logoEN
ކޮކާކޯލާ
ދުނިޔޭގައި ހުރި އެންމެ ކުރު އަންހެން މީހާ އަށް 27 އަހަރު ފުރިއްޖެ

ދުނިޔޭގައި ހުރި އެންމެ ކުރު އަންހެން މީހާ އަށް 27 އަހަރު ފުރިއްޖެ

ގާފު އެޑިޓޯރިއަލް

logo

12/16/2020, 11:11:14 PM

Jyoti_amge_(2)

ދުނިޔޭގަ ހުރި އެންމެ ކުރު އަންހެން މީހާގެ ގޮތުގައި ގިނިސް ވޯލްޑް ރެކޯޑުން ޖާގަ ހޯދައިފައިވާ ޖިޔޯތީ ކިސާންޖެ އަމްޖެއަށް 27 އަހަރު ފުރިއްޖެއެވެ. އިންޑިއާގެ މަހަރަޝްތުރާގެ ނާގްޕޫރްއަށް އުފަން ޖިޔޯތީގެ އިސްކޮޅުގައި ހުންނަނީ 2 ފޫޓެވެ. އަދި ބަރުދަނުގައި ހުންނަނީ 5.4 ކިލޯގްރާމެވެ.

އަބުޅޯ

އޭނާ ކުރުވުމުގެ އަސްލަކީ އެކޮންޑްރޮޕްލޭސިއާ ކިޔާ ޖެނެޓިކް ބައްޔެއް ޖެހުމެވެ. ޖިޔޯތީގެ އުމުރުން 2 އަހަރު ވަންދެން އޭނާވެސް ދިޔައީ އެހެން ކުދިންނެކޭ އެއްފަދައިން ހެދި ބޮޑުވަމުންނެވެ. ނަމަވެސް އުމުރުން 2 އަހަރު ވުމަށްފަހު އޭނާގެ ހަށިގަނޑުގައި ހޯމޯންސް އުފެދުން ހުއްޓުމާއެކު އޭނާގެ އިސްކޮޅާއި ބަރުދަން ހުންނަނީ އެއްވަރެއްގައި ހިފެހެއްޓިފައެވެ.

ޖެހިފައިހުރި ބައްޔާ އެކުވެސް ޖިޔޯތީ ދިރިއުޅެމުން ގެންދިޔައީ އެހެންމީހުނެކޭ އެއްފަދައިން އާދައިގެ ދިރިއުޅުމެއްގައެވެ. ނަމަވެސް ތަފާތަކީ އޭނާ އަށް ވަކިން ޚާއްސަކޮށް އޭނާ ބޭނުންކުރާ ތަކެތި ހަދަން ޖެހޭ ކަމެވެ. އެގޮތުން ސްކޫލަށް ދިޔަ އިރު އޭނާ އިންނަނީ އޭނާ އަށް ވަކިން ޚާއްސަކޮށް ހަދާފައިވާ ގޮޑިއަކާ މޭޒެއްގައެވެ. އެއީ ސްކޫލުގައި ތިބޭ މޭޒުތަކުގެ ސައިޒު އޭނާ އަށް މާ ބޮޑު ވީމައެވެ. ޖިޔޯތީގެ އަންނައުނާއި ގަހަނާ އާއި ކެއުމަށް ބޭނުން ކުރާ ތައްޓާއި ސަމްސަލަށް ދާންދެންވެސް ހުންނަނީ އޭނާ އަށް ޚާއްސަކޮށް ހަދާފައެވެ.

undefined

2009 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރާ ހަމައަށް ދުނިޔޭގައި ހުރި އެންމެ ކުރު، ފުރާވަރުގެ ކުއްޖާގެ ގޮތުގައި ޖިޔޯތީ ވަނީ ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދާފައެވެ. އަދި އޭނާ އަށް ދުނިޔޭގައި ހުރި އެންމެ ކުރު އަންހެން މީހާގެ ލަޤަބު ލިބި ގިނިސް ވޯލްޑް ރެކޯޑަށް އެރީ 2011 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ