މިފޮޓޯ ހަނދާން އެބަހުރިތަ؟

ދައްކަން މިއުޅެނީ ފެނި ބާވި ނަމަވެސް އަހަރަމެންގެ ހަޔާތާ ވަރަށް ގުޅިފައިވާ ފޮޓޯގަނޑެއްގެ ވާހަކައެވެ. އެތަށް ބައެއްގެ ހިތުގައި އަބަދުވެސް ކުރެހިފައި އޮންނަ ފޮޓޯއެއްގެ ވާހަކައެވެ. ހަދާންވާ ގޮތުން ނަމަ ކޮމްޕިއުޓަރަކާ އަލަށް ކުޅުނު ދުވަހު ވެސް އެންމެ ފުރަތަމަ ލޮލަށް ފެނުނު ފޮޓޯ އެވެ.

ކެލެފޯނިޔާގެ ސޮނޯމާ ކޯންޓީއަކީ ކޮންތަަނެއްތޯ އަހައިލިޔަސް ގިނަ ބަޔަކަށް އެއީ ކޮންތަނެއް ކަމެއް ނޭނގޭނެ އެވެ. ނަމަވެސް މަތީގައިވާ ފޮޓޯ ފެނުމުން އެއީ ކިހާ މަގްބޫލު އަދި ކިހާވަރަކަށް ދަންނަ ފޮޓޯއެއްކަން އެގިގެންދާނެ އެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު އަދި ކޮމްޕިއުޓާ ބޭނުން ކުރާ ފަރާތްތަކުގެ އެންމެ ގާތް އެކުވެރިޔާ ކަމުގައިވާ މައިކްރޮސޮފްޓް ވިންޑޯޒްގެ ޑީފޯލްޓް ފޮޓޯއަކީ އަހަރަމެން އެންމެ ކުޑަ އިރުއްސުރެ ފެނި އެ ފޮޓޯއިން އަހަރެމެންގެ ޅަ ދުވަސްވަރުގެ ހަނދާންތައް އާކޮށް ފަޅުފިލުވައިދޭ ފޮޓޯއެކެވެ. ކޮމްޕިއުޓާ ހުޅުވާލުމާއެކު ވިންޑޯޒް އަހަރަމެންނަށް މަރުހަބާ ކިޔަނީ މި ފޮޓޯއާއެކުގަ އެވެ. ބްލިސް ގެ ނަމުން ނަންދެވިފައިވާ މި ފޮޓޯ އާމުންނާ ހިސާބަށް އައިސްފައިވަނީ ވިންޑޯޒް އެކްސްޕީ ކިޔާ ވިންޑޯޒްގެ އޮޕަރޭޓިން ސިސްޓަމާ އެއްކޮށެވެ.

މި ފޮޓޯއަކީ 1996 ވަނަ އަހަރު ނެޝަނަލް ޖިއޮގްރަފިކްގެ ފޮޓޯގްރާފަރެއް ކަމުގައިވާ ޗާލްސް އޮ ރިއާ ނަގައިވާ ފޮޓޯއެކެވެ. ގިނަ މީހުން ދެކޭ ގޮތުގައި މި ފޮޓޯއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ފޮޓޯ އެޑިޓާ ކަމުގައިވާ އެޑޯބް ފޮޓޯޝޮޕް އިން އެޑިޓް ކުރެވިފައިވާ ފޮޓޮއެކެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫނެވެ. މިއީ އެއްވެސް އެޑިޓެއް ގެނެވިފައިވާ ފޮޓޯ އެއް ނޫންކަން އެނާ ޔަގީން ކޮށްދެ އެވެ. ޗާާލްސް މިފޮޓޯ ނަގައިފައިވަނީ މަމިޔާ RZ67 ކިޔާ ކެމެރާ އަކުން 35 އެމްއެމްގެ ލެންސެއް ބޭނުން ކޮށްގެނެވެ. ކެމެރާގައި އެޅުވިފައިވަނީ ފުޖީ ފިލްމް ގެ ފިލްމެކެވެ. އެ ފިލްމަކީ އާންމުކޮށް ގުދުރަތީ ތަންތަނުގެ ފޮޓޯތަށް ނެގުމަށް ހާއްސަ ކޮށް ހަދާފައިވާ، ކުލަތަށް ވަރަށް ރީއްޗަށް ދައްކުވައިދޭ ފިލްމެކެވެ.

ޗާލްސް ބުނާ ގޮތުން މި ފޮޓޯ އޭނާ ނަގާފައިވަނީ އެނާގެ އޭރުގެ ލޯބިވެރިޔާ އަދި އޭގެ ދުވަސް ތަކެއް ފަހުން އޭނާ ކައިވެނި ކުރި ކުއްޖަކާއި ބައްދަލު ކޮށްލުމަށް އެކުއްޖާ އުޅޭ ވިލެޖަށް ދިޔަ މަގުމަތީގަ އެވެ. ކޮންމެ ހުކުރު ދުވަހެއްގައި އެނާ އެ ކުއްޖާއާ ދިމާކުރަން އެ ވެލިޖަށް ދާކަމަށް އެނާ ބުނެއެވެ. މި ފޮޓޯ ނެގި ދުވަހަކީ އެ ސަރަހައްދުގެ މޫސުން އެ އަހަރު ތެރޭގައި އެންމެ ރީތި ކޮށް އޮތް ދުވަސް ކަމަށް ވެސް އެނާ ބުނެ އެވެ.

އެ ތަނުގެ ފޮޓޯއެއް ޗާލްސް ނަގާފައިވާ ގޮތަށް ނެގުމަށްޓަކައި ގިނަ ބަޔަކު ފަހުން މަސަތްކަތް ކޮށްފައި ވެ އެވެ. ނަމަވެސް މިކަން އަދި އެކަކަށް ވެސް ކާމިޔާބު ކުރެވިފައެއް ނެތެވެ. އެންމެ ކުޑަމިނުން މިފޮޓޯ އާ ކައިރި ކޮށްލެވޭ ވަރުގެ ފޮޓޯ އެއްވެސް އަދި ނެގިފައެއް ނުވެއެވެ. މި ފޮޓޯ އަކީ 1996 ގައި ނެގި ފޮޓޯއެއް ކަމުގައިވީ ނަމަވެސް މި ފޮޓޯގެ ކޮލިޓީ އަދިވެސް ގެއްލިގެން ނުދެއެވެ. މި ފޮޓޯގެ އަގު އަހަރަމެންގެ ހިތްތަކުގައި ދަނީ ދުވަހަކަށް ވުރެ ދުވަހެއް ބޮޑުވެ ކުރެހެމުން ކަނޑާ ނެގެމުންނެވެ.

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް