logoEN
cocacola
ފުރަން ތައްޔާރު ވެފައި އޮތް މަތިންދާބޯޓެއްގެ ފިޔަގަނޑު މައްޗަށް އެރި މީހަކު ހައްޔަރު ކޮއްފި

ފުރަން ތައްޔާރު ވެފައި އޮތް މަތިންދާބޯޓެއްގެ ފިޔަގަނޑު މައްޗަށް އެރި މީހަކު ހައްޔަރު ކޮއްފި

ގާފު އެޑިޓޯރިއަލް

logo

12/14/2020, 3:56:11 PM

Screenshot 2020-12-14 at 15.47.49

ލަސް ވޭގަސް އެއާޕޯޓުގައި ފުރަން ތައްޔާރު ވެފައި އޮތް އަލަސްކާ އެއާލައިންސް ގެ މަތިންދާބޯޓެއްގެ ފިޔަގަނޑަށް އެރި މީހަކު ހައްޔަރު ކޮށްފިއެވެ.

ގޮސިޔާ

މަތިންދާބޯޓު ތެރޭގައި އިން މީހަކު ކޮށްފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި އެ މީހާ ފައިކުރި އޮޅާލައި ލައިގެން ހުރި ބޫޓާއި ސްޓާކީނު ވެސް އެއްލާލުމަށްފަހު މަސައްކަތް ކުރީ ފިޔަގަނޑުގެ އެންމެ ކޮޅަށް އެރޭތޯއެވެ.

އެވަގުތު ސެކުއިރިޓީ އޮފިޝަލުންވެސް ފިޔަގަނޑު މައްޗަށް އެރިއެވެ. ނަމަވެސް ދެން ފެންނަނީ ފިޔަގަނޑު މަތިން ކައްސާލައި އެ މީހާ ބިންމައްޗަށް ވެއްޓޭ މަންޒަރެވެ. އެއާއެކު ސެކުއިރިޓީ އޮފިޝަލުން އޭނާ ވަށާލައެވެ.

މި މީހާ އަކީ ސިކުނޑީގެ އުނިކަމެއް ހުންނަ މީހެއް ކަމަށާއި މި މީހާ މަތިންދާބޯޓާ ހަމައަށް އައީ ފެންސު މަތިން ފުންމާލައިގެން ކަމަށް މައުލޫމާތު ލިބެއެވެ.

މި މީހާ ފިޔަގަނޑުން ވެއްޓި ލިބުނީ ކިހާ ވަރެއްގެ އަނިޔާތަކެއް ކަމެއް އަދި ސާފު ނުވެއެވެ. އަދި ކަމާ ބެހޭ މުއައްސަސާތަކުން މިހާރު ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ