logoEN
cocacola
އަނދިރިވުމުން ދިއްލޭ އާވައްތަރެއްގެ "މަޝްރޫމެއް" ފެނިއްޖެ!

އަނދިރިވުމުން ދިއްލޭ އާވައްތަރެއްގެ "މަޝްރޫމެއް" ފެނިއްޖެ!

ގާފު އެޑިޓޯރިއަލް

logo

12/11/2020, 3:43:09 PM

2

މަޝްރޫމަކީ ފިނި މޫސުމުގައި އެންމެ ގިނައިން ވިކޭ ތަރުކާރީގެ ބާވަތެކެވެ. މަޝްރޫމް ސޫޕުން ފެށިގެން ގޮސް، މަޝްރޫމް ސޯސް އަދި ގިނަ ބަޔެއްގެ މެދުގައި މަޤްބޫލު މަޝްރޫމް މަޓަރ އަކީ މަޝްހޫރު ކެއުމުގެ ރެސިޕީތަކުގައި އެކުލެވިގެންދާ ބާވަތްތަކެވެ. ތަފާތު ގިނަ އަދަދެއްގެ ކާތަކެތި ތައްޔާރު ކުރުމަށް މަޝްރޫމް ބޭނުން ކުރެއެވެ. އިންޑިޔާގެ ދަނޑު ހައްދާ ފަރާތްތަކުން ތަފާތު އެތައް ސަތޭކަ ވައްތަރުގެ މަޝްރޫމް ހައްދައި އުޅެއެވެ. ނަމަވެސް ރޭގަނޑު އަނދިރި ވުމުން ދިއްލޭ މަޝްރޫމެއްގެ ވާހަކަ އަޑުއެހިން ހެއްޔެވެ؟ އަވައްޓެރި އިންޑިޔާގެ މެގަލްޔާ ސްޓޭޓްގެ ސައިންސްވެރިން އަދި ޗައިނާގެ ސައިންސްވެރިންގެ ޓީމަކުން އަނދިރިވުމުން ދިއްލޭ އާ ވައްތަރެއްގެ "މަޝްރޫމެއް" ހޯދައިފިއެވެ. މިޓީމުން ޤަބޫލުކުރާ ގޮތުގައި، މިބާވަތުގެ ތަފާތު ވައްތަރުގެ "މަޝްރޫމް" އެގައުމުން ފެނުމަކީ އެކަށިގެންވާ ކަމެކެވެ.

ގޮސިޔާ

undefined

ދިރޭތަކެތި އޭގެ ޒާތުގައި އަނދިރިވުމުން އަމިއްލަޔަށް އަލި އުފައްދައި ބޭރުކުރުމުގެ ގޮތަށް "ބަޔޯ ލުމިނެސެންސް" އޭ ކިޔައެވެ. މިއާ ވައްތަރުގެ މަޝްރޫމް ފެނިފައިވަނީ، މެގަލްޔާގެ އީސްޓް ޚާސީ ފަރުބަދަތަކުގެ މަތިންނެވެ. މިގޮތުން މިސަރަހައްދުގައި ދިރިއުޅޭ އާންމު ފަރާތްތަކުން "އިލެކްޓްރިކް މަޝްރޫމް" ތަކެއް ފެނިގެން އެވާހަކަ ރިޕޯޓްކުރުމުން، ސައިންސްވެރިންގެ ޓީމަކުން އެތަނަށް ޒިޔާރަތްކޮށް މިމަޝްރޫމުގެ ތަޙްލީލުތައް ކުރިޔަށް ގެންގޮސްފައިވެއެވެ. މިއީ އިންޑިޔާއިން މިފަދަ މަޝްރޫމެއް ފެނުނު ފުރަތަމަ ފަހަރެވެ.

މި ސައިންޓިސްޓުންގެ ޓީމުން ހުށަހަޅައި ޕަބްލިޝްކޮށްފައިވާ ރިސާޗް ޕޭޕަރުގައި ވާގޮތުން، އަމިއްލަޔަށް އަލި އުފައްދާ ގިނަ ދިރޭތަކެތި ގިނައިން ފެންނަނީ ކަނޑުތަކުންނެވެ. އަދި މިބާވަތުގެ ދިރުންތައް ހިކިފަސްތަންތާގައި އުޅެނީ މަދު ބާވަތެއްގެ ދިރުމެކެވެ. މިފަދަ ބާވަތްތަކުގެ ދިރޭތަކެތި އުފައްދާ އަލިތަކުގެ ކުލަތައް ބިނާވެގެންދަނީ، އެއެއްޗެއްގެ ހަށިގަނޑުގައި އެކުލެވޭ ކެމިކަލްތަކުގެ މައްޗަށެވެ. މި ހޯދުނު އާ ވައްތަރުގެ އިންޑިއަން މަޝްރޫމް އުފައްދަނީ ފެހި ކުލަޔަކަށް ދާ އައްޔެކެވެ. މި ބާވަތުގެ މަޝްރޫމަށް ދީފައިވާ ސައިންޓިފިކް ނަމަކީ "ރޮރިޑޯމައިސެސް ފިލޯސްޓަޗީޑިސް" އެވެ.

undefined

މިމަޝްރޫމް އަމިއްލަޔަށް އަލި އުފައްދާ ސަބަބުތައް ހޯދުމަށް ތަފާތު އިތުރު ތަހުލީލުތައް ކުރިޔަށްގެންދެވޭއިރު، ގިނަ ތަޙުލީލުކުރާ ފަރާތްތައް ޤަބޫލުކުރާ ތިޔަރީ އަކީ، އަލި އުފައްދަނީ ތަފާތު ސޫފާ ސޫފީގެ ސަމާލުކަން ހޯދައި އަދި އެފަދަ ސޫފިތައް ބޭނުންކުރުމަށެވެ. ސައިންސްވެރިންގެ ޓީމުން ޤަބޫލުކުރާ ގޮތުގައި މިފަދަ "ބަޔޯލުމިނެސެންޓް" ތަފާތު ބާވަތުގެ މަޝްރޫމްތަކެއް އިންޑިޔާއިން ފެނުމަކީ އެކަށީގެންވާ ކަމެކެވެ. ސައިންސުވެރިންގެ ޓީމްތަކުން މިފަދަ އަލި އުފައްދާ އާ ވައްތަރުގެ މަޝްރޫމްތައް ހޯދުމުގެ މަސައްކަތް ކުރަމުންދެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ