logoEN
ޕީއެންސީ 2
ކޮވިޑްގެ ހަރަދުގެ ގޮތުގައި 1.3 ބިލިއަން ސިއްހީ އަދި އިޖްތިމާއީ ކަންކަމަށް ޚަރަދު ކޮށްފި

ކޮވިޑްގެ ހަރަދުގެ ގޮތުގައި 1.3 ބިލިއަން ސިއްހީ އަދި އިޖްތިމާއީ ކަންކަމަށް ޚަރަދު ކޮށްފި

އަޙްމަދު ޖަމީލު

logo

12/15/2020, 4:31:13 PM

# covid

ibrahim ameer Finance minister

ކޮވިޑް-19 އާއި ގުޅިގެން ކޮށްފައިވާ ހަރަދުތަކުގެ ތެރެއިން މިހާތަނަށް ސިއްހީ އަދި އިޖްތިމާއީ ކަންކަމަށް 1،342.6 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެފިއެވެ.

ޝަރީ 2024

ފިނޭންސް މިނިސްޓްރީއިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ޑިސެމްބަރުމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް 1،342.6 މިލިއަން ރުފިޔާ ވަނީ ކޮވިޑާއި ގުޅިގެން ސިއްހީ އަދި އިޖްތިމާއީ ކަންކަމަށް ޚަރަދުކޮށްފައެވެ.

ކޮންމެ ހަފްތާއަކު އެކި މުއައްސަސާތަކުން ކުރާ ޚަރަދުތަކަށް ބަލާއިރު ހަފްތާއެއްގެ ތެރޭ އެންމެ ގިނަ ޚަރަދުކޮށްފައިވަނީ ހެލްތު މިނިސްޓްރީއިންނެވެ. ހެލްތު މިނިސްޓްރީއިން އެއް ހަފްތާ ތެރޭ 5.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

ޖުމްލަ ގޮތެއްގައި އެންމެ ބޮޑު ޚަރަދެއްކޮށްފައިވަނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޮރިޓީއިންނެވެ. އެންޑީއެމްއޭއިން ޖުމްލަ 871.7 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު ދެވަނައަށް އެންމެ ބޮޑު ހަރަދެއްކޮށްފައިވަނީ ހެލްތު މިނިސްޓްރީއިންނެވެ. އެމިނިސްޓްރީއިން ކޮވިޑްގެ ހޭދައިގެ ގޮތުގައި މިހާތަނަށް 228.2 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ