ސްރީލަންކާގައި މަރުވާ ދިވެހިން އެޤައުމުގައި ވަޅުލެވޭއިރު، ރާއްޖެއިންވެސް އެފުރުޞަތު ސްރީލަންކާއަށް ދޭންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ލަންކާ ރައީސް ގޯތާބަޔަ ރާޖަޕަކްސަ ވަނީ ކޮވިޑްގައި މަރުވާ މުސްލިމުންގެ ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީީފުޅެއް ފޮނުއްވާފައެވެ. އަދި ރައީސް މިހާރު ގެންދަވަނީ އެ ކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރައްވަމުންނެވެ.
މިކަމަށް ޚިޔާލުތަފާތުވުން އުފެދިފައިވާ މިދަނޑިވަޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއީ ރާއްޖެއާއި ސްރީލަންކާ ގުޅިގެން ހައްލުކުރަންޖެހޭ މައްސަލައެއްކަމަށެވެ. ސްރީލަންކާއަކީ ރާއްޖެއާއި އެންމެ ގާތް ރަހުމަތްތެރި ޤައުމުކަމަށާއި، ބަލިމަޑުކަމުގެ މިޙާލަތުގައި އެކުގައި މަސައްކަތްކުރަންޖެހޭކަމަށެވެ. ސްރީލަންކާގައި މަރުވާ ދިވެހިން ވަޅުލުމަށް ތަންތަން ޚާއްޞަ ކުރެވިފައިވާއިރު، ސްރީލަންކާގެ ޖަވާތާ މިސްކިތުގައި ދިވެހިންގެ4 ދަރިފަސްކޮޅުގެ ލީޑަރުން ވަޅުލެވިފައިވާކަން ފާޙަގަކުރެއްވިއެވެ.
Good that Maldives & Sri Lanka trying to address this issue. ???????? is our most valued friend and our cousin. We stick together in sickness and & health. ???????? Muslims can be buried in ????????. There r burial grounds for Maldivians in ????????- Jawatha mosque has 4 generations of Maldivian leaders https://t.co/g9T8zFZOpW
— Mohamed Nasheed (@MohamedNasheed) December 15, 2020
މި މައްސަލާގައި ބައެއް ފަރާތްތަކުގެ ހިޔާލުތަފާތުވެފައިވާއިރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ މުސްލިމުންގެ ހަށިތައް ރާއްޖެ ގެނައުމުގެ ބަދަލުގައި އެ ފަރާތްތަކުގެ ހަށިތައް އަންދާނުލަން އެގައުމުގެ ސަރުކާރުގައި ދެންނެވުން މާ ރަނގަޅުވާނެ ކަމަށް ވިދާޅުވެފައެވެ.