logoEN
cocacola
މި ސަރުކާރު އައި ފަހުން ކޮރަޕްޝަން ގިނައެއްނުވޭ : ރައީސް

މި ސަރުކާރު އައި ފަހުން ކޮރަޕްޝަން ގިނައެއްނުވޭ : ރައީސް

އަޙްމަދު ޖަމީލު

logo

12/10/2020, 11:17:31 AM

l_2020_01_01_115529_yhurf2qc95vk13oae7i6l4xpnzsjgw8dtbm_EN_

މި ސަރުކާރު އައި ފަހުން ކޮރަޕްޝަންގެ މައްސަލަތައް ގިނަވެފައި ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ރައީސް ސޯލިހް މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިޔަ ޓްރާންސްޕޭރެންސީ އެންޑް އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2020 ނިންމުމުގެ ރަސްމިއްޔާތުގައި ދެއްވި ވީޑިއޯ މެސެޖެއްގައެވެ.

ރައީސް ޞާލިޙު ވިދާޅުވީ، މިހާރު ކޮރަޕްޝަން އިތުރުވާހެން ހީވަނީ ރިޕޯޓުކުރާ މިންވަރު އިތުރުވުމުން ކަމަށެވެ. އަދި މިސަރުކާރުގެ ސިޔާސަތަކީ ކޮރަޕްޝަނަށް ނޫނެކޭ ބުނެ ކޮރަޕްޝަންގެ ޢަމަލުތައް ރިޕޯޓްކުރަން ހިތްވަރު ދިނުން ކަމަށާއި އަދި ކޮރަޕްޝަންގެ ޢަމަލުތައް ފަޅާއަރުވައިލާ މީހުންނަށް ޤާނޫނުން ރައްކާތެރިކަން ހޯދައިދިނުން ކަމުގައި ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން ޢަމަލުކުރަން ފެށި، ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ އެންމެ ބޮޑު ބޭނުމަކީ ކޮރަޕްޝަންގެ މައްސަލަތައް ފަޅާއަރުވައިލާ މީހުންނާ ދެކޮޅަށް ޤާނޫނީ ފިޔަވަޅެއް ނޭޅޭނެކަން ކަށަވަރު ކުރުންކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ