މިއީ ދުނިޔޭގަ ހުރި އެންމެ ބާރުގަދަ ކުޑަކުއްޖާ

ކެނެޑާގެ އޮޓޮވާ އަށް އުފަން އެންމެ 7 އަހަރުގެ ރޯރީ ވެން އަލްފްޓް އަކީ 80 ކިލޯގެ ބަރު އުފުލުމުގެ ކުޅަދާނަކަން ހުރި ކުއްޖެކެވެ.

އިސްކޮޅުގައި އެންމެ 4 ފޫޓު ހުރި ރޯރީ ބަރު އުފުލަން ފަށާފައި ވަނީ އުމުރުން އެންމެ 5 އަހަރުގައެވެ. އޭނާ އަކީ އެމެރިކާގެ 11 އަހަރުން ދަށް އަދި 13 އަހަރުން ދަށުގެ ބައިން ބަރު އުފުލުމުގެ ޔޫތް ޗެމްޕިއަނެވެ.

ޖިމްނާސްޓިކް  ހަދަންވެސް އެހާ މޮޅު ރޯރީ ކޮންމެ ހަފްތާއަކު 9 ގަޑިއިރު ޖިމްނާސްޓިކް ޕްރެކްޓިސް ކުރަން ހޭދަ ކުރެއެވެ. އަދި 4 ގަޑިއިރު ބަރު އުފުލަން  ހޭދަ ކުރެއެވެ.

އޭނާގެ ބައްޕަ ބުނި ގޮތުގައި އޭނާ އަށް އެންމެ މުހިންމީ އޭނާގެ ދަރިފުޅުގެ ރައްކާތެރިކަމެވެ. އެހެންކަމުން ރޯރީ ދެ ކުޅިވަރުންވެސް ތަމްރީނު ހަދަމުން ގެންދަނީ ރައްކާތެރިކަން ފުރިހަމަ އަށް ކަށަވަރު ކޮށްގެން ކަމުގައި ބުންޏެވެ.

ރޯރީ ބުނީ ބަރު އުފުލުމަށް ވުރެ ބޮޑަށް އޭނާ ޖިމްނާސްޓިކް ހަދާ ހިތްވާ ކަމަށެވެ. އެއީ އެއްވެސް އެއްޗެއް އުފުލަން ނުޖެހޭތީ އެވެ. އަދި އޭގެ އިތުރަށް ބުނީ ބާރުގަދަވާން ވަރަށް ބޭނުން ވާ ކަމަށާއި، އެއީ ބާރުގަދަ ވުމުން އޭނާ އަށް ގިނަ ކަންތައް ރަނގަޅަށް ކުރެވޭތީ ކަމުގައެވެ.

ރޯރީ އަކީ ގްރޭޑް ތިނެއްގައި ކިޔަވަމުން އަންނަ ކުއްޖެކެވެ. އަދި އޭނާ އަކީ ވަރަށް ވިސްނުންތޫނު، ބުނާ އެއްޗެއް ވަރަށް ފަސޭހައިން ސިކުޑިއަށް ނަގައިގަންނަ ކުއްޖެކެވެ. އޭނާ އަށް މިހާ ޅަ އުމުރެއްގައި އެހާ ފަސޭހައިން ކޯޗުކަން ކޮށްދެވެނީ އެހެންވެ ކަމުގައި އޭނާގެ ބައްޕަ ބުންޏެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް