ހުވަދު އަތޮޅު މުއްސަނދިކުރީ ކާޑެއްދޫ އެއާޕޯޯޓުން – މުހައްމަދު ޝަރީފު

ކާޑެއްދޫ އެއާޕޯޓަށް 27 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހައްހަ ހަފްލާގެ ތެރެއިން: ފޮޓޯ: މުހައްމަދު ފަލާހް

ހުވަދު އަތޮޅު މުއްސަނދި ކުރުމުގައި އެންމެ މުހިންމު ރޯލެއް އަދާކުރީ ގދ ކާޑެއްދޫ އެއާޕޯޓުން ކަމަށް ކާޑެއްދޫ އެއާޕޯޓުގެ މެނޭޖަރ މުހައްމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.

ކާޑެއްދޫ އެއާޕޯޓަށް 27 އަހަރު ފުރުން ފާހަގަކުރުމަށް އެ އެއަރޕޯޓުގައި ބޭއްވި ޚާއްސަ ހަފްލާގައި ވާހަކަދައްކަވަމުން މުހައްމަދު ޝަރީފު ވިދާޅުވީ ކާޑެއްދޫ އެއާޕޯޓަކީ ހުވަދު އަތޮޅުގެ ހުރިހާ ރައްޔިތުންގެ އުންމީދާއި ގުޅިފައިވާ އެއާޕޯޓެއް ކަމަށާއި މި އެއާޕޯޓް ތަރައްގީވެގެން ދިއުމަކީ މުޅި ހުވަދު އަތޮޅުވެސް އެންމެ ބޭނުންވާ އެއްކަންތަށް ކަމަށެވެ. ހަމައެއާއެކު ކާޑެއްދޫ އެއާޕޯޓަކީ ހުވަދު އަތޮޮޅު މުއްސަނދި ކުރި އެއާޕޯޓު ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ. އަދި ކާޑެއްދޫ އެއާޕޯޓު ދެމިއޮތީވެސް ހުވަދު އަތޮޅުގެ ރައްޔިތުންގެ ސަބަބުން ކަމަށާއި މިއަދާ ހިސާބަށް އެއާޕޯޓް އައުމުގައި އެއާޕޯޓުގައި މަސައްކަތް ކުރި އަދި މިހާރު ރިޓަޔަރ ވެވަޑައިގެންފައިވާ ބޭފުޅުން ކުރެއްވި މަސައްކަތްތަކަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ޝަރީފު އިތުރަށް ވިދާޅުވީ ސީދާ ކާޑެއްދޫ އެއާޕޯޓަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިން ވަރަށް އަަވަހަށް އަންނާނެ ގޮޮތް ހެދިގެން ދާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދު ކަމުގައިވާ ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެދުމުގެ މަސައްކަތް ރައީސް ސޯލިހްގެ ދައުރު ނިމުމުގެ ކުރިން ފައްޓަވާނެ ކަމާމެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށެވެ. އަދި އެއާޕޯޓް އިންޓަނޭޝަނަލް ކުރުމަށްޓަކައި ކާޑެއްދޫގެ މުވައްޒަފުންނާއި މުޅި ހުވަދު އަތޮޅުގެ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

ކާޑެއްދޫ އެއާޕޯޓުގެ ލޭބަރ ކުއާޓަރ ސަރަހައްދުގައި ބޭއްވި ހަފްލާގައި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުގުނީ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މިހަފްލާގައި އެއާޕޯޓުގައި ދިގު މުއްދަތަކަށް މަސައްކަތްކުރެއްވި ރިޓައާޑް މުވައްޒިފުންނަށް ވަނީ ހަނދާނީ ޝިލްޑު ދީފައެވެ. އަދި އަހަރީ ދުވަސް ފާހަގަކުރުމަށް ކާޑެއްދޫގައި ބޭއްވި ހަރަކާތްތަކުން ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމު ހަވާލުކުރުމުގެ އިތުރުން އެކި ގޮތްގޮތުން ކާޑެއްދޫ އެއާޕޯޓަށް އެހީތެރިވެދެއްވި ފަރާތްތަކަށްވެެސް ވަނީ ހަނދާނީ ލިޔުން ދީފައެވެ.

ކާޑެއްދޫ އެއާޕޯޓް ރަސްމީކޮށް ހުޅުވައިފައިވަނީ 10 ޑިސެމްބަރ 1993 ގައެވެ. އެއާޕޯޓް ރަސްމީކޮށް ހުޅުވައިދެއްވީ އޭރުގެ ރައީސުލްޖުމްހުރިއްޔާ އަލް އުޘްތާޛް މައުމޫން އަބްދުލްޤައްޔޫމް އެވެެ.

ކޮމެންޓް

3 Responses

  1. ތި އެއާޕޯޓުގަ ނުހުރޭ ތުއްތުކުއްޖަކަށް ގާތުން ކިރުދޭނެތަނެއް. ހުންނަނީ ބަލި މީހުންނަށް ޚާއްސަ ކޮޓަރިއެކޭ ކިޔާ ތަނެއް. އެތަނަށް ވަންނަން އުޅުނީމަ މައްސަލަ ޖެހޭ. ދެން ކޮން އެއާޕޯޓެއް؟ އެއާޕޯޓެއްގަ ހުންނަންޖެހޭ ޝަރުޠުތައް ފުރިހަމައެއް ނުވޭ. ކެންޓީނުގަ ހުންނަނީ ބަންގާޅީ ދާ އެކުވެފަ ހުންނަ ހެދިކާ، ރެސްޓޯރެންޓެއް ކިޔުން ހައްގު ތަނެއް ނުވެސް ނެތް. އެއާޕޯޓަށް އަންނަ މީހުންގެ ލެއިން އެތަނުގަ ތިބި މަދިރިތައް ފަލަވެއްޖެ، އެކަމަކު ދުވަހަކުވެސް އެއާޕޯޓަށް ބަދަލެއް ނާދޭ. 27 އަހަރު ފާހަނގަކުރި އިރު، 27 އަހަރު ކުރިން ހުރި ގޮތަށް އަދިވެސް އެހުރީ ގާތްގަނޑަކަށް…. ވަރަށް ވާހަކަ މީ

  2. ވަރަށް ރަނގަޅު ވާހަކައެއް ތިބުނީ. ތިނަދޫ މީހުންނަށް އިހުސާސެއް ނުވާނެ އެހެން ރައްރަށުގެ މީހުން 3 ގަޑި 4 ގަޑި އިރުވަންދެން ތިތާގަ ތިބޭ ހާލެއް. ބޮޑު ތަކުލީފަކަށް ވެފައޮންނަނީ.

  3. ތި އެއަރޕޯޓުގަ 2 މަހުގެ ކުއަޖަކު ގޮވާގެން 7 ގަޑިއިރު މަޑުކުރިން. ދަތިފުޅަށް ފީޑުކޮށް ނެޕީ ބަދަލުކޮށް ހެދީ އެތާހުރި ޕާކެއެއް ތެރޭ ގޮނޑިއެއްގަ އިނދެ. މަދިރި އެހާގިނަ. ހިތި ތަޖުރިބާއެއް. ދުވަހަކު ދެން ރަށައް ނުދާނަމޭ ހިތަށް އެރި. އެކަމް މައިން ބަފައިން ކައިރިއަށް ނުގޮސް ވާކަށް ނެތް ވިއްޔާ. ތިނަދޫ މީހާ އާއި މަޑެވެލި މީހާއަށް ވަގުތުން ރަށައް ދެވުނަސް ދުރު ރައްތަކުގަ އަމިއްލަޔަށް ލޯންޗު ހިފައިގެން ނުދެވޭ މީހުން ތި އެއަރ ޕޯޓުން ދަތުރު ކުރަނީ ވަރަށް ހާލުގަ

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް