logoEN
ޕީއެންސީ 2
ނަމާދު އޭގެ ވަގުތުގައި އަދާކޮށް އުޅޭ މީހަކީ ބާއްޖަވެރި މީހެއް - ހުތުބާ

ނަމާދު އޭގެ ވަގުތުގައި އަދާކޮށް އުޅޭ މީހަކީ ބާއްޖަވެރި މީހެއް - ހުތުބާ

އަޙްމަދު ޖަމީލު

logo

12/11/2020, 1:27:31 PM

1200px-UTM-friday

އަޅުގަނޑުމެންނަށް ގިޔާމަތް ދުވަހު އެންމެ ފުރަތަމަ ސުވާލު ކުރެއްވޭނީ ވެސް ނަމާދާ ބެހޭ ގޮތުންނެވެ. ނަމާދު އޭގެ ވަގުތުގައި އަދާކޮށް އުޅޭ މީހަކީ ބާއްޖަވެރި މީހެއްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ޝަރީ 2024

މިއަދުގެ ހުކުރުު ހުތުބާގެ މައުޟޫއު އަކީ "ނަމާދަކީ ދީނުގެ ތަނބު" މިއެވެ. އެގޮތުން، ނަމާދަކީ ކަނޑައެޅިފައިވާ ވަގުތުތަކެއްގައި އަދާކުރުމަށް މުއުމިނުންގެ މައްޗަށް އަމުރު ކުރައްވާފައިވާ އަޅުކަމެއް ކަމަށާއި ރަށުގައި ޤާއިމުވެ ހުންނަ މީހާގެ މައްޗަށާއި ދަތުރުވެރިޔާގެ މައްޗަށާއި ބަލިމަޑުކަމުގައި ވާ މީހާގެ މައްޗަށް ވެސް ފަރުޟު ކުރައްވާފައި ވާ އަޅުކަމެއް ކަމުގައި ހުތުބާގައި ވަނީ ފާހަގަ ކުރައްވާފައެވެ.

ހަމަ އެހެންމެ ޝައިތާނާ މުސްލިމުން ނަމާދާ ދުުރުކުރުވުމަށްޓަކައި ވަރަށް ގިނަ ހީލަތްތަކާއި މަކަރު ހަދައި ދުނިޔެ ރަންކޮށް ދައްކާ ކަމުގައި ހުތުބާގައި ފާހަގަ ކޮށްފައިވެއެވެ. އަދި ޝައިތާނާއަށް ވެގެންވާނަމަ ހުރިހާ މުސްލިމުން ނަމާދާ ދުުރުކުރެވޭތޯ މަސައްކަތް ކުރާނެ ކަމަށް ހުތުބާގައި ބަޔާންކޮށްފައިވެއެވެ.

މިއަދު މިސްކިތްތައް ވަރަށް ގިނަ ކަމަށާއި ބާޒާރުމަތީގައްޔާއި ކުޅިވަރު ދަނޑުތައް ކައިރީގައްޔާއި އަތިރިމައްޗާއި ކައިރި ހިސާބުތަކުގައި މިސްކިތްތައް އެބަހުރި ނަމަވެސް އެކިކަންކަމުގައި މަޝްއޫލުވެ ނަމާދު އަޅާ މީހުން މަދު ނޫން ކަމުގައި ހުތުބާގައި ވަނީ ފާހަގަ ކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ