logoEN
cocacola
އައިފޯނު ހެކް ނުކުރެވޭނެކަމަށް ބުނާ ބުނުން ނިމުމަކަށް!

އައިފޯނު ހެކް ނުކުރެވޭނެކަމަށް ބުނާ ބުނުން ނިމުމަކަށް!

ގާފު އެޑިޓޯރިއަލް

logo

12/14/2020, 2:17:55 PM

iphone-hack

އާންމުކޮށް ބޭނުންކުރާ އަގުހެޔޮ ތަކެތި ބޭނުންކޮށްގެން، ގިނަ އައިފޯނުތަކެއްގެ "ފުލް ކޮންޓްރޯލް ރިމޯޓްކޮށް" ނަގައި ހެކްކުރުމުގެ އާގޮތްތަކެއް ހެކަރުން ހޯދައިފިއެވެ.

ގޮސިޔާ

އިންސާނިއްޔަތަށް ކުރިމަތިވި ކޮވިޑް19ގެ ސިއްހީ ނުރައްކަލާއި ގުޅިގެން ގިނަ ޤައުމުތަކެއް ދިގު މުއްދަތަކަށް ފުރަބަންދަށް ދާންޖެހުމުން، ފުރަބަންދުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ބައެއް ފަރާތްތަކުން ވަނީ ހިފާފައެވެ. މިގޮތުން ބައެއް ޔޫޓިއުބް ބަލާ ފަރާތްތަކުން ޚިޔާލީ ވާހަކަ ތަކާއި، ސައިންސް ފިކްޝަނަލް މޫވީ ތަކުގައި ގެންގުޅޭ ޚިޔާލީ ދިއްލޭ ޕްލާސްމާ ކަނޑި "ލައިޓް ސޭބަރ" އެއް ވަނީ ތައްޔާރުކުރެވިފައިވައެވެ. މި ކަނޑިއަށް އެއްވެސް އުދަނގުލެއް ނެތި "ސްޓެއިންލެސް ސްޓީލް" ފަދަ ތަކެތި ކަފާލުމުގެ ބާރު ލިބިގެންވެއެވެ. އަދި ހަމަ މިގޮތުން 12 އަހަރުގެ ޒުވާނަކު އޭނަގެ ކުޅޭ ކޮޓަރީގައި "ނިއުކުލިއަރ ފިއުޝަން"އެއް ނުވަތަ ދެ އެޓޮމިކް މާއްދާއެއް ނުވަތަ އެއަށްވުރެ ގިނަ އެޓޮމިކް މާއްދާ ބޭނުންކޮށްގެން، ބާރުގަދަ ހަކަތަ އެކުލެވޭ އެހެން މާއްދާއެއް ވަނީ އުފައްދާފައެވެ. ގިނަވަގުތު ކަމެއް ނެތި ގޭގައި ތިބޭއިރު، ބައެއް ފަރާތްތަކުން ކުރިން ކުރަމުން އަންނަ، ފެހުން، މާޖެހުން ފަދަ އަތްތެރި މަސައްކަތް މިހާރު ގިނަބަޔަކަށް ނުފުދެއެވެ.

ނަމަވެސް ފުރަބަންދާއި ގުޅިގެން ތަފާތު މަސައްކަތް ކުރަމުން އައި ފަރާތްތަކުގެ މިސްރާބު އަދިރި ރަނގަޅު ނޫން ގޮތަކަށް ބަދަލުވެގެން ގޮސްފައިވެއެވެ. މިގޮތުން ގޫގަލް އިން ފަންޑުކޮށްގެން ކުރެވުނު އަދި ގިނަ އަދަދެއްގެ ހެކަރުން ގުޅިގެން ޕްރޮޖެކްޓް ޒީރޯ ކިޔާ ޚާއްސަ މަސައްކަތަކުން، ގޭގައި ތައްޔާރު ކޮށްލެވޭ އާދައިގެ އެންޓަނާއެއް ބޭނުންކޮށްގެން، ވަކި ކައިރިމިނެއްގައި ހިމެނޭ ބޭނުން އައިފޯނެއްގެ ފުރިހަމަ ކޮންޓްރޯލް ރިމޯޓްކޮށް ހެކަރުން ބޭނުންކުރާ ސޮފްޓްވެއަރއަކުން ނަގާލެވެއެވެ. ގޫގަލްގެ ސެކިއުރިޓީ ރިސާޗަރ އިއާން ބިއަރ ހާމަކޮށްފައިވާ ގޮތުގައި، ތައްޔާރުކުރުމަށް 100 ޑޮލަރުގެ އަގެއް ޚަރަދުވާ ޚާއްސަ އެންޓަނާއެއްގެ އެހީގައި ކޮންމެ އައިފޯނެއް ވެސް ވައިފައިކޮށް ވަކި ޚާއްސަ ނެޓްވޯކަކަށް ގުޅުވައިގެން، އައިފޯނުގައި ބޭނުންކޮށްފައިވާ އައި އޯ އެސް ގެ ސެކިއުރިޓީ ހުރިހާ ފީޗަރތައް ދުއްވާލުމަށްފަހު، ފޯނުގެ ފުލް ކޮންޓްރޯލް ނެގުމުގެ ޤާބިލްކަން މި ހެކިންގ ސޮފްޓްވެއަރ އަށް ލިބިގެންވެއެވެ. މި ޚަބަރަކީ، ސައިބާ ސެކިއުރިޓީގައި މަސައްކަތް ކުރާފަރާތްތަކަށް ޤަބޫލުކުރަން ދަތި ކަމަކަށް ނުވުމަކީ އެކަށީގެންވާކަމެކެވެ. ސަބަބަކީ ބިއަރ އަކީ ދުނިޔޭގެ އެންމެ ވަރުގަދަ ހެކަރުންގެ ތެރޭގައި ހިމެނޭ ފަރާތެއް ކަމުގައި ވުމެވެ.

ބިއަރ އޭނާގެ ބްލޮގްގައި، މި ޚާއްސަ އެންޓަނާއެއް ބޭނުންކޮށްގެން އަފޯނު ހެކްކުރާގޮތް އަދި ފޯނުގެ ފުލް ކޮންޓްރޯލް ނަގާގޮތް ކިޔައިދީފައި ވެއެވެ. މިގޮތުން މާގިނަ ވަޞީލަތްތައް ބޭނުން ނުކޮށް، އެންމެ ފަރާތަކުން، މި ޚާއްސަ އެންޓަނާ، ހެކްކުރަން ބޭނުންވާ އައިފޯނަކާއި ވަކި ޚާއްސަ ދުރުމިނެއްގައި ބަހައްޓައިގެން، އެމީހެއްގެ އަމިއްލަ ކޮޓަރީގައި އެކަނި އިދެގެން ފޯނަށް ވަދެ، ފޯނުގެ ފުލް ކޮންޓްރޯލް ނެގުމަކީ ފަސޭހަކަމެއްގެ ގޮތުގައި ބުނެފައިވެއެވެ.

މިހާ ހިސާބުން އައިފޯނު ގެންގުޅޭ ފަރާތްތަކުގެ ހިތަށް ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ވެރިވެގެން ދިޔުމަކީ އެކަށީގެންވާ ކަމެކެވެ. އަމިއްލަ ފޯނުގައި އެކުލެވޭ ޕާސަނަލް މައުލޫމާތު އެހެން ފަރާތަކުން ބަލައި ލީކު ކޮށްލާނެ ކަމުގެ ބިރު އޮވެދާނެއެވެ. ނަމަވެސް އައިފޯން ބޭނުންކުރާ ފަރާތްތަކަށް އޮތީ އުފާވެރި ޚަބަރެކެވެ. މިހެކް ކުރުމުގެ މައްސަލަ، އައިފޯނުގެ އައި. އޯ. އެސް 13.5 އަށް ވުރެ މަތީގެ ވާޝަންތަކަށް ވަނީ ޕެޗް ކުރެވިފައެވެ. މި އައި. އޯ. އެސް އަށް ވުރެ މަތީ ވާޝަންތަކަށް އަޕްޑޭޓް ކޮށްފައިވާ ފޯނުތައް ހެކް ނުކުރެވޭނެކަމަށް އެޕަލް ކުންފުނިން ވަނީ ބުނެފައެވެ. ބިއަރ ބުނާގޮތުން އައިފޯން ހެކްކުރުމުގެ އާ ގޮތެއް އީޖާދުކުރެވުނު ނަމަވެސް، އެހެން މީހެއްގެ ފޯނު ހެކްކޮށްފައި ނުވާނެއެވެ. ނަމަވެސް ގިނަ އަދަދެއްގެ މީހުންނަކީ ޤަވާއިދުން ފޯނު އަޕްޑޭޓްކޮށް ހަދާ ބަޔަކަށް ނުވުމުން، މިފަދަ ހެކަރުންނަށް ހެކް ކުރުމުގެ ފުރުޞަތު އޮންނާނެއެވެ.

ބިއަރ، އެޕަލް ކުންފުނިއަށް ގުޅައި، އައިފޯން ހެކްކުރުމަށް ބޭނުންކޮށްފައިވާ ބަގުގެ މައްސަލަ ހައްލުކޮށްދިނުމަށް އެއްބަސްވެފައި ވެއެވެ. ނަމަވެސް ބަދަލެއްގެ ގޮތުގައި 500,000 ފަސްލައްކަ ޑޮލަރު ހޯދުމަށް އެދިފައި ވެއެވެ. އަދި ބިއަރ ބުނާގޮތުން މިފައިސާ އަކީ ތަފާތު ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެނާ ހަދިޔާކުރާނެ ފައިސާއެވެ. ގޮތެއް ނިންމުން އޮތީ އެޕަލް ކުންފުނީގެ އަތްމަތީގައެވެ. ނަމަވެސް، އައިފޯނުގެ އެންމެ ވަރުގަދަ އެއް ފީޗަރ ކަމުގައި ބޭނުންކުރާ ފަރާތްތަށް ދެކެމުން އަންނަ ހެކްނުކުރުމުގެ ޔަޤީކަމާއި، އިތުބާރު މިހާރު ވަނީ ގެއްލިފައެވެ.

ބިއަރ، ޚާއްސަ އެންޓަނާ ބޭނުންކޮށްގެން 26 އައިފޯނު އެއްފަހަރާ ހެކްކޮށް އަލުން ބޫޓްކުރުވާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް

https://www.youtube.com/watch?v=ikZTNSmbh00&feature=youtu.be

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ