logoEN
cocacola
ދުނިޔޭގެ އެންމެ މުއްސަނދި 10 އެކަޓަރުން!

ދުނިޔޭގެ އެންމެ މުއްސަނދި 10 އެކަޓަރުން!

ގާފު އެޑިޓޯރިއަލް

logo

12/15/2020, 11:45:49 AM

q

ދުނިޔޭގެ އެންމެ މުއްސަނދި 10 އެކަޓަރުން.

ގޮސިޔާ

ޝާހުރުކު ޚާން

undefined

ޝާހުރުކު ޚާނަކީ ދިއްލީގެ ދެކުނަށް އުފަން އިންޑިޔާ އެކްޓަރެކެވެ. ޝާހުރުކުޚާން ގެ މިލްކިއްޔާތުގައި 600 މިލިޔަން ޑޮލަރު ހުރެއެވެ. ގިނަބަޔަކު ޝާހުރުކަށް ނިސްބަތްކޮށް "ކިންގ އޮފް ބޮލީވުޑް" މިނަން ބޭނުންކުރެއެވެ. 80 އަށް ވުރެ ގިނަ ފިލްމުތައް ޝާހުރުކު ކުޅެފައިވާއިރު، އެކްޓިންގ ގެ ތަފާތު އެތައް ގިނަ އެވޯޑެއް އޭނާ ހާޞިލްކޮށްފައި ވެއެވެ.

2. ޓޮމް ކުރޫސް

undefined

ނިއުޔޯކަށް އުފަން ޓޮމް ކުރޫސަކީ އެކްޓް ކުރުމުގެ އިތުރުން ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ބޭފުޅެކެވެ. ޓޮމް ކްރޫސަކީވެސް ގިނަ ދުވަސްތަކަކަށް ބެސްޓް އެކްޓަރގެ މަޤާމް ހޯދާފައިވާ އެކްޓަރެކެވެ. ޓޮމް ކުރޫސްގެ ގިނަ ފިލްމުތަކަކީ އޭނަގެ އަމިއްލަ އުފެއްދުންތަކަށް ވުމުގެ އިތުރުން، މިފިލްމުތަކުގެ އެތައް މިލިޔަން ކޮޕީތަކެއް ދުނިޔޭގައި ވިކިފައި ވެއެވެ. 2020 ވަނަ އަހަރު، ޓޮމް ކުރޫސުގެ މިލްކިއްޔާތު 570 މިލިޔަން ޑޮލަރަށް އަރާފައި ވެއެވެ.

3. އަމީތާބް ބައްޗަން

undefined

އަމީތާބު ބައްޗަންގެ ނަމަކީ ހިންދީ ފިލްމު އިންޑަސްޓްރީގައި އެންމެ ވަރުގަދަ އެއް ނަމެވެ. އަމީތާބުގެ މިލްކިއްޔާތުގައި ގާތްގަނޑަކަށް 400 މިލިޔަން ޑޮލަރު ހުރެއެވެ. އަމީތާބް ގެ ނަސީބު ތަންދީފައިވާ ގޮތުން ހިންދީ ފިލްމު އިންޑަސްޓްރީގެ އެންމެ މުއްސަނދި އެކްޓަރުންގެ ތެރޭގައި އަމީތާބް ހިމެނިގެން ގޮސްފައިވެއެވެ.

4. ސެލްވެސްޓާ ސްޓެލޯން

undefined

ގިނަ ބަޔެއްގެ މެދުގައި މަޤްބޫލުކަން ހޯދާފައިވާ ސެލްވެސްޓާ ސްޓެލޯންގެ މިލްކިއްޔާތުގައި 400 މިލިޔަން ޑޮލަރު ހުރެއެވެ. ސެލްވެސްޓާ ސްޓެލޯންގެ މިހާތަނަށް މަޝްހޫރުވި ދެ ފިލްމު، 4 ބިލިޔަން ޑޮލަރު ހޯދާފައި ވެއެވެ. ސެލްވެސްޓާ ސްޓެލޯނަކީ ހޯލީވުޑްގައި އެންމެ އަގުބޮޑުކޮށް ފިލްމު ކުޅެދޭ އެއް އެކްޓަރެވެ. ސެލްވެސްޓާ ސްޓެލޯން މުޅިދުނިޔެއަށް މަޝްހޫރުވެގެން ގޮސްފައިވާ ފިލްމުތަކުގެ ތެރޭގައި ރޮކީ އަދި ރޭމްބޯ ހިމެނެއެވެ.

5. ޖެކީ ޗެން

undefined

ހޮންގް ކޮންގް އަށް އުފަން ޖެކީ ޗެން އަކީ ފިލްމު ކުޅުމުގެ އިތުރުން، ފިލްމު ޕްރޮޑިއުސްކޮށް، އަދި ފިލްމު ޑައިރެކްޓްވެސް ކޮށްފައިވާ ބޭފުޅެކެވެ. ޖެކީ ޗެން ގެ މިލްކިއްޔާތުގައި 370 މިލިޔަން ޑޮލަރު ހުރެއެވެ. ޖެކީ ޗެން އޭނަގެ ފިލްމު ކެރިއަރ ފަށާފައިވަނީ އުމުރުން އެންމެ 5 އަހަރުގައެވެ. ފިލްމު ކެރިއަރގައި މޮޅު އެކްޓިންގ އެއް ދެއްކުމުގެ އިތުރުން، ދިރިއުޅުމުގައި ކާމިޔާބު މީހަކަށް ޖެކީ ޗެން ވެފައިވެއެވެ.

6. ކިއާނޫ ރީވްސް

undefined

ކިއާނޫ ރީވްސް އަކީ ކެނެޑާއަށް އުފަން ރައްޔިތެކެވެ. ކިޔާނޫ ރީވްސް އަކީ މޮޅު އެކްޓަރެއްގެ އިތުރުން، ކުޅަދާނަ މިއުޒިކް ކުޅުންތެރިއެއްވެސް މެއެވެ. ފިލްމު ޕްރޮޑިއުސް ކޮށް ފިލްމު ޑައިރެކްޓް ކުރުމުގެ މަސައްކަތްވެސް ކިއާނޫ ރީވްސް ކޮށްފައިވެއެވެ. ކިއާނޫ ރީވްސް ގެ މިލްކިއްޔާތުގައި 360 މިލިޔަން ޑޮލަރު ހުރެއެވެ. ބޮކްސް އޮފީހުގައި ކުރި ހޯދާފައިވާ ގިނަ ފިލްމުތަކަކުން ކިއާނޫ ރީވްސް ފެނިގެން ގޮސްފައި ވެއެވެ. ފިލްމު ބަލާ ފަރާތްތަކުގެ މެދުގައި ކިއާނޫ ރީވްސް އެންމެ މަޤްބޫލުކަން ހޯދާފައި ވަނީ، މެޓްރިކްސްގެ ނިއޯ ފޯރމް އަދި ޖޯންވިކް އިންނެވެ.

7. ރޮބާޓް ޑޮވްނީ ޖޫނިއަރ

undefined

މިލްކިއްޔާތުގައި 300 މިލިޔަން ޑޮލަރު ހުންނަ ރޮބާޓް ޑޮވްނީ ޖޫނިއަރ އަކީ އެމެރިކާގެ ރައްޔިތެކެވެ. ފިލްމު ކުޅޭ އެކްޓަރެއްގެ އިތުރުން އޭނާ އަކީ މަޝްހޫރު ލަވަކިޔުންތެރިއެއްވެސް މެއެވެ. ރޮބާޓް ޑޮވްނީ ޖޫނިއަރ އަކީ ދުނިޔޭގެ ނިސްބަތުން އެންމެ އަގުބޮޑު އެކްޓަރުންގެ ތެރޭގައި ހިމެނޭ އެކްޓަރެކެވެ. މަޝްހޫރު ފިލްމުތައް ކަމުގައިވާ އަޔަން މޭން، ޝާލޮކް ހޯމްސް، އަދި އެވެންޖާ ފަދަ ފިލްމުތަކުން ރޮބާޓް ޑޮވްނީ ޖޫނިއަރ ދުނިޔޭގެ ސަމާލުކަން ހޯދާފައިވެއެވެ. މި ފިލްތަކުގެ ބިލިޔަން ކޮޕީތައް މުޅި ދުނިޔޭގައި ވިކިފައި ވެއެވެ.

8. ވިލް ސްމިތް

undefined

މިލްކިއްޔާތުގައި 300 މިލިޔަން ޑޮލަރު ހުންނަ ވިލް ސްމިތަކީ، އެމެރިކާ އަށް އުފަން ބޭފުޅެކެވެ. މަޝްހޫރު ފިލްމުތައް ކުޅުމުގެ އިތުރުން ވިލް ސްމިތް ފިލްމު ޕްރޮޑިއުސް ކޮށްފައިވެއެވެ. ވިލް ސްމިތަކީ މިޔުޒިކްގެ ދުނިޔޭގައިވެސް މަޝްހޫރު ރެޕާއެކެވެ. ވިލް ސްމިތަކީވެސް އުމުރުން 20 އަހަރަށްވުރެ ހަނގު އުމުރުގައި މިލިޔަނަރަކަށް ވެފައިވާ މަދު އެކްޓަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. ވިލް ސްމިތްގެ ފާހަގަކުރެވޭ ރޯލުތަކަކީ، މެން އިން ބެލެކް ސީރީޒްގައި ކުޅެފައިވާ ރޯލާއި، ދަ ފްރެޝް ޕްރިންސް އޮފް ބެލް އެއަރ ގައި ކުޅެފައިވާ ރޯލުތަކެވެ. 24 ގަޑިއިރު ތެރޭގައި ޖެހިޖެހިގެން ތިން ފިލްމް ރިލީޒްކޮށް، ގިނަސް ބުކް އޮފް ވޯރލްޑް ރެކޯޑް ފޮތުންވެސް ވިލް ސްމިތް ޖާގަ ހޯދައި ރެކޯޑް ބްރޭކް ކޮށްފައިވެއެވެ.

9. ބްރެޑް ޕިޓް

undefined

އެމެރިކާގެ އޮކަލަހޮމާ އަށް އުފަން ބްރެޑް ޕިޓް އަކީ އެކްޓަރެއްގެ އިތުރުން ޕްރޮޑިއުސަރެއްވެސް މެއެވެ. ބްރެޑް ޕިޓްގެ މިލްކިއްޔާތުގައި 300 މިލިޔަން ޑޮލަރު ހުރެއެވެ. ބްރެޑް ޕިޓް މަޝްހޫރު ވެފައިވަނީ އޭނާގެ ފިލްމުތައްކަމުގައިވާ އިން ސެވަން، ފައިޓް ކްލަބް، އޯޝަންސް އިލެވެން، އަދި ވޯލްޑް ވާރ ޒީ އިން ދައްކާފައިވާ މޮޅު އެކްޓުންނެވެ. ބްރެޑް ޕިޓްގެ ރީތި ސިފަ ތަފާތު އެތަށް މެގަޒިންތަކުގެ ކަވަރުން ޖާގަ ހޯދާފައި ވެއެވެ. މީގެ އިތުރުން 1990 ވަނަ އަހަރު އެންމެ ހޮލީވުޑުގެ އެންމެ ރީތި ފިރިހެން މޫނުގެ ލަޤަބުގެ އިތުރުން އެންމެ ގިނަ އަންހެން ކުދިން ހިތްކިޔާފައިވާ މީހެއްގެ ލަޤަބުގެ ބްރެޑް ޕިޓް އަށް ލިބިފައި ވެއެވެ.

10. ޖޯޖް ކްލޫނީ

undefined

އެމެރިކާގެ ކެންޓަކީ އަށް އުފަން ޖޯޖް ކްލޫނީ އަކީ އެކްޓަރެއްގެ އިތުރުން ޕްރޮޑިއުސަރެއްވެސް މެއެވެ. ކްލޫނީގެ މިލްކިއްޔާތުގައި 500 މިލިޔަން ޑޮލަރު ހުރެއެވެ. ކްލޫނީގެ ފިލްމުތައް ކަމުގައިވާ އޯޝަންސް އިލެވެން، ތްރީ ކިންގްސް، އަދި ސީރިޔާނާ ފަދަ ފިލްމުތަކުން ޖޯޖް ކްލޫނީ ހޯދާފައިވާ އެވޯޑްތަކުން އޭނާގެ އެކްޓިންގެ މޮޅު ހުނަރު ހާމަވެގެންދެއެވެ. ތަފާތު ދާއިރާތަކުން ފާހަގަކުރެވޭ ކާމިޔާބު ކްލޫނީ ހާޞިލްކޮށްފައި ވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ