
ސަފާރީ ރޭޕް ކޭސް: ތިން މީހެއްގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދިއްޖެ
l_2020_01_18_024716_zjg41m3tfp5k9lhrduo68a2iwycsexqbvn7_EN_
ހުޅުމާލޭގެ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލައިގައި ތިން މީހަކަށް ދައުވާކޮށް ދިނުމަށް އެދި ފުލުހުން ޕްރޮސިކިއުޓަ ޖެނެރަލްގެ (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލަ އަލުން ޕީޖީ އަށް ފޮނުވީ ޑިއުޓީ ޕްރޮސިކިއުޝަންގައި މަޝްވަރާކޮށް، ތަހުގީގުގައި އިތުރަށް ފުރިހަމަ ކުރަން ޖެހޭ ކަމަށް އެއްބަސްވެވުނު ކަންކަން ފުރިހަމަ ކުރުމަށް ފަހު ކަމަށެވެ.
ދައުވާކޮށްދޭން އެދޭ މައްސަލަތައް ކޯޓަށް ހުށަހެޅުމާ މެދު ގޮތެއް ނިންމަން ނަގާ އާންމުކޮށް ނަގާނެ މުއްދަތަކީ 10 ދުވަސް ކަމުން، މި މައްސަލައިގައި ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ގޮތެއް ނިންމުން ގާތެވެ. އަދި ބައެއް ދުވަސްތަކުގައި ހަތަރެއް ނޫނީ ފަސް ދުވަސް ތެރޭގައި ވެސް ގޮތެއް ނިންމައެވެ.
ހުޅުމާލެ ކައިރީގައި އަޅާފައި އޮތް ސަފާރީއެއްގައި ކެންޔާގެ އުމުރުން 27 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނީ ޖޫން މަހުގެ 27 ވަނަ ދުވަހުގެ ފަތިހުއެވެ. މި މައްސަލައާ ގުޅިގެން 39 އަހަރުގެ ދިވެހި ދެ ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށާއި، ނަމަވެސް އެ ދެ މީހުން ބަންދުގައި ބަހައްޓަން ޖެހޭ އެކަށީގެންވާ ސަބަބެއް ނެތުމުން ކޯޓަށް ހާޒިރުނުކޮށް ވަނީ ދޫކޮށްލައިފައެވެ.