ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކޭބަލް ޓީވީ ގެ ޚިދުމަތް ދެމުން އަންނަ މީޑިއާނެޓުން ގދ.ތިނަދޫގައި ޚާއްސަ ޕުރޮމޯޝަނެއް ފަށައިފިއެވެ.
ޑިސެމްބަރ 1 ން ފެށިގެން ޑިސެމްބަރ 31 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕުރޮމޯޝަނުގައި ގދ.ތިނަދޫގެ މީޑިއާނުޓެގެ ހުރިހާ ކަސްޓަމަރުންނަށް ވެސް ކޮންމެ ޕެކޭޖަކަށްވެސް ފައިސާ ދައްކަވައިގެން މި ޕުރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.
މި ޕުރޮމޯޝަންގައި ބައިވެރިވާ ކަސްޓަމަރުންގެ މެދުގައި ހޮވޭ ނަސީބުވެރި ފަރާތްތަކަށް ފައިސާގެ އަގުހުރި އިނާމުތަކެއް ލިބިގެންދާނެއެވެ. އެގޮތުން 1 ވަނަ ޢިނާމުގެ ގޮތުގައި 5000 ރުފިޔާ، 2 ވަނަ ޢިނާމުގެ ގޮތުގައި 3000 ރުފިޔާ އަދި 3 ވަނަ ޢިނާމުގެ ގޮތުގައި 2000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. 1 ވަނަ ޢިނާމު ޚާއްސަ ކުރެވިގަން ދާނީ ހަމައެކަނި ވޯންޓް އިޓް އޯލް (ފުލް ޕެކޭޖް) އަށް ސަބްސްކްރައިބް ކުރަށްވާ ކަސްޓަމަރުންނަށެވެ.
ތިނަދޫގައި ކުރިޔަށް ގެންދާ ޕްރޮމޯޝަންގެ ގުރުވަތު ނެގަން ހަމަޖެެހިފައިވަނީ 8 ޖެނުއަރީ 2021 ގައެެވެ. ގުރުވަތު ނެގުމަށް ހަމަޖެހިފައިވާ އެދުވަހުގެ ރޭޭ 21:30 ގައި އައިސްޓީވީއިން ލައިވްކޮޮށް ކުރިޔަށް ގެންދާ ވަޓްސް އޮންޓިވީޝޯގައި ކަމަށް މީޑިއާނެެޓުން މައުލޫމާތު ދެއެވެެ.