logoEN
ޕީއެންސީ 2
ރެމޯ ޑިސޫޒާ އަށް އައިސީޔޫގައި ފަރުވާދެނީ

ރެމޯ ޑިސޫޒާ އަށް އައިސީޔޫގައި ފަރުވާދެނީ

އަޙްމަދު ޖަމީލު

logo

12/12/2020, 10:21:00 AM

Remo

މަޝްހޫރު ކޯރިއޮގްރާފަރު-ޑައިރެކްޓަރު ރޭމޯ ޑިސޫޒާއަށް ހާޓްއެޓޭކެއް ޖެހިގެން އައިސީޔޫގައި ފަރުވާ ދޭން ފަށައި އެވެ. އޭނާއަށް ފަރުވާ ދެމުން ދަނީ އިންޑިއާގެ މުމްބާއީގެ ކޮކިލަބަން ހޮސްޕިޓަލްގެ އައިސީޔޫގައި އެވެ.

ޝަރީ 2024

ރެމޯގެ އަންހެނުން ލިޒޭލް ޑިސޫޒާ އިންޑިއާގެ ނޫހަކަށް މައުލޫމާތު ދިން ގޮތުގައި އޭނާއަށް ހާޓްއެޓޭކް ޖެހުނީ އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައެވެ އަދި އައިސީޔޫގައި ފަރުވާ ދޭން ފެށިފަހުން ހާލު އާދައިގެ ވަރަކަށް ރަނގަޅުވެފައިވާ ކަމަށް ބުނެ އެވެ. މީގެ އިތުރުން ރެމޯގެ ނާރެއްގައި ބްލޮކެއް ހުރެގެން ރެމޯ ވަނީ އެންޖިއޯ ޕްލާސްޓާރ އެއްވެސް ހަދައިފައިވާ ކަމަށާއި އަދި މި ވަގުތު ރެމޯ އޮތީ އައިސޫގައި ކަމަށް ވެސް ލިޒޭލް މައުލޫމާތު ދިނެވެ.

ރޭމޯއަށް ކުއްލިއަކަށް ހާޓްއެޓޭކެއް ޖެހިގެން ފަރުވާ ދެމުން ދާއިރު އޭނާ ވަނީ އެންމެ ފަހުގެ ނެށުންތައް ރަސްމީ އިންސްޓްގްރާމް ޕޭޖުގައި އާންމުންނަށް މިދިޔަ ދެ ތިން ދުވަހު ދައްކާލާފައި އެވެ.

ރޭމޯ އެންމެ ފުރަތަމަ ޑައިރެކްޓު ކޮށްފައިވަނީ 2011 ވަނަ އަހަރު ރިލީޒް ކުރި ފިލްމު “ފަޓްލޫ” އެވެ. އޭގެ ފަހުން އޭނާ ޑައިރެކްޓު ކުރި މަޝްހޫރު ފިލްމުތަކުގެ ތެރޭގައި “ރޭސް 3” ހިމެނެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ