logoEN
ޕީއެންސީ 2
ފައިޒާގެ ވެކްސިން އެމެރިކާގައި ބޭނުންކުރަން ހުއްދަ ދީފި

ފައިޒާގެ ވެކްސިން އެމެރިކާގައި ބޭނުންކުރަން ހުއްދަ ދީފި

އަޙްމަދު ޖަމީލު

logo

12/12/2020, 1:01:13 PM

# ކޯވިޑް-19

https___d1e00ek4ebabms.cloudfront.net_production_93ceb69b-f50f-4d9d-bf7c-459ccccf4ca0

އެމެރިކާގެ ފައިޒާ ކުންފުންޏާއި ޖަރުމަންވިލާތުގެ ބައޯއެންޓެކް ގުޅިގެން ކޮވިޑް-19 އަށް އުފެއްދި ވެކްސިން ކުއްލި ހާލަތުގައި ބޭނުން ކުރުމުގެ ހުއްދަ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ދީފިއެވެ.

ޝަރީ 2024

މި ވެކްސިން އަންނަ ހަފްތާގައި ދޭން ފަށާނެކަމަށް އެމެރިކާގެ ހެލްތު ސެކެޓްރީ އެލެކްސް އަޒަރް ވަނީ ވިދާޅުވެފައެވެ.

އެފްޑީއޭއިން ކުއްލި ހާލަތްތަކުގައި ބޭނުންކުރަން ހުއްދަ ދެމުން ބުނެފައި ވަނީ ފައިޒާ ވެކްސިން ދެވޭނީ 16 އަހަރުން މަތީ އުމުރުގެ މީހުނަށް ކަމަށެވެ.

ފައިޒާގެ ވެކްސިނަށް ހުއްދަ ދިނުމާއިއެކު ތިން މިލިއަން ޑޯޒްގެ ވެކްސިން އެމެރިކާގެ 600 ސަރަހައްދަކުން ދިނުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ.

އެމެރިކާ އިން ފައިޒާގެ ވެކްސިނަށް ހުއްދަ ދިންިއިރު ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކޮވިޑް-19 ޖެހިގެން އެމެރިކާ އިން ވަނީ ގާތްގަނޑަކަށް 16000 މީހުން މަރުވެފައެވެ.

ފައިޒާގެ ވެކްސިން އެމެރިކާގައި ދޭން ފެށުމާއިއެކު އެމެރިކާ ވެގެން ދާނީ ކޮވިޑް-19 ވެކްސިން އާއްމުކޮށް ދޭން ފެށި ތިން ވަނަ ގައުމަށެވެ. އަދި ފައިޒާ-ބަޔޮންޓެކް ވެކްސިން އެންމެ ފުރަތަމަ ބޭނުންކުރަން ފެށީ އިނގިރޭސިވިލާތުގަ އެވެ. މިދިޔަ ހަފްތާގެ ތެރޭގައި ވަނީ އިސްރާއިލުން އޯޑަރުކުރި ފައިޒަރ ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް އެ ޤައުމަށް ލިބިފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ