logoEN
ކޮކާކޯލާ
!ދިވެހި މުޖްތަމައުގައި ގާނޫނީ ދާއިރާއިން ކިޔެވުމާއި މެދު ދެކޭގޮތް

!ދިވެހި މުޖްތަމައުގައި ގާނޫނީ ދާއިރާއިން ކިޔެވުމާއި މެދު ދެކޭގޮތް

l_2020_09_02_032205_ushzvx758wknmq1fyjlacrpdeo4bi96g32t_EN_

ޒަމާންބަދަލުވެ ދުނިޔެ އާރާސްތުވަމުން ދިޔަ ވަރަކަށް ފެންނަމުން ދިޔައީ ގާނޫނީ ދާއިރާއިން ނުވަތަ "ލޯ ގެ ފީލްޑް" އިން ނުކުންނަމުން ދާ ދަރިވަރުންގެ ގިނަ ކަމެވެ. ދިވެހި ގައުމުގުމައިވެސް ކަން އޮތީ އެހެންނެވެ. ކޮންމެ އަހަރުކެވެސްް އައު އެތަކެއް ސަތޭކަ ދަރިވަރަކު ގާނޫނީ ދާއިރާއިން ޑިގްރީ ނުވަތަ މާސްޓަރސްހަދައިގެން މުޖްތަމައުއަށް ނުކުމެއެވެ. މިތަނުން ކޮންމެ ކުއްޖެއްގެ ގާތުންވެސް ގާނޫނީ ދާއިރާއިން ކިޔަވަން ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކޮބައިތޯ އަހައިފިނަމަ ޖަވާބު އެއްގޮތްވާނެއެވެ. ޖަވާބަކަށްވާނީ ދިވެހި މުޖްތަމައު ގާނޫނީ ދާއިރާއިން ކިޔެވުމާއި މެދު ދެކޭގޮތް ގޯސް ކަމުގެ ވާހަކައެވެ.

އަބުޅޯ

ދިވެހި މުޖްތަމައުއަށް ބަލާލާއިރު، ދިވެހި މުޖްތަމައުގައި ގާނޫނީ ދާއިރާއިން ކެޔުވަމަކީ ހަރާމް ކަމެއްކަމުގައި ވެސް ދެކޭ މީހުން އުޅެއެވެ. ގާނޫނީ ދާއިރާއިން ކިޔެވުމަކީ ނަރަކަައަށް ދާ ކަމެއްކަމުގައިވެސް ދެކޭ މީހުން އުޅެއެވެ. އެއްބަޔަކު ބުނާ ގޮތުގައު ގާނޫނީ ދާއިރާއިން ކިޔެވުމަކީ ވަރަށްވެސް ބޮޑު ބޭކާރު ކަމެކެވެ. އެއީ ގާނޫނީ ދާއިރާއިން ކެޔުވަމަކީ ވަޒީފާލިބޭ ކަމަކަށް ނުވާތީއެވެ. އަދި ހަމައެހެންމެ މުޖްތަމައުގެ ވަރަށް ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ގާނޫނީ ދާއިރާއިން ކިޔަވާ މީހުންނަކީ ސީދާ ހަރާމް ލާރި ކައި، ގޯސް ނިންމުންތަކާއި ގޯސް ކަންކަމުގައި ޝާމިލް ވާމީހުންނެވެ. އެމީހުންނަކީ ގައުމުގައި އެންމެ "ކޮރަޕްޓް" ވެސް މީހުންނެވެ. ގައުމުގެ އެންމެ ބޮޑު ވަގުންނެވެ. މުޖްތަމައު ތެރޭގައި ކަން މިހެން އޮތްއިރު، ކަމުގެ ހަގީގަތް ބަލާލަމާތޯއެވެ.

ގާނޫނީ ދާއިރާއިން ކިޔެވުމަކީ ގޯސް ކަމެއް، ހަރާމްކަމެއް އަދި ނަރަކައަށް ދާކަމެއްވެސްް ނޫނެވެ. ގަބޫލު ކުރަންޖެހޭ ހަގީގަތަކީ ކޮންމެ ކަމަކީވެސް ދެފަޅި އެކުލެވޭނެ ކަންކަމެވެ. އެއީ ރަނގަޅާއި ނުރަނގަޅެވެ. ކަން މިހެން އޮތްއިރު ރަނގަޅު މަގު އިޙްތިޔާރު ކުރާ މީހާއަށް އޮތީ ހެޔޮކަމާއި ދަރުމައާއި ސަވާބެވެ. ނުބައި މަގު އިޙްތިޔާރުކުރާ މީހާއަށް އޮތީ އޭގެ އިދިކޮޅެވެ. ތެދެކެވެ. ގާނޫނީ ދާއިރާއިން ކިޔަވައި ނުކުމެ، ގޯސް ގޮތުގައި އުޅޭ މީހުންވެސް އުޅެއެވެ. އޭގެ މާނައަކީ ގާނޫނީ ދާއިރާ ގޯސް ވީއެއް ނޫނެވެ. އަދި ހަމައެހެންމެ ގާނޫނީ ދާއިރާއިން ކިޔެވުންވެސް ކިޔަވާ އެންމެންވެސް ގޯސްވީއެއްނޫނެވެ. ގާނޫނީ ދާއިރާއަކީ ގައުމެެއްގެ އެންމެ މުހިއްމު އެއް ދާއިރާއަށް ވާއިރު، މިދާއިރާއަށް ވަނުމަކީ ވެސް ގޯސް ކަމެއް ނޫނެވެ.

ގާނޫނީ ދާއިރާއިން ކިޔަވާ ކޮންމެ ކުއްޖަކު ގާނޫނީ ވަކީލަކަށް އަދި ގާޟީއަކަށް ނުވެދާނެއެވެ. އެއީ ގާނޫނީ ދާއިރާއިން ކިޔަވައިގެން ވަދެވޭނެ ކިތަންމެ އެހެން ރޮނގުތަކާއި ކުރެވޭނެ އެތަކެއް ކަންތައްތަކެއް ހުރުމުންނެވެ. ދިވެހި މުޖްތަމައުގެ ގިނަ ބަޔަކަށް ގާނޫނީ ދާއިރާއިން ކިޔެވައަިގެން ހަމައެކަނި ވެވޭނީ ގާނޫނީ ވަކީލަކަށް ނޫނީ ގާޟީއެއްކަމަށް ހީކެރުވަނަސް، ގާނޫނީ ދާއިރާއިން ކިޔަވައިގެން މިސާލަކަށް އެހެން ބަޔެއްގެ ނުވަތަ މީހެއްގެ ލީގަލް އެޑްވައިޒަރަކަށްވެސް ވެވިދާނެއެވެ. ހަމައެހެންމެ އެމީހެއްގެ އަމިއްލަ ލޯ ފާރމްއެއްވެސް ހުޅުވުމުގެ ފުރުސަތު ލިބޭއިރު، ގާނޫނީ ދާއިރާއިން ކިޔަވައިގެން ލީގަލް ޕަބްލިޝަރ އަކަށް ހަމަ އެހެންމެ ޕޮލިޓިކްސްއަށްވެސް ނުކުތުމުގެ ފުރުސަތު ފަހިވެގެން ދެއެވެ. އަދި ހަމަ އެހްނެމެ މިނޫންވެސް އެތަކެއް ކަންކަމެއް ކުރެވެއެވެ. މިހެން މިކަން އޮތްއިރު، ގަނޫނީ ދާއިރާއިން ކިޔެވުމަކީ ބޭކާރު ކަމެކޭ ނުވަތަ ވަޒީފާ ނުލިބޭ ކަމެކޭ ބުނެވޭނެ ހެެއްޔެވެ؟

މިފަދަ އެތަކެއް ކަންކަން ހުރި އިރު ދިވެހި މުޖްތަމައުގައި ގާނޫނީ ދާއިރާއިން ކިޔެވުމަކީ މުޅީން ގޯސް ކަމެއްގެ ގޮތުގައި ދެކޭ ދެކުން މިއަދު ނިމެން އެބަޖެހެއެވެ. ގާނޫނީ ދާއިރާއާއި އެއްގޮތަށް އެހެން ދާއިރާތަކުންވެސް ކިޔަވައިގެން ނުކުންނަ ބައެއް މީހުން ހަމަ ގޯސްކޮށް އުޅޭއިރު، ހަމައެކަނި ގާނޫނީ ދާއިރާއިން ކިޔެވުން ގޯސް ވާންޖެހޭ ސަބަބެއްނެތެވެ. މިއަދު ގައުމުގައި އިންސާފު ގާއިމް ކުރުމުގެ ފުރުސަތު ލިބެނީ ގާނޫނީ ދާއިރާއިން ކިޔަވައިގެން ނުކުންނަ ދަރީންގެ ސަބަބުން ކަމަށްވާއިރު، މުޖްތަމައުގެ މި ދޯހަޅި ވިސްނުން މިއަދު ބަދަލު ކުރެވެން ޖެހެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ