
ކުޑަކުދިންގެ ހިޔާގައި ކުދިންނަށް އަނިޔާކުރި 6 މީހެއްގެ މައްޗަށް ދަޢުވާކޮށްފި
09-57-11-211474_3_3613e20cec3fe5d259e55a6aadf948183a141fae_large-1024x661
2017 ވަނަ އަހަރާއި 2018 ވަނަ އަހަރު ތެރޭގައި ދައުލަތުގެ ބެލުމުގެ ދަށުގައި ވިލިމާލޭގައި ހުންނަ "ކުޑަކުދިންގެ ހިޔާގައި " ބަލަހައްޓަމުންދާ ޢުމުރުން 02 އަހަރު ނުފުރޭ ކުދިންތަކަކަށް އެތަނުގައި މަސައްކަތްކުރި މުވައްޒަފުންތަކެއްގެ ފަރާތުން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަސަރުކުރުވާ ގޮތަށް އަދި އެކުދިންގެ ކަރާމާތަށް ގެއްލުންވާގޮތަށް ޢަމަލުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ހަ މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

މި މައްސަލާގައި ކޮށްފައިވާ ދަޢުވާތަކުގެ ތަފްޞީލް:
ޕީޖީ އޮފީހުން ވިދާޅުވީ މި މައްސަލައަކީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަނުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ސަމާލުކަމަށް ގެންނެވި މައްސަލައެއްކަމަށެވެ.
މިމައްސަލާގައި މިހާތަނަށް ދަޢުވާ ހުށަހަޅާ ފައިވާ މީހުންނާއި، މި މައްސަލާގައި ޝާމިލްވާ އިތުރު މީހުން ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ އިތުރު ޖިނާއީ ކުށުގެ މައްސަލަތައް ތަޙުޤީޤުކުރުމުގެ މަސައްކަތް ތަޙުޤީޤީ އިދާރާތަކުން ކުރައްވަމުންދާކަމަށް ޕީޖީ އޮފީހުން ބުނެއެވެ. އެމައްސަލަތައް ނިމި، ޕީޖީ އޮފީހަށް ލިޔުންތައް ލިބުމުން، ހެއްކާއި ޤަރީނާގެ މައްޗަށް ބަލައި، އެ މައްސަލަތަކުގައިވެސް ދަޢުވާކުރަންޖެހޭކަމަށް ފެންނަ މީހުންގެ މައްޗަށް ދަޢުވާކުރުމުގެ ކަންކަން ކުރާނެކަމަށް ޕީޖީ އޮފީހުން ބުނެއެވެ.