މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ތިނަދޫގައި މަސްރޭހެއް ބާއްވަނީ

މަސްވެރިންގެ ދުވަހާއި ގުޅުވައިގެން "ޒިމަމަން މަސްރޭސް" ގެ ނަމުގައި ގދ.ތިނަދޫގައި މަސްރޭހެއް ބާއްވަން ނިންމައިފިއެވެ.

ހުވަދޫ ރެކްރިއޭޝަން އިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މި މަސްރޭހަކީ ހުވަދޫ ރެކްރިއޭޝަން އާއި ޒިމަމަން ރެސްޓޯރެންޓް އާއި ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަސްރޭހެއް ކަމުގައެވެ.

މިރޭސް ބާއްވަން ހަމަޖެހިފައި ވަނީ ރާއްޖޭގެ މަސްވެރިކަން ގެ ދުވަހާއި ގުޅުވައިގެން މި ޑިސެމްބަރ މަހުގެ 11 ވަނަދުވަހުއެވެ.

އަދި މި މަސްރޭހާއި ގުޅޭ އިތުރު މައުލުމާތު ހޯދުމަށް 9991210 ނަންބަރަށް ގުޅުމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

 

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް