ކޮވިޑް-19 ރިލީފް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ކޮވިޑް-19 ރިލީފް ސަޕޯޓްގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރީތަކަށް އަމާޒުކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފް ކުރި ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބީއެމްއެލް އިން މިއަދު ވިދާޅުވީ ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބި) ގެ ފަންޑުގެ ދަށުން 15.42 މިލިއަން ރުފިޔާއާ ހަމައަށް ލޯނަށް އެދި ހުށަހެޅޭނެ ކަމަށެވެ. މި ލޯން ދޫކުރުމަށް ހަމަޖެހިފައި ވަނީ ހަ އިންސައްތައިގެ ކުޑަ އިންޓަރެސްޓް ރޭޓްއެއްގައި ކަމަށް ބީއެމްއެލް އިން ވިދާޅުވިއެވެެ. އަދި ލޯން އަނބުރާ ދެއްކުމަށް ހަތަރު އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތެއް ލިބޭނެ ކަމަށް އެ ބޭންކުން ވިދާޅުވިއެވެ.

ލޯނަށް އެދި ހުށަހަޅަން ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށެވެ. ލޯނަށް އެދި ހުށަހަޅާ ފޯމާއި އިތުރު ލިޔުންތައް ފޮނުވާނީ [email protected] އަށެވެ.

މީގެ އިތުރުން ބީއެމްއެލްއިން މިހާރު ވެސް ވަނީ ކޮވިޑް-19 ގެ ސަބަބުން އަސަރުކޮށްފައިވާ މީހުންނަށް އަމާޒުކޮށް އިކޮނޮމިކް ރިލީފް ޕެކޭޖްތަކެއް ތައާރަފްކޮށްފައެވެ.

 

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް