
_115977758_benzema
ރެލިގޭޓްވުމުގެ ބިރުއޮތް ސްޕޭނުގެ ރެއާލް މެޑްރިޑް ރޭ ޗެންމްޕިއަންސް ލީގުގައި ބްރޯޝިޔާ މުންޗެންގްލަޑްބެކް އަތުން ހޯދި 0-2 ގެ މޮޅާއެކު ގްރޫޕް ބީ ގެ އެއްވަނަ ޓީމު ގޮތުގައި އެޓީމު ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

ރޭ މޮޅުވި ރެއާލް މެޑްރިޑް އޮތީ ކުޅުނު ހަމެޗުން ނެގި ބާރަ ޕޮއިންޓާއި އެކު ގްރޫޕު ބީ ގެ އެއްވަނަ މަގާމުގައިއެވެ. އަދި އެ ޓީމު އަތުން ރޭ ބަލިވި މުންޗެންގްލަޑްބެކް އަށް ޕޮއިންޓާއި ގްރޫޕްގެ ދެވަނަ މަގާމްގައިއެވެ. މުންޗެންގްލަޑްބެކް ގެ ފަހަތުން ޝަހުތަރު ޑޮނެކްސް އަށްވެސް ލިބެނީ އަށް ޕޮއިންޓެވެ. ރޭ މޮޅުވެގެން އަނެއް ބުރަށް ދިޔުމުގެ ފުރުސަތު ލިބެން އޮތް އިޓަލީގެ އިންޓާ މިލާންވެސް ރޭ ޝަހުތަރު ޑޮނެކްސް މެޗުން ލަނޑެއްނުޖެހި ނިމުމުން އެ ޓީމުވަނީ މުބާރާތުން ކަޓާފައިއެވެ. އަދި ޝަހުތަރު ޑޮނެކްސް ވަނީ ޔޫރަޕާ ލީގަށް ކޮލިފައިވެފައެވެ.
ރޭ މެޗުގައި ރެއާލުން ޖެހި ދެގޯލްވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ފްރާންސް ފޯވާޑް ކަރިމް ބެންޒެމާ އެވެ. ފުރުތަމަ ގޯލް ޖެހީ ފުރުތަމަ ހާފުގައި ނުވަވަނަ މިނެޓުގައި ލޫކަސް ނަގައިދިން ހުރަހަކުން ބޯލުންޖަހައިގެންނެވެ. އަދި އޭގެފަހުން އެއްތިރީސްވަނަ މިނެޓުގައިވެސް ޖެހީ ހަމަ ނެގި ހުރަހަކުން ބޮލުންނެވެ. އެކަމު މިފަހަރު ޒުވާން ޑިފެންޑަރ ބްރެޒިލްގެ ރޮޑްރިގޯ އެވެ.