logoEN
ޕީއެންސީ 2
މަނަފަރު ރިސޯޓްގެ އިންޖީނުގޭގައި އަލިފާން ރޯވެ އަނދައިފި

މަނަފަރު ރިސޯޓްގެ އިންޖީނުގޭގައި އަލިފާން ރޯވެ އަނދައިފި

އަޙްމަދު ޖަމީލު

logo

12/13/2020, 11:47:57 AM

viber-image-2020-12-13-06-32-19-1024x484

ހއ. އަތޮޅުގައި ހިންގަމުންދާ މަނަފަރު ރިސޯޓްގަައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. އަލިފާންގެ ހާދިސާ ހިނގީ އެ ރިސޯޓްގެ އިންޖީނުގޭގައެވެ.

ޝަރީ 2024

އެމްއެންޑީއެފުން ވިދާޅުވީ އަލިފާނުގެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ފަތިހު 03:35 އެހާކަންހާއިރުކަމަށެވެ. އަލިފާނުގެ ހާދިސާގެ ރިޕޯޓް ލިބުމާއިއެކު އެމްއެންޑީއެފްގެ ނޮދަން އޭރިއާގެ ކުޅުދުއްފުށީ ފަޔަރ ސްޓޭޝަންގެ ސިފައިން އެރަށަށް ގޮސް އަލިފާން ނިއްވުމުގައި ހަރަކާތްތެރިވެފައި ވެއެވެ.

ކުޅުދުއްފުށީގައި ތިބި ފަޔާމަނުން އެރަށައް ގޮސް އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވަނީ ހައެއްވެސް ޖެހިފަހުންނެވެ. ދެ ގަޑިއިރުގެ ވަރުގަދަ އެދުމާއެކު އިންޖީނުގެ ވަނީ ވަރަށް ބޮޑަށް އަނދާފައެވެ.

އެމްއެންޑީއެފުން ވިދާޅުވީ ރޯވި އަލިފާންގަނޑު ކޮންޓްރޯލްވެފައިވަނީ 05:45 އެހާކަންހާއިރުކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ. ނަމަވެސް ޖެނެރޭޓަރާއި ޕެނަލް ބޯޑުގެ އިތުރުން ޖެހިގެން ހުރި އިމާރާތުގައި ހުރި ފެން ޕްލާންޓަކަށް ގެއްލުންވެފައިވާ ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތުދެއްވައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ