ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 3 މީހަކު ފިހިއްޖެ

މަސްވެރިކަމަށް ނުކުތް ދޯންޏެއްގައި ހުރި ޕެޓްރޯލް ހަމެއްގައި ރޯވެ ތިން މީހަކު ފިހިއްޖެއެވެ.

އެމްއެންޑީއެފުން މިއަދު ވިދާޅުވީ މިއަދު ހެނދުނު 9 ޖެހިއިރު "ޖިހާދު 1″ ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި ޕެޓްރޯލް ހަމެއްގައި އަލިފާން ރޯވެ ދޯނީގައި ތިބި މީހުންގެ ތެރެއިން ތިން މީހަކު ފިހިފައިވާ ކަމަށެވެ.

ދޯނީގައި ރޯވުމުން، އަލިފާންގަނޑު ނިއްވާލާފައި ވަނީ ދޯނީގެ ފަޅުވެރިން ކަމަށާއި އަދި ދޯނީގައި މި ހާދިސާ ހިނގާފައި ވަނީ މ. ކޮޅުފުއްޓާއި ދިމާލު 26 މޭލު ބޭރުގައި އޮއްވާ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ހާދިސާގައި ފިހުނު ތިން މީހުން ސީ އެމްބިއުލާންސްގައި މިހާރު އަންނަނީ އެއަތޮޅު މުލީ ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އެސަރަހައްދުގައި އެމްއެންޑީއެފުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް