
FG4OXHQUcAEO34M
ދިރާގުގެ ހައިސްޕީޑް ފައިބަރ ގެ ޚިދުމަތް ގއ ގެމަނަފުށީގައި ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.

މިއަދު އެރަށުގައި ތައާރަފްކުރި ހިދުމަތާއެކު ދިރާގު ކަސްޓަމަރުންނަށް ހަލުވި ފައިބާ ބްރޯޑްބޭންޑް އިންޓަނެޓް ހިދުމަތާއި ދިރާގު ޓީވީގެ ހިދުމަތް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ދިރާގު ފައިބަރ ބްރޯޑްބޭންޑް ޕޯރޓްފޯލިއޯ ގައި ތަފާތު އަގުތަކާއި ޑޭޓާ އެލަވަންސްތައް ހިމެނޭ ގިނަ ޕެކޭޖްތަކެއް އެކުލަވާލާފައިވަނީ ވީހާވެސް ގިނަ ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައި، ވީހާވެސް ގިނަ ޕެކޭޖްތަކުން އިހްތިޔާރު ކުރުމުގެ ފުރުސަތު ހުޅުވާލުމުގެ ގޮތުން ކަމަށް ދިރާގުން ބުނެއެވެ. އެގޮތުން، ރާއްޖޭގެ ގޭބިސީތަކަށް ފޯރުކޮށްދޭ އެންމެ ގިނަ ޑޭޓާ އެލަވަންސް ހިމެނޭ ޕެކޭޖްވެސް ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތުން ލިބިގެންދާނެއެވެ.
ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ޚިދުމަތެވެ. ދިރާގުން އަންނަނީ ރާއްޖޭގެ ގިނަ ރަށަކަށް މި ހިދުމަތް ފޯރުކޮށްދެމުންނެވެ.
ކަސްޓަމަރުންނަށް ވީހާވެސް ލުއިފަސޭހަގޮތްތަކެއް ހޯދައިދިނުމަށް އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަކަމަށް ދިރާގުން ބުނެއެވެ. އެގޮތުން ދިރާގުން އަންނަނީ އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް ގިނަ ހިދުމަތްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދެމުންނެވެ.



