logoEN
ޕީއެންސީ 2
މިއީ ދުނިޔޭގެ އެންމެ ބޮޑު ގޯލްޑްފިޝްތަ؟

މިއީ ދުނިޔޭގެ އެންމެ ބޮޑު ގޯލްޑްފިޝްތަ؟

އަޙްމަދު ޖަމީލު

logo

12/11/2020, 6:37:00 PM

36717630-9042597-image-a-1_1607677195243

ގޯލްޑްފިޝްއަކީ ގިނަ ބަޔަކު ގޭގައި ގެންގުޅޭ މަހެކެވެ. ގިނަ ފަހަރު "ޕެޓް"އެއްގެ ގޮތުގައެވެ. ނަމަވެސް ޕޮންޑުތަކާއި ޓޭންކުތަކަށް އަޅައިގެންވެސް ގޯލްޑްފިޝް ގެންގުޅޭ މީހުން މަދެއް ނޫނެވެ.

ޝަރީ 2024

ދިރާސާތަކުން ދައްކާ ގޮތުގައި މިނިވަންކަމާއެކު ކޯރުތަކުގައި ދިރިއުޅޭ ގޯލްޑްފިޝްތައް އެންމެ ބޮޑުވަނީ 12 އިންޗާ ހަމައަށެވެ. ނަމަވެސް ދާދި ފަހުން އެމެރިކާގެ ސައުތް ކެރޮލީނާގެ ކޯރަކުން ފެނުނު ގޯލްޑްފިޝްއަކަށް ގިނަ ބައެއްގެ ސަމާލުކަން މިވަނީ ހުއްޓިފައެވެ. އެއީ އޭގެ ސައިޒު ބޮޑު ކަމުންނެވެ. އެމެރިކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ގްރީންވިލްގެ ކޯރުން ފެނުނު ގޯލްޑް ފިޝްގެ ދިގު މިނުގައި 15 އިންޗް ހުއްޓެވެ. އަދި ބަރުދަނުގައި ހަތަރު ކިލޯ ހުރި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ޚަބަރުތައް ބުނާ ގޮތުގައި އެ ގޯލްޑް ފިޝް ފެނިފައިވަނީ މަސްމަހާ މެއްސާ ގުޅޭ ސަރވޭ އެއް ކުރުމަށް އެ ކޯރުގައި ހަރަކާތްތެރިވަމުންދިޔަ މަސްވެރިންތަކަކަށެވެ. އެމީހުންގެ ސަމާލުކަން އެ މަހަށް ލިބުނީ އެމީހުން ހަރަކާތްތެރިވަމުންދިޔަ ބޯޓު ކައިރިން ފެނުން މައްޗަށް އެ މަސް އެރުމުންނެވެ. އެއާއެކު އެ މަސް ހިފުމަށް އެމީހުން ކުރި މަސައްކަތް ކާމިޔާބުވީ އެވެ. އެ ގޯލްޑް ފިޝް ހިފައި އޭގެ ސައިޒާއި ބަރުދަން ބެލުމަށްފަހު މަސްވެރިން ވަނީ އޭތި އަނބުރާ ކޯރު ތެރެއަށް ދޫކޮށްލާފައެވެ.

undefined

އެ ގޯލްޑްފިޝް އެހާ ބޮޑުވެފައި ވަނީ ގުދުރަތީގޮތުން މިނިވަންކަމާއެކު ކޯރުގައި ދިރިއުޅުމުގެ ސަބަބުން ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. އަދި ޓޭންކުތަކުގައި ދިރިއުޅޭ ގޯލްޑްފިޝްތައް އެހާ ބޮޑު ނުވަނީ ބަންދުވެފައި ތިބޭތީ ކަމަށާއި، އެފަދަ ގޯލްޑްފިޝްތަކަށްވުރެ ކޯރުން ފެނުނު ގޯލްޑްފިޝް 15 ގުނަ ބޮޑުވެފައިވަނީ އެސަބަބާ ހުރެ ކަމަށް އެފަރާތްތަކުން ބުނެއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން ގޯލްޑްފިޝް އެންމެ ބޮޑުވަނީ 12 އިންޗާ ހަމައަށެވެ. އެއީ ބޮޑެތި ކޯރުތަކުގައި ދިރިއުޅޭ ނަމައެވެ. ނަމަވެސް ޓޭންކުތަކުގައި ދިރިއުޅޭ ގޯލްޑްފިޝްތައް އެންމެ ބޮޑުވަނީ 6 އިންޗާ ހަމައަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ