
ފިޔޯރީ ސްކޫލުގެ އެކްޓިވިޓީ ޔުނިފޯމް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަނީ
239957790_2383586505110952_3880084509444073511_n
ފިޔޯރީ ސްކޫލަށް ބޭނުންވާނެ އެކްޓިވިޓީ ޔުނިފޯމް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި އެވެ.

ދިވެހި ސަރުކާރުގެ ގެޒެޓުގައި ގެޒެޓް ކޮށްފައިވާ އިއުލާނުގައި ހޯދަން އިއުލާންކޮށްފައިވަނީ ކުރިއަށް އޮތް 2 އަހަރަށް، ބޭނުންވާނެ އެކްޓިވިޓީ ޔުނިފޯމް އެ ސުކޫލުންދޭ ނަމޫނާއާ އެއްގޮތަށް ވިޔަފާރި ޢުޞޫލުން ތައްޔާރުކޮށްދޭނެ ފަރާތެކެވެ.
މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބިޑުގައި ބައިވެރިވުމަށް 24 ނޮވެމްބަރ 2021 އިން 30 ނޮވެމްބަރ 2021 އަށް ކޮންމެ ދުވަހަކު ހެނދުނު 8:00 އިން މެންދުރު 13:00 އާއި ދެމެދު ފިޔޯރީ ސްކޫލަށް ވަޑައިގެން ނަންނޯޓު ކުރެވޭނެ އެވެ. އަދި މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަ01 ޑިސެމްބަރ 2021 ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން ސާފުކުރައްވަން ބޭނުންވާ ސުވާލެއް [email protected] ފޮނުއްވުމަށް ވެސް ވަނީ އެދިފައި އެވެ.
މި ޚިދުމަތައް އެދި ބީލަން ހުށައެޅޭނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މި މަސައްކަތުގެ ބީލަމާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 01 ޑިސެމްބަރ 2021 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި އެސްކޫލުގައި އެވެ. އަދި ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 08 ޑިސެމްބަރ 2021 ގެ ހެނދުނު 10:00 ގައި އެސްކޫލުގެ އޮފީހުގައި އެވެ.
ބީލަމުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެލެއްވޭނީ ނަން ނޯޓް ކުރުމަށް ދެވިފައިވާ މުއްދަތުގައި ނަން ނޯޓް ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ. މައުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ފުރުޞަތު ނުދެވޭނެއެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގަޔާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ.
.gif&w=3840&q=75)



