ފިޔާ ގިނައިން ކެއުމުން ހަށިގަނޑަށް އަންނަ ބަދަލުތައް އެނގޭތަ؟

އަހަރަމެންގެ ދިރިއުޅުމުގައި ލޮލުން ކަރުނަ އޮހޮރިގެންދާ ކޮންމެ ހާދިސާއެއް ނުވަތަ ކޮންމެ އެއްޗަކުން އަހަރަމެން އިތުރަށް ވަރުގަދަކޮށްދެއެވެ. ޝައްކެއް ނެތެވެ. ފިޔާ އަކީވެސް އޭގެ ސަބަބުން މައުސޫމު އަންހެން ކުދިންގެ ލޮލުން ކަރުނަ އޮހުރުވާލާ އެއްޗެކެވެ. ނަމަވެސް ލޮލުން ކަރުނަ އަންނަ އިތުރު އެހެން ހާލަތްތައް ފަދައިން، ފިޔާ އިންވެސް އިންސާނުންނަށް ގިނަގުނަ ފައިދާތައް ފޯރުކޮށްދީ އަހަރަމެން ވަރުގަދަ ކޮށްދެއެވެ. ޤަވާއިދުން ކޮންމެ ދުވަހަކު ބޭނުންކުރާ ނަމަ، އިންސާނާގެ ބޮލުން ފެއްޓިގެން ފައިތިލަޔާއި ހަމަޔަށް ބޭނުންވާ ގިނަގުނަ ވިޓަމިން އަދި ނިއުޓްރިއެންޓްސް އެކުލެވިގެންވާ "ސުޕަރ ފުޑް" އަކަށް ފިޔާ ވެގެންދެއެވެ. މިގޮތުން ކޮންމެ ދުވަހުގެ ކެޔުމުގެ ބާވަތްތަކުގައި ފިޔާ ބޭނުންކުރުމުން ހަށިގަނޑަށް އަންނަ 7 ބަދަލެއް މިލިޔުމުގައި ހިމަނާލަމެވެ.

 

  1. ހަށިގަނޑުގެ ކަށިތަކުގެ ޑެންސިޓީ އިތުރުކޮށް ވަރުގަދަ ކޮށްދޭ!

 

ގިނައިން ފިޔާ ކެއުމުން، އިންސާނާ ހަށިގަނޑުގައިވާ ކަށިތަކުގެ ޑެންސިޓީ އިތުރުވާ ވާހަކަ ބުނުމުން ޤަބޫލުކުރަން ދަތި ގޮތެއް ވެދާނެއެވެ. ނަމަވެސް މިއީ ތަފާތު ދިރާސާތަކުން އެނގިފައިވާ ހަޤީޤަތެކެވެ. ގިނައިން ފިޔާ ބޭނުންކުރުމުގެ ސަބަބުން ކަށިތަކަށް ރަނގަޅު އަސަރެއް ކުރެއެވެ. ދުވަހުގެ ކެއުމުގައި ޤަވާއިދުން ފިޔާ ބޭނުންކުރާ ފަރާތްތަކުގެ ހަށިގަނޑުގެ ކަށިތަކުގެ ޑެންސިޓީ މަސްދުވަހެއްގެ ތެރޭގައި %5 އިންސައިތައިގެ އިތުރުވުމެއް އަންނާނެއެވެ.

 

  1. އިންސާނުންގެ ހަށިގަނޑުގައި އުފެދޭ ސަރުބީގެ ލެވެލް ދަށްކޮށް، ހިތުގެ ސިއްހަތު ރަނގަޅު ކޮށްދޭ!

 

ފިޔާ ގައި އެކުލެވޭ އެންޓި ފްލެމޭޓަރީ ނުވަތަ ދުޅަތައް ތިރިކޮށްދޭ މާއްދާއެއްގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ބޭކާރު ސަރުބީގެ ލެވެލް ދަށް ކުރުވައެވެ. ހަށިގަނޑުގައި ސަރުބި ލެވެލް ދަށްވުމުން، ހިތުގެ ބަލިތަކާއި، ހިތް ހުއްޓުން ފަދަ މައްސަލަތައް ކުޑަކޮށް، ދުޅަހެޔޮ ރައްކާތެރި ހިތެއްގެ ވެރިޔަކަށް އިންސާ ބަދަލު ކުރުވައެވެ.

 

  1. ކާތަކެތި ހަޖަމް ކުރުމަށް އެހީތެރިވެދޭ!

 

ފިޔާ އަކީ ގިނަ އަދަދަކަށް ފައިބަރ އެކުލެވޭ އެއްޗަކަށް ވުމުން، ހަށިގަނޑުގައި، ކާތަކެތި ހަޖަމްކުރުމުގެ މަސައްކަތައް އިތުރު ލުއި ފަސޭހަތަކެއް ކުރިމަތި ކުރިމަތި ކުރުވައެވެ. އަދި ފިޔާގެ ސަބަބުން ގޮހޮރުގައި ހަށިގަނޑަށް ގެއްލުމެއް ނުދޭ ރަނގަޅު ބެކްޓީރިޔާ ތަކެއް އުފައްދައެވެ.  މިބެކްޓީރިޔާގެ ސަބަބުން ހަށިގަނޑުގެ ހަޖަމްކުރުމުގެ މަސައްކަތް ލުއިކޮށްދީ، ފަސޭހަކޮށްދެއެވެ.

 

  1. ހަށިގަނޑުގެ ސެލްތަށް މަރުވުން ދަށްކޮށް، އެންޓި އޮކްސިޑެންޓްސް އުފެއްދުން އިތުރުކޮށްދޭ!

 

ފިޔާގައި، 25 އަށް ވުރެ ގިނަ އެންޓިއޮކްސިޑެންޓްސް ނުވަތަ ހަށިގަނޑުގެ ސެލްތައް މަރުވުމުން ސަލާމަތްކޮށްދޭ މާއްދާތައް އެކުލެވެއެވެ. އަދި ހަށިގަނޑުގައި މިފަދަ އެންޓިއޮކްސިޑެންޓްސް އުފައްދަން ފިޔާގައި އެކުލެވޭ މާއްދާތައް ބާރުއަޅައެވެ. މީގެ އިތުރުން ފިޔާގައި އެކުލެވޭ ތަފާތު މާއްދާތަކުގެ އެހީގައި، ހަށިގަނޑުގެ ސެލްތައް މަރުވުން ދަށްކޮށް، ތަފާތު ބަލިތަކުން ހަށިގަނޑު ސަލާމަތްކުރުމަށް އެހީތެރިވެދެއެވެ.

 

  1. ލޮލުގެ ފެނުން އިތުރުކޮށް، އަނގައިގެ ތެރޭގައި އުފެދޭ ޖަރާސީމް ނައްތާލާ!

ފިޔާ އިން، އަނގައިގެ ތެރޭގައި ހުންނަ ނުރައްކާތެރި ބެކްޓީރިޔާ ނައްތާލައި، އަނގަ ސާފުތާހިރުކޮށް ބެހެއްޓުމަށް އެހީތެރިވެދެއެވެ. ފިޔާގައި އެކުލެވޭ އެންޓިމައިކްރޯބިއަލް ނުވަތަ ޖަރާސީމު ނައްތާލުމުގެ ބާރުގެ ސަބަބުން، ދަތްތަކަށް ދިމާވާ މައްސަލަތައް ކަމުގައިވާ ދަތްފަނިކެއުން ފަދަ މައްސަލަތައް ނައްތުވައި، ދަތްތައް ވަރުގަދަ ކޮށްދެއެވެ. ފިޔާގައި އެކުލެވޭ "ކުއެއާރސެޓިން" ކިޔާ މާއްދާއެއްގެ ސަބަބުން ލޯ ފުސް ވުމުގެ މައްސަލަތައް ފަދަ މައްސަލަ ހައްލުކޮށް ލޮލުގެ ފެނުން އިތުރުކޮށްދެއެވެ.

 

  1. ރަނގަޅަށް ނިދުމަށް އެހީތެރިވެދޭ!

ޔުނިވާސިޓީ އޮފް ކޮލޮރާޑޯ އިން ކޮށްފައިވާ ދިރާސާއަކުން ހާމަވެގެން ގޮސްފައިވާ ގޮތުގައި، ގިނައިން ފިޔާ ކެއުމުން، އިންސާނުންނަށް ރަނގަޅަށް ނިދުމުގެ ފުރުޞަތު އިތުރުކޮށްދެއެވެ. ފިޔާގައި އެކުލެވޭ ޑައެޓްރީ ފައިބާގެ ސަބަބުން، ބަނޑުގެ އަދި ހަޖަމްކުރުމުގެ ނިޒާމު ރަނގަޅު ހާލަތަކަށް އައުމުން، ނިދުމުގައި ކާތަކެތި ހަޖަމްކުރުމުގައި ވާ އުދަނގޫތައް ކުޑަވެ، ނިދި ރަނގަޅަށް ލިބެއެވެ. މީގެ ސަބުން ހާސްކަން ފިލައިދެއެވެ.

 

  1. ހަންގަނޑުގައި ހުންނަ ރޫތައް ފިލުވައި ޒުވާންކަން އިތުރުކޮށްދޭ!

ފިޔާގައި އެކުލެވޭ ވިޓަމިންA ،C އަދި E ގެ ސަބަބުން، ހަންގަނޑު އަލިކޮށްދީ، އަހަރަމެން ބޭނުންވާފަދަ ރީތި ހަންގަޑެއް ލިއްބައިދެއެވެ. އަދި ހަންގަނޑުގައި ހުންނަ ކުދި ރޫތައް ފިލުވުމަށް އެހީތެރިވެދެއެވެ. ދިރާސާއަކުން ދައްކާ ގޮތުގައި، ފިޔާގެ އޮލަ ޖެލް އުނގުޅުމުން ހަންގަނޑުގައި އުފެދިފައި ހުންނަ ކެނޑުމުގެ ނިޝާންތަކާއި، ސްޓްރެޗް މާކް ފިލުވުމަށް އެހީތެރިވެދެއެވެ.

 

 

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް