logoEN
ޕީއެންސީ 2
ގއ.މާމެންދޫ ދޯންޏެއްގައި ހުރި މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިއްޖެ

ގއ.މާމެންދޫ ދޯންޏެއްގައި ހުރި މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިއްޖެ

އަޙްމަދު ޖަމީލު

logo

12/9/2020, 3:53:46 PM

img-90f371fedcbcaebb544b728daab37252-v-1024x768

ގއ. އެކަފަރުގެ އިރު އުތުރުން 1.5 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަމުންދިޔަ މަސް ދޯންޏެއްގައި ހުރި މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ޝަރީ 2024

"ކޯމަސް" ނަމަކަށް ކިޔާ ދޯނީގައި ހުރި 36 އަހަރުގެ ދިވެހި ފަޅުވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައި ވަނީ މިއަދު 11:30 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވިގޮތުގައި، އެ ދޯންޏަކީ ގއ. އަތޮޅު މާމެންދޫއަށް ނިސްބަތްވާ ދޯންޏެކެވެ.

ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމް.އެން.ޑީ.އެފްގެ ސަދަރން އޭރިއާ ސީޖީ ސްކުއަޑްރަން އިން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އެގޮތުން އެމްްއެންޑީއެފްއިން ވަނީ އޭނާ ގއ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިއެވެ.

މަސްވެރިކަމަށް ނުކުމެ އުޅުމުގެ ތެރޭގައި ލޮލަށް ބުޅި ހެރިގެން ރިޕޯޓް ކުރާ މިންވަރު މިފަހަކަށް އައިސް ވަނީ އިތުރުވެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ