
ހަވަރު ޔޫތް ކަޕް 2020 ގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ގާފު އޮންލައިން!
DSC_3911
ތިނަދޫ ސްޓޭޑިއަމް އާއި ހަވަރު ސްޕޯޓްސް ގުޅިގެން ހުވަދު އަތޮޅަށް ހުޅުވާލައިގެންް " ހަވަރު ޔޫތް ކަޕް 2020 " ގެ ނަމުގައި ބާއްވާ ފުޓްބޯޅަ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ގާފު އޮންލައިން ހަމަޖައްސައިފި އެވެ.

ތިނަދޫ ސްޓޭޑިއަމްގައި ބޭއްވި ރަސްމިއްޔާތެއްގައި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ގާފު އޮންލައިން ހަމަޖެއްސެވުމަށް ވަނީ ދެފަރާތުން އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެގޮތުން މުބާރާތް މެނޭޖްކުރާ ހަވަރު ސްޕޯޓްސްގެ ފަރާތުން ސޮއި ކުރެއްވީ އެ ޖަމިއްޔާގެ ރައީސް އަބްދުލް މުޣްނީ އެވެ. އަދި ގާފު މީޑިއާ ގްރޫޕްގެ ފަރާތުން ސޮއި ކުރެއްވީ ގާފު މީޑިއާ ގްރޫޕްގެ ޗީފް އޮޕަރޭޓިންގ އޮފިސަރ އަހުމަދު ޝުރާއު ހަސަން އެވެ.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ތިނަދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ. 25 ޑިސެމްބަރ ގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ރަޖިސްޓްރީ ކުރުމުގެެ ފުރުސަތު ހުޅުވާލީ 9 ޑިސެމްބަރ ގައެވެ. އަދި މިއަދުގެ 15:00 އަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަނީ ހަމަވެފައެވެ.
މި މުބާރާތުގެ އެއްވަނައަށް ދާ ޓީމަކަށް ވަނީ 20،000 ( ވިހި ހާސް ރުފިޔާ ) އަދި ދެވަނަ އަށް ދާ ޓީމަށް 10،000 ( ދިހަ ހާސް ރުފިޔާ ) ގެެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެެވެ.