZFHX2 ޖީން އަންނަ ޕޮއިންޓެއް ދެނެގަނެވޭތޯ ދަނީ ދިރާސާ ކުރެވެމުންނެވެ. އަދި މިދިރާސާ ކުރިޔަށް ގެންދާ ފަރާތުން، ދިރާސާކުރުމަށް ZFHX2 ޖީން ހިމަނައިގެން ޓެސްޓުކުރުމަށް މީދާތައް ލެބޯޓްރީގައި އާލާކުރެއެވެ. މިއިން ކޮންމެ މީދަލަކަށްވެސް އެހެން މީދާތަކާއި ތަފާތުކޮށް ތަދު އިހްސާސްކުރުމުގެ ޤާބިލްކަން ލިބިފައިވެއެވެ.

ޕްރޮފެސަރ އެނާ މާރިއާ އަލޯއިސީ ހާމަކުރާގޮތުގައި، މިއާއިލާއަށް އައިސްފައިވާ ޖެނެޓިކް މިއުޓޭޝަން ސާފުވުމުނެ، މިއާއިލާއަށް ދިމާވެފައިވާ ތަދު އިޙްސާސް ނުވުމުގެ މައްސަލައަށް ހައްލެއް ހޯދި، ތަދު ދެނެގަތުމަށް ކުރެވެމުން އަންނަ ދިރާސާތަކަށް އާ މަގެއް ހުޅުވި ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ. އިތުރު ދިރާސާތަށް ކޮށްގެން، ޖީން މިއުޓޭޝަނާއި، ތަނދާއި ވާ ގުޅުމެއް އަދި ތަދާއި އިތުރު ޖީންތަކަކާއި ގުޅުމެއް ވާނަމަ އެކަން އެނގިގެން ދާނެއެވެ. މިދިރާސީތަކަކީ، ތަދަށް ތަފާތު ބޭސްތައް ތައްޔާރުކުރުމަށް ހުޅުވޭނެ ދޮރަކަށް ވުން އެކަށީގެންވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ