
އެއްޗެހި އެއްތަނުން އަނެއްތަނަށް އުފުލުމަށް ތަފާތު ރޮބޮޓެއް އުފައްދައިފި
51919427-10321019-In_a_promotional_video_for_the_device_it_can_be_seen_carrying_a_-a-70_1639745811800
އެއްޗެހި އެއްތަނުން އަނެއް ތަނަށް އުފުލުމަށް ހަތަރު ފުރޮޅުލީ ރޮބޮޓެއް ހިޔުންޑާއި ކުންފުނިން އުފައްދައިފި އެވެ.

ދިގުމިނުގައި 26 އިންޗު ފުޅާމިނުގައި 23 ،އުސްމިނުގައި 13 އިންޗް ހުންނަ މިރޮބޮޓްގެ ބަރުދަނަކީ 50 ކިލޯއެވެ. މީގެ އިތުރުން މިރޮބޮޓަކީ ގަޑިއަކު 30 ކިލޯމީޓަރު ބާރުމިނުގައި ދުއްވޭ ރޮބޮޓެއް ކަމަށް މި ރޮބޮޓް އުފެއްދި ހިޔުންޑާއި ކުންފުނިން ބުނެއެވެ.
ހިޔުންޑާއިން އުފެއްދި މޯބައިލް އެކްސެންޓިކް ޑްރޮއިޑް (މޯބްޑް) ރޮބޮޓް ޑިޒައިންކޮށްފައިވަނީ ތިރި އަދި ފްލެޓް ބޮޑީ ޗޭސިސް އެއްގައެވެ. އެގޮތަށް އުފައްދާފައި ވަނީ ތަކެތި އެއްތަނުން އަނެއްތަނަށް އުފުލުމުގައި ސްޓޭބަލް ކުރުވުމުގެ ގޮތުންނެވެ. މިރޮބޮޓުގެ ފުރޮޅު ތަކުގައި ވަކި ސަސްޕެންޝަން ބޭނުން ކޮށްފައި ހުރުމުގެ ސަބަބުން އެކިކަހަލަ ތަންތާގައި (ލެވެލް ނޫން ތަންތަނުގައި) ދުއްވަން ފަސޭހަވެގެން ދާނެ ކަން އެކުންފުނީގެ އިންޖިނިއަރުން ފާހަގަ ކޮށްފައިވެއެވެ.
https://www.youtube.com/watch?v=_BI8usSuo7I
މި ރޮބޮޓް އެކި ތަކެތި އުފުލާތަން ހިޔުންޑާއި އިން ނެރެފައިވާ ޕްރޮމޯޝަނަލް ވީޑިއޯއިން ފެނިގެން ދެއެވެ. އޭގެތެރޭގައި ޕާރްސަލްތައް، ތުއްތު ކުއްޖެއް، ގިނަ އަދަދެއްގެ ބުއިން ތަކެއް އުފުލާ މަންޒަރު ހިމެނެއެވެ.
މިރޮބޮޓް ރަސްމީކޮށް ދައްކައިލުން އޮންނާނީ 2022ވަނަ އަހަރު ޖެނުއަރީމަހު އޮންނަ ކޮންސިއުމަރ އިލެކްޓޯނިކް ޝޯގައި ކަމަށް އެކުންފުނިން ބުނެއެވެ. އެގޮތުން މި ޝޯގައި މި ރޮބޮޓް ތަފާތު އެކި މާހައުލުގައި މަސައްކަތް ކުރާތަން ދައްކުވައި ދޭނެ ކަން އެކުންފުނިން ވަނީ ހާމަކޮށްފައެވެ.