logoEN
ޕީއެންސީ 2
އެޗްޕީއޭ ހިންގަމުން ދަނީ ސިޔާސީ ޕާޓީއެއްހެން: މުއާޒް

އެޗްޕީއޭ ހިންގަމުން ދަނީ ސިޔާސީ ޕާޓީއެއްހެން: މުއާޒް

އަޙްމަދު ޖަމީލު

logo

12/15/2020, 10:58:46 AM

Screenshot_2019-07-15-15-54-12-828_com.UCMobile.intl_-1080x570

ހެލްތު ޕްރޮޓެކްޝަން އެޖެންސީ ހިނގަމުންދަނީ ސިޔާސީ ޕާޓީއެއް ހިންގާ އުސޫލުން ކަމަށް މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

ޝަރީ 2024

ސަންގުޓީވީގައ ވާހަކަ ދައްކަވަމުން މުއާޒް ވިދާޅުވީ އެޗްޕީއޭއަކީ ސިޔާސީވެ ނިމިފައިވާ ތަނެއްގެ ގޮތުގައި ދިވެހިރައްޔިތުންގެ ވެސް ޤަބޫލުކުރަން ފަށައިފި ކަމަށެވެ.

ސަރުކާރުގެ އިސް ވަފުދުތައް ރަށްރަށަށް ދާއިރު އެޗްޕީއޭގެ ގަވައިދުތަކާއި އުސޫލުތައް އޮންނަނީ، އޮންނާނެ ތަނެއްގެ ގައި ކަމަށައި އެޗްޕީއޭގެ ގައިޑްލައިނަކީ އޮންނަ އެއްޗެއްކަންވެސް އެނގެނީ ރައީސް ޔާމީންގެ ވަކީލުން އެމަނިކުފާނާއި ބައްދަލު ކުރައްވަން މާފުށީ ޖަލަށް ދިޔުމަށް ސަރުކާރުގައި އެދުމުން ކަމަށެވެ.

"ރައީސް ޔާމީނާއި ހަމައިން ގައިޑްލައިންވެސް ވަރަށް ހަރުކަށިއެބަވޭ، އިންސާފުވެރި ގޮތަކަށް ނޫން ކަންކަން ކުރަނީ، އަޅުގަނޑަށް ހީވަނީ ޒާތީ ކަމެއް އޮވެގެން އުޅޭހެން، ވަކިން ޚާއްސަކޮށް އިމްރާނު ރައީސް ޔާމީނާމެދު ޒާތީ ހަސަދައެއް އޮންނަހެން މި ކަންތައްތައް ކުރަނީ" މުއާޒް ވިދާޅުވިއެވެ.

މުއާޒް އިތުރަށް ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރަނީ ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒް ފޯރުވަން ކަމަށާއި، ރައީސް ޔާމީންގެ ވަކީލުންނާއި ބައްދަލުނުވާނެހެން ކުއްލި ކުއްލިއަށް ގައިޑްލައިންގެ ވާހަކަ އަންނަނީ އެހެންވެގެން ކަމަށެވެ.

މަނީ ލޯންޑްރިންގެ ކުށެއް ސާބިތުވެގެން ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ މައްޗަށް ދައުލަތުން މިހާރު އުފުލާފައި ވަނީ މަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެކެވެ. ދެ ދައުވާއާ ގުޅިގެން ބައެއް ލިޔުންތައް ނުލިބޭތީ އެ މައްސަލާގައި ޖަވާބުދާރީވުމަށް އިތުރު ފުރުސަތެއް އެ މަނިކުފާނުގެ ވަކީލުންނަށް ވަނީ ދީފަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ