logoEN
ކޮކާކޯލާ
ޔުނައިޓެޑް ޗެމްޕިއަންސް ލީގަށް އަލްވަދާއު!

ޔުނައިޓެޑް ޗެމްޕިއަންސް ލީގަށް އަލްވަދާއު!

_115965535_gettyimages-1230019580

ޗެމްޕިއަންސް ލީގުގައި އެންމެ ކާމިޔާބު އެއް ޓީމު މެންޗެެސްޓަރ ޔުނައިޓެޑް ގްރޫޕް ސްޓޭޖްގެ ފަހު މެެޗުން ލައިޒްޒިގުން އަތުން ބަލިވެ ދެވަނަ ބުރަށް ދިއުމުގެެ ފުރުސަތު ގެއްލި ޗެމްއިންސް ލީގަށް އަލްވަދާއު ކިޔައިފި އެވެ.

އަބުޅޯ

މިއީ 2015-2016 ވަނަ އަހަރުގެ ސީޒަނަށް ފަހު ޔުނައިޓެޑް ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކެޓި ފުރަތަމަ ފަހަރެވެ. ސޯލްޝެއާގެ ކޯޗުކަމުގައި ޔުނައިޓެޑުން ޗެމްޕިއަންސް ލީގުގައި ކުޅުނު 10 މެޗުގެ ތެރެއިން ވަނީ ހަ މެޗުން ބަލިވެފަ އެވެ. އޭނާ އަކީ ޔުނައިޓެޑްގެ ތާރީހުގައި މި މުބާރާތުން އެންމެ މަދު މެޗު ކުޅެ އެންމެ ރެކޯޑް ދަށް ކޯޗެވެ.

ޔުނައިޓެޑް ގްރޫޕް ސްޓޭޖުގައި ކުޅުނު ހަ މެޗުން ވެސް އެ ޓީމަށް ލިބުނީ ނުވަ ޕޮއިންޓެވެ. ހެޑް ޓު ހެޑް ގަވާއިދުން ޔުނައިޓެޑް އޮތީ ތިން ވަނައިގަ އެވެ. އެ ޓީމު ދެން ކުޅެން ޖެހޭނީ ޔޫރޮޕާ ލީގުގަ އެެވެ.

ލައިޒްޒިގުން ވަނީ ރޭގެ މެޗު ފަށައިގެން މާ ގިނަ އިރުތަކެއް ނުވެ ދެ ގޯލު ޖަހައިފަ އެވެ. ފުރަތަމަ ލަނޑު ޖެހީ މެޗުގެ ދެ ވަނަ މިނިޓްގައި މެންޗެސްޓާ ސިޓީގެ ލޯން އެއްބަސްވުމެއްގެ ދަށުން ލައިޕްޒިގަށް ކުޅެމުން އަންނަ އެންޖެލީނިއޯ އެވެ. އޭގެ ފަހުން 13 ވަނަ މިނިޓްގައި އަނެއް ގޯލް ޖެހީ އަމަދޫ ހައިދާރާ އެެވެ. އޭގެ ފަހުން ވެސް ލައިޒިގުގެ ވިލީ އޯބާން ޖެހި ގޯލެއް ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައި އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

ދެ ވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަަރައި މަޝްހޫރު ފޯވާޑް ޕެޓްރިކް ކްލައިވަޓްގެ ދަރިފުޅު ޖަސްޓިން ކްލައިވަޓް ވަނީ މެޗުގެ 69 ވަނަ މިނިޓްގައި ލައިޒްޒިގަށް ވަނީ ތިން ވަނަ ގޯލެއް ޖަަހައިފަ އެވެ.

ޔުނައިޓެޑުން ވަނީ ބަދަލުތަކެއް ގެނެސްގެން މެޗުގެ ތެރެއަށް ވަންނަން މެޗުގެ ފަހު ކޮޅުގައި ވަރުގަދަ އަށް މަސައްކަތް ފަށައިފަ އެވެ. އެގޮތުން ޕައުލް ޕޮގްބާ ވަނީ ކުޅެން އަރުވައިފަ އެވެ. މެޗުގެ 80 ވަނަ މިނިޓްގައި ޔުނައިޓެޑަށް ލިބުނު ޕެނަލްޓީ އަކުން ބްރޫނޯ ފެނާންޑޭސް އެ ޓީމަށް ލަނޑެއް ޖަހަދިނެވެ. އަދި އޭގެ ދެ މިނިޓް ފަހުން ކޯނަރެއްގައި ޔުނައިޓެޑްގެ ޕޮގްބާ ބޮލުން ޖެހި ބޯޅައެއް އިބްރާހިމާ ކޮނާޓޭ ފައިގައި ޖެހިފައި ވަނީ ބައިކޮޅަށެވެ. ޔުނައިޓެޑަށް މި މެޗު އެއްވަރުކޮށްލައިގެން ވެސް އަނެއް ބުރަށް ދެވެން އޮތްއިިރު އެކަން ހާސިލެއްނުވި އެވެ. ފަހު ވަގުތު ޕޮގްބާ ނެގި ހުރަހެއް ކޮނާޓޭ ފައިގައި ޖެހިފައި ބައިކޮޅަށް ވަންނަން ދިޔަ ބޯޅަ ލައިޕްޒިގުގެ ކީޕަރު ޕީޓަ ގުލާކްޝީ ވަނީ މަތަކޮށްފަ އެވެ.

ޕީއެސްޖީ އާއި ބަސަކްޝެހީރު މެޗު ހުއްޓާލަން ޖެހުނީ މެޗުގެ ހަތަރު ވަނަ އޮފިޝަލް ސަބެސްޓިއަން ކޮލްޓެސްކޫ ބަސަކްޝެހީރުގެ އެސިސްޓަންޓް ކޯޗު ކެމަރޫންގެ ޕިއޭރޭ ވެބޯއާ ނަސްލީ ގޮތުން ދިމާކޮށްލުމުންނެވެ. ހަތަރު ވަނަ އޮފިޝަލް ކޮލްޓެސްކޫ ދިން ލަފައަކަށް ބަލައި ރެފްރީ ވަނީ ވެބޯ އަށް ރަތް ކާޑު ދައްކައިފަ އެވެ. އެކަމާ ހިތްހަމަނުޖެހި ބެންޗުން ވަނީ ކޮލްޓެސްކޫ ދެއްކި ވާހަކަ ބަލަންޖެހޭ ކަމަށް ބުނެފަ އެވެ. ވެބޯއާ ދިމާލަށް ކޮލްޓެސްކޫ ދެއްކި ވާހަކަތައް ބަސަކްޝެހީރްގެ ބެންޗުގައި އިން ފޯވާޑް ޑެމްބަ ބާ އާއި ޕީއެސްޖީގެ އޮފިޝަލުން ވަނީ ރެފްރީގެ ސަމާލުކަމަށް ގެނެސްފަ އެވެ.

ކޮލްޓެސްކޫ ލައިގެން މެޗު ކުރިއަށްގެންދަން ބޭނުންނުވާތީ ޕީއެސްޖީ އާއި ބަސަކްޝެހީރްގެ ކުޅުންތެރިން ވަނީ ދަނޑުން ފައިބައިފަ އެވެ. އަލުން މެޗު ފަށަން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ. އެހެން ނަމަވެސް ޔުއެފާ އިން ފަހުން ކޮލްޓެސްކޫގެ މައްސަލަ ތަހުގީގުކުރާނެކަން އަންގައި މިރެ އަށް މެޗު އަލުން ޝެޑިއުލްކޮށްފަ އެވެ

ޕީއެސްޖީ މެޗުގައި ކޮންމެ ނަތީޖާއެއް ނުކުތްނަމަވެސް އެ ޓީމަށް ވަނީ އަނެއް ބުރުގެ ޖާގައެއް ކަށަވަރުވެފަ އެވެ. އެހެން ނަމަވެސް ގްރޫޕްގެ އެއް ވަނަ ހޯދަން އެ މެޗުން ޕީއެސްޖީ މޮޅުވުން މަޖުބޫރެވެ. ލައިޕްޒިގު ރޭ ހޯދި ތިން ޕޮއިންޓާ އެކު އެ ޓީމު އެއް ވަނައިގައި އޮތީ ހަ މެޗުން 12 ޕޮއިންޓާ އެކު އެވެ. ބަސަކްޝެހީރް ފުލުގައި އޮތީ ފަސް މެޗުން ތިން ޕޮއިންޓް ހޯދައިގެންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ