logoEN
cocacola
ރަނގަޅަށް ފެން ބޯން އިނގޭތަ؟

ރަނގަޅަށް ފެން ބޯން އިނގޭތަ؟

ގާފު އެޑިޓޯރިއަލް

logo

12/15/2020, 10:44:43 PM

brita_experience_personal_hydration_needs_woman_drinking_water

އަހަރެމެން އެންމެންނަކީވެސް ކަރު ހިއްކުން ފިލުވުމަށް އަދި ރަނގަޅު ސިއްހަތެއްގައި ދެމިހުރުމަށްޓަކާ ފެން ބޯ ބައެކެވެ. އަދި ދިފާޢީ ނިޒާމް ވަރުގަދަ ކުރުމަށާއި ހަންގަނޑު ރީތިކޮށް އޮމާންކޮށް ބެހެއްޓުމުގެ ބޭނުމުގައި ވަރަށް ގިނައިން ފެން ބޯ މީހުންވެސް އުޅެއެވެ. ނަމަވެސް ގިނަ ބަޔަކަށް ނޭނގޭ ކަމަކީ އެންމެ ރަނގަޅު ސިއްހަތެއްގައި ހުރުމަށް ފެން ބުއިމަކީވެސް ވަކި ހަމަތަކެއް ކަޑައެޅިފައިވާ ކަމެއް ކަމެވެ. އެހެންކަމުން އެ ކަންތައްތަކަށް ބަލާލަމާތޯއެވެ.

ގޮސިޔާ

ބައެއް މީހުންނަކީ ބޭނުން ގަޑިއެއްގައި ފެން ބޯލާ ބަޔެކެވެ. ނަމަވެސް އެއީ ރަނގަޅު ގޮތެއް ނޫނެވެ. ފެން ބޯން ވާނީ ކަރުހިއްކުމުންނެވެ. ނިދާ ހޭލައިގެންވެސް ކޮންމެހެން ފެން ބޯކަށް ނުޖެހޭނެއެވެ. ނަމަވެސް ގިނަ އިރުތަކެއް ވަންދެން ނިދުމަށްފަހު ހޭލާއިރު ކަރުހިއްކާނަމަ ތާފެނާ ހުންނަ ފެން ބޯލުން ރަނގަޅު ވާނެއެވެ.

ފެން ބޯ އިރު އެންމެ ފައިދާހުރި ގޮތަކީ އިށީންދެގެން އިނުމެވެ. ކޮޅަށް ހުރެގެން ފެން ބުއިމަކީ ރަނގަޅު ގޮތެއް ނޫނެވެ. އެއީ އޭގެ ސަބަބުން ކިޑްނީއަށް ގެއްލުން ލިބުމުގެ އިތުރުން އާތްރިޓިސް އަށް މަގުފަހި ވާތީއެވެ. އާތްރިޓިސް އަކީ ހުޅުހުޅުގައި ރިއްސައި ދުޅަވުމެވެ. ފެން ބޯ އިރު އިށީންދެގެން އިންނަ ނަމަ ނިއުޓްރިއެންޓްސްތައް ފިލްޓާ ވުމުގެ އިތުރުން ހަށިގަނޑުގައިވާ ފެން ބޭނުންވާ ހިސާބުތަކަށް ފެން ފޯރު ކޮށްދޭނެއެވެ.

އަވަސް އަރުވާލައިގެން އެއްފަހަރާ ފެން ބުއިމުގެ ބަދަލުގައި ރަނގަޅު ގޮތަކީ ހަމަޖެހިލައިގެން އިނދެ، ކޯވަރަކަށްފަހު ކޯވަރެއް ބުއިމެވެ. އަދި ފެން ބޯ އިރު ފިނި ކޮށްފައި ހުންނަ ފެނުގެ ބަދަލުގައި ތާފެނާ ފެން އިޚްތިޔާރު ކުރުމަކީ އެންމެ އެދެވިގެންވާ ގޮތެވެ.

ފެންވެސް ބޯން ވާނީ ހަށިގަނޑަށް ބޭނުންވާ ވަރަށެވެ. އަދި ފެން ބުއިމުގެ ހަމަތަކާ އެއްގޮތަށެވެ. ބޭނުން ވަގުތެއްގައި ބޭނުން ވަރަކަށް ފެން ބޯނަމަ އިތުރު މައްސަލަތަކާ ކުރިމަތިލާން ޖެހިދާނެއެވެ. އެހެންކަމުން ރަނގަޅަށް ފެން ބޯން ދަސްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ