
ރެޑްބުލް އެމް.އީ.އޯ ސީޒަން ތިނެއްގެ ރާއްޖޭގެ ކޮލިފިކޭޝަނަށް ރަޖިސްޓަރ ވުމުގެ ފުރުސަތު ހުޅުވާލައިފި
0-02-06-d6eb19ae663a94f78b12c9616da43df1a1387d6c1efb7c00e2b2eecfb30e5b69_1c6da22169def1
ރެޑްބުލް އެމް.އީ.އޯ ސީޒަން ތިނެއްގެ ރާއްޖޭގެ ކޮލިފިކޭޝަނަށް ރަޖިސްޓަރ ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

19 ޑިސެމްބަރުގެ ނިޔަލަށް ރަޖިސްޓަރ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ މި މުބާރާތް ރާއްޖޭގައި އިންތިޒާމްކޮށް ސްޓްރީމް ކުރާނީ ދާދި ފަހުންވެސް ރާއްޖޭގައި ކާމިޔާބު ޕަބްޖީ މުބާރާތެއް ބޭއްވި އީޓޫއެސް ގޭމިންގް އިންނެވެ.
30،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މި މުބާރާތް ކުރިއަށްދާނީ 25 ޑިސެމްބަރުން 31 ޑިސެމްބަރުގެ ނިޔަލަށެވެ.
ރެޑްބުލް އެމް.އީ.އޯ އަކީ އޮންލައިންކޮށް ފޯނުން ގޭމް ކުޅޭ ފަރާތްތަކަށް ހާއްސަ ކޮށްގެން ރެޑްބުލް އިން ބާއްވާ ބައިންލްއަޤްވާމީ މުބާރާތެކެވެ. މި މުބާރާތުގެ ތިންވަނަ ސީޒަނުގެ ކޮލިފިކޭޝަން ދުނިޔޭގެ އެކި ހިސާބުތަކުގައި މިހާރު ކުރިއަށް ދާއިރު 20 ޤައުމަށްވުރެ ގިނަ ޤައުމު މި މުބާރާތުގައި ބައިވެރިވެއެވެ. މި މުބާރާތުގައި ކުޅޭނީ ޕަބްޖީ މޮބައިލް އެވެ.
ތިން ސްޓޭޖަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ފުރަތަމަ އޮންނާނީ ނޭޝަނަލް ކޮލިފިކޭޝަނެވެ. މި ބުރުން ކޮލިފައިވާ ޓީމުތައް ވާދަކުރާނީ ނޭޝަނަލް ފައިނަލްސް ގައެވެ. އަދި ވޯލްޑް ފައިނަލްސްގައި ވާދަކުރާނީ ކޮންމެ ޤައުމަކުންވެސް ކޮލިފައިވާ ޓީމުތަކެވެ. މި ބުރު އޮންނާނީ ތުރުކީގައެވެ.
މި މުބާރާތް ރާއްޖޭގައި ކުރިއަށް ގެންދަނީ ރެޑްބުލްގެ މެއިން ސްޕޮންސަރގެ ދަށުންނެވެ. މި މުބާރާތުގެ ޑިޖިޓަލް ޕާރޓްނަރަކީ އުރީދޫ އެވެ. އަދި މީޑިއާ ޕާރޓްނަރަކީ ގާފު އޮންލައިނެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މި ލިންކު މެދުވެރިކޮށް ރަޖިސްޓަރ ކުރެވޭނެއެވެ.