logoEN
ޕީއެންސީ 2
ހެޑްސެޓަކާއި ނުލައި، އަޑުއަހަން ބޭނުންވާ މީހާގެ ކަންފަތަށް އެކަނި އަޑު ފޯރުކޮށްދޭ ސްޕީކަރެއް!

ހެޑްސެޓަކާއި ނުލައި، އަޑުއަހަން ބޭނުންވާ މީހާގެ ކަންފަތަށް އެކަނި އަޑު ފޯރުކޮށްދޭ ސްޕީކަރެއް!

ގާފު އެޑިޓޯރިއަލް

logo

12/15/2020, 7:53:14 PM

sound-device

ނޮވޭޓޯ ނަމަކަށް ކިޔާ ކުންފުންޏަކުން އުފައްދާފައިވާ މި އާ ވައްތަރުގެ ސްޕީކަރުން، ތްރީޑީ ސައުންޑްގެ ބާނިއެއް އުފައްދައި، ހެޑްފޯނެއް ބޭނުން ނުކޮށް، ސްޕީކަރ ބެހެއްޓޭ ސަރަޙައްދުގައި ތިބޭ މީހުންނަށް އަޑު ނީވީ ގޮތަށް، ހަމައެކަނި އަޑުއަހާ ފަރާތުގެ ކަންފަތަށް އަޑު ފޯރުކޮށްދެވެއެވެ.

ޝަރީ 2024

މި ސްޕީކަރ ފަރުމާކޮށްފައިވާ ގޮތުން، ޚާއްސަ ސެންސަރެއްގެ އެހީގައި، ސްޕީކަރުގެ ސެޓިންގް ހަދާފައިވާ ފަރާތުގެ ކަންފަތުގެ ޕޮޒިޝަން ފާހަގަ ކޮށް، އަދި އަޑު ފުނުވަންޖެހޭ ހިސާބު ސެންސަރުގެ އެހީގައި ފާހަގަކުރެއެވެ. އެއަށްފަހު އަލްޓްރާ ސޯނިކް ވޭވްގެ އެހީގައި ޚާއްސަކުރެވިފައިވާ މީހާގެ ކަންފަތަށް އަޑު ފޯރުކޮށްދީ، އެހެން ފަރާތްތަކަށް ނީވޭގޮތަށް، ތްރީޑީ ސައުންޑުގެ ތަޖުރިބާ އަޑުއަހާ ފަރާތަށް ގެނުވައިދެއެވެ. މި ސްޕީކަރުގެ އެންމެ ޚާއްސަ ފީޗަރ އަކީ، ކަންފަތުގެ ޕޮޒިޝަން މީހާ ކިތަންމެ، ގިނަ ޙަރަކާތެއް ކުރިޔަސް ޚާއްސަ ސެންސަރުތަކުގެ އެހީގައި ފާހަގަކޮށް، އެއްވެސް ހުއްޓުމެއް ނެތި މިޔުޒިކްގެ އަޑު ފޯރުކޮށްދެއެވެ. ނަމަވެސް ސްޕީކަރު އޭގެ އެންމެ ރަނގަޅަށް މަސައްކަތް ކުރުމަށް، އަޑުއަހާ މީހާއާއި ސްޕީކަރާއި ދެމުދު ހުރަހެއް ނައަންނަ ގޮތަށް ހުރުން މުހިންމެވެ.

އަޔާނާ ވޯލްވޯޓާ، ނޮވޭޓޯ ސިސްޓަމްގެ ޕްރޮޖެކްޓް މެނޭޖަރ ވިދާޅުވާގޮތުގައި، މި ސްޕީކަރުން އުފައްދާ ތްރީޑީ ސައުންޑް ބާނީގެ އެތެރޭގައި މީހާ ވާހާ ހިނދަކު، އަޑު އޭގެ އެންމެ ފުރިހަމަޔަށް އަޑުއަހާ ފަރާތުގެ ކަންފަތަށް ފޯރުކޮށްދޭނެއެވެ. އަޔާނާ އިތުރަށް ވިދާޅުވާގޮތުގައި، މި ސްޕިކަރުން އުފައްދާ އަޑަކީ ހަމައެކަނި އަޑުއަހާ ފަރާތަށް ކަސްޓަމައިޒް ކުރެވިފައިވާ އަޑުތަކެވެ. މިއަޑުތައް އެމީހަކު ހުންނަ ހިސާބަކަށް ހެޑްސެޓަކާއި ނުލައި ފޯރުކޮށްދެއެވެ. ނޮވެޓޯ ޑިބިއުޓެޑް އަދި އޭގެ ސައުންޑް ބީމަރ 1.0 މިއަހަރުގެ ނޮވެމްބަރުގައި ކާމިޔާބުކަމާއެކީ ލޯންޗްކޮށްފައިވެއެވެ. މިއީ ދުނިޔޭގައި މިޔުޒިކަށް އިންގިލާބެއް ގެނުވައި، މިޔުޒިކް އަޑުއަހާ ފަރާތްތަކަށް ތަފާތު އާ ތަޖުރިބާއެއް ގެނެސްދިން ޓެކްނޮލޮޖީއެކެވެ. މި ސްޕީކަރު ބެނުންކޮށްގެން، ގޭމް ކުޅުމަށް ލޯބިކުރާ ފަރާތްތަކާއި، ފިލްމު ބެލުމަށް ލޯބިކުރާ ފަރާތްތައް، އެހެން ފަރާތްތަކަށް އުދަނގޫ ނުވާނެހެން، ކަންފަތުގައު އަޅުވާ ބޮޑެތި ހެޑްފޯނުތައް އެއްލާލައި، މިނިވަންކަމާއެކު އަޑު އަހާލުމުގެ ފުރުޞަތު ހުޅުވިގެން ގޮސްފައި ވެއެވެ.

އަޑުއަހާ ފަރާތުގެ ކަންފަތާއި ހަމަޔަށް، އެހެން މީހަކަށް އަޑު ނީވި އަޑު ދަތުރު ކުރަނީ ކިހިނެއް ހެއްޔެވެ؟ މި ސްޕީކަރުގައި އެކުލެވޭ ސެންސަރުތަކުން އަޑުއަހާ ފަރާތުގެ ކަންފަތުގެ ޕޮޒިޝަން ޓްރެކް ކުރި ނަމަވެސް މި ސްޕީކަރުގައި ބޭނުންކުރެވިފައި ވަނީ އާ ޓެކްނޮލޮޖީއެއް ނޫނެވެ. ލައުޑް ސްޕީކަރ ނުވަތަ އާދައިގެ ސްޕީކަރުތައް ފަރުމާކުރެވިފައި ވަނީ، ސްޕީކަރުގެ މެމްބްރޭނުން އުފައްދާ އަޑުތަކުގެ ވޭވް ވީހާވެސް ބޮޑު ސަރަޙައްދަކަށް ތަފާތު އޭންގަލްތަކަށް ފެތުރޭ ގޮތަށެވެ. މިގޮތުން އާދައިގެ ސްޕީކަރުން އަޑު އުފައްދާ ގޮތަށް "ޑިފްރެކްޝަން" އޭ ކިޔައެވެ. ނަމަވެސް ލައުޑް ސްޕީކަރާއި ތަފާތުކޮށް މި އާ ސްޕީކަރަކީ އަލްޓްރާ ސޯނިކް ސްޕީކަރުން "ޑިފްރެކްޝަން" ވަރަށް ބޮޑުތަން ކުޑަކޮށް ޚާއްސަކުރެވޭ ހިސާބަކަށް އަޑު ފޯރުކޮށްދެއެވެ. އާންމު އެކޯސްޓިކް ވޭވް ނުވަތަ އަޑުގެ ބާނިތަކަށް ވުރެ، "އަލްޓްރާސޯނިކް" އަޑު ބާނިތައް "ޑިފްރެކްޓް" ވާމިންވަރު ދަށްވެފައި، އަޑު ބާނިތައް ވަކި ޚާއްސަ ބޭނުންވާ ހިސާބަކަށް ފޮނުވައިދެއެވެ.

މިސާލެއްގެ ގޮތުން އަލި ބަލަމާތޯއެވެ. އާދައިގެ ސްޕީކަރުތަކުން ބޭރުކޮށްދޭ އަޑުތައް ފެތުރިގެން ދަނީ "ފްލަޑް ލައިޓެއް" ގެ އަލި ދަތުރުކުރާ ފަދައިން ހުރިހާ މިސްރާބަކަށެވެ. ނަމަވެސް އަލްޓްރާސޯނިކް ސްޕީކަރުން އަޑުތައް ފަތުރަނީ ވަކި ޚާއްސަކޮށްލެވޭ ހިސާބަކަށް، ޓޯޗަކުން އަލި ނުކުންނަ އުސޫލުން ޓާގެޓް ކުރެވޭ ތަނަކަށް އެކަނިއެވެ.

މި އަލްޓްރާސޯނިކް ބާނިތަކަކީ "ސައުންޑް ބީމް ކުރެވޭ" ނުވަތަ އަޑު ޚާއްސަކުރެވޭ ފަރާތް ނޫން އެހެން ފަރާތަކަށް ނީވޭނެ އަޑުތަކެކެވެ. ނަމަވެސް ޓާގެޓް ކުރެވޭ ފަރާތުގެ ކަންފަތަށް އަޑުގެ ބާނިތަކަކަށް ބަދަލުވެގެން އަޑު ފޯރުވައިދެއެވެ.

https://youtu.be/4zHxwUJR8dQ

ވޯލްވޯޓަރ، މި ޕްރޮޖެކްޓުގެ ޕްރޮޖެކްޓް މެނޭޖަރ ހާމަކުރައްވާގޮތުގައި، ސްޕީކަރާއި އަޑުއަހާ ފަރާތާއި ދެމެދު ހުރަހެއް އަންނަނަމަ، މި "ސައުންޑް ބީމަރ" އިން އަޑު ފުނުވުމުގައި މައްސަލައެއް އުޅެދާނެއެވެ. އަދި ހަމަ މިގޮތަށް، ހަށިގަނޑަށް ގެންނަ ހަރަކާތްތައް އާދަޔާ ޚިލާފަށް ގިނަވެއްޖެނަމަ، މިސާލަކަށް ދުވުން ފަދަ ހަރަކާތްތަށް ކުރަމުން މި ސްޕީކަރ ބޭނުންކޮށްފިނަމަ، އޭގެ އެންމެ ފުރިހަމަޔަށް އަޑު ނުލިބުމުގެ ފުރުޞަތު އޮންނާނެއެވެ. ދުވުން، ކަސްރަތު ފަދަ ގަޑިތަކުގައި އެންމެ ރަނގަޅީ ހެޑްސެޓް ބޭނުންކުރެއްވުމެވެ. މިޓެކްނޮލޮޖީ އިތުރަށް ފުރިހަމަކުރުމަށްފަހު މި ސްޕީކަރުތައް މާކެޓަށް ނެރެވޭނެ ކަމަށް ލަފާކުރެވެނީ ނޮވެމްބަރ 2021 ގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ