logoEN
cocacola
30،000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭ، ރެޑްބުލް ޕަބްޖީ މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ގާފު!

30،000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭ، ރެޑްބުލް ޕަބްޖީ މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ގާފު!

ގާފު އެޑިޓޯރިއަލް

logo

12/14/2020, 8:22:59 PM

red-bull-meo-s3

އެއްވަނަ އިނާމަކަށް އީޓޫއެސް ގޭމިންގް އަދި މޯލަްޑިވްސް އީސްޕޯޓިންގް އެސޯސިއޭޝަންގެ ފަރާތުން ހުށަހަޅާފައިވާ 30،000 ރުފިޔާގެ ފައިސާގެ އިނާމަކާ އެކު ބާއްވާ ރެޑްބުލް އެމް.އީ.އޯ ޕަބްޖީ މުބާރާތުގެ ރާއްޖޭގެ ކޮލިފިކޭޝަންގެ މީޑިއާ ޕާޓްނަރަކަށް ގާފު އޮންލައިން ހަމަޖައްސައިފިއެވެ.

ގޮސިޔާ

ރެޑްބުލް އެމް.އީ.އޯ އަކީ އޮންލައިންކޮށް ފޯނުން ގޭމް ކުޅޭ ފަރާތްތަކަށް ހާއްސަ ކޮށްގެން ރެޑްބުލް އިން ބާއްވާ ބައިންލްއަޤްވާމީ މުބާރާތެކެވެ. މި މުބާރާތުގެ ތިންވަނަ ސީޒަނުގެ ކޮލިފިކޭޝަން ދުނިޔޭގެ އެކި ހިސާބުތަކުގައި މިހާރު ކުރިއަށް ދާއިރު 20 ޤައުމަށްވުރެ ގިނަ ޤައުމު މި މުބާރާތުގައި ބައިވެރިވެއެވެ. މި މުބާރާތުގައި ކުޅޭނީ ޕަބްޖީ މޮބައިލް އެވެ.

މި މުބާރާތް ރާއްޖޭގައި ކުރިއަށް ގެންދަނީ ރެޑްބުލްގެ މެއިން ސްޕޮންސަރގެ ދަށުންނެވެ. އަދި މި މުބާރާތުގެ ޑިޖިޓަލް ޕާރޓްނަރަކީ އުރީދޫ އެވެ.

undefined

ތިން ސްޓޭޖަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ފުރަތަމަ އޮންނާނީ ނޭޝަނަލް ކޮލިފިކޭޝަނެވެ. މި ބުރުން ކޮލިފައިވާ ޓީމުތައް ވާދަކުރާނީ ނޭޝަނަލް ފައިނަލްސް ގައެވެ. އަދި ވޯލްޑް ފައިނަލްސްގައި ވާދަކުރާނީ ކޮންމެ ޤައުމަކުންވެސް ކޮލިފައިވާ ޓީމުތަކެވެ. މި ބުރު އޮންނާނީ ތުރުކީގައެވެ.

މި މުބާރާތް ރާއްޖޭގައި ބާއްވާ، ސްޓްރީމް ކުރާނީ ދާދި ފަހުންވެސް ރާއްޖޭގައި ކާމިޔާބު ޕަބްޖީ މުބާރާތެއް ބޭއްވި އީޓޫއެސް ގޭމިންގް އިންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ