ބިލަތް ކައި އުޅެންތަ؟

ދިވެހިންގެ ތެރެއިން ގިނަ ބަޔަކީ ބިލަތާއި ނުލއި އުޅެން އުނދަގޫބައެކެވެ. އާންމު ކޮށް ދިވެހިން ބިލެތް ބޭނުން ކުރަނީ ދުފަން އެކަންޏެވެ. ބިލެތުގައި ސިއްހީ އެތައް ފައިދާތަކެއް އެކުލެވޭކަން އެނގެނީ ވެސް ނިސްބަތުން މަދު މީހަކަށެވެ. ނަމަވެސް ބިލެތަކީ ހަށިގަނޑަށާއި ހަންގަނޑަށް އެތަކެއް ފައިދާއެއް ލިއްބައިދޭ އެއްޗެކެވެ. ހަށިގަނޑު ރީތިކޮށް އޮމާންކޮށް ބެހެއްޓުމަށް ވެސް ބިލެތް ބޭނުން ކުރެވެއެވެ. އަދި ނޭވާ ހާސްވާ މީހުންނަށް ވެސް ބިލެތަކީ މުހުންމު އެއްޗެކެވެ. މި ނޫނަސް އެތައް ގޮތަކުން އެތައް ފައިދާތަކެއް ބިލެތުން ލިއްބައި ދެއެވެ.

ބިލެތުގެ ބައެއް ފައިދާ:

އިސްތަށި ފޭބުން ކޮންޓްރޯލް ކޮށްދިނުން

ފުންނާބު ފަޅާއިގެން ދިއުމުން ދުރުކޮށްދިނުން.

ނަފްސާނީ ބަލިތަކުން ދުރުކޮށްދިނުން.

ގައިގަ ރިއްސުމަށް ލުއިކަން ގެނެސްދިނުން.

ބަނޑުގައި ރިއްސުން ކުޑަކޮށްދިނުން.

މީގެ އިތުރުން ނޭފަތުން ލޭއައުމާއި، ނޭވާ ހިއްލުމާއި، ބުރަކަށީގައި ރިއްސުމުގެ އިތުރުން އަދި ގޭސްޓްރިކް މައްސަލަތައް މަދުކޮށް ބްލަޑް ޕްރެޝަރ އެއްވަރެއްގައި ހިފަހައްޓައި ދެއެވެ. އަދި ބަނޑުގައި އުފެދޭ ގޭސް ކޮންޓްރޯލް ކޮށްދިނުމުގެ އިތުރުން ބިލެތުގައި އެކުލެވޭ ތެލުގެ ސަބަބުން ބަނޑަށް މަސާޖު ލިބި ހަށިގަނޑުން ބޭނުން ނުވާ ބައި ވަކިކޮށްދެއެވެ .

ބިލެތުގައި އެކުލެވޭ މާއްދާތައް:

މޮއިސްޗަރ 85.4 ޕަސެންޓް

ޕްރޮޓީން 3.1 ޕަސެންޓް

މިނެރަލް 2.3 ޕަސެންޓް

ފެޓްސް 0.8 ޕަސެންޓް

ކާބޯ ހައިޑްރޭޓްސް 6.1 ޕަސެންޓް

މީގެ އިތުރުން ވެސް ފައިބަރ، ވިޓަމިން ސީ، ކެލްސިއަމްގެ އިތުރުން ރިބޮފްލެވިން ހިމެނެއެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް