logoEN
cocacola
އާދަޔާ ޚިލާފު ޤަބޫލުކުރަން ދަތި ކަންތައްތަކެއް އެކުލެވޭ ދުނިޔޭގެ 5 ތަނެއްގެ ތެރޭގައި ރާއްޖޭގެ ތަނެއް!

އާދަޔާ ޚިލާފު ޤަބޫލުކުރަން ދަތި ކަންތައްތަކެއް އެކުލެވޭ ދުނިޔޭގެ 5 ތަނެއްގެ ތެރޭގައި ރާއްޖޭގެ ތަނެއް!

ގާފު އެޑިޓޯރިއަލް

logo

12/10/2020, 11:10:05 AM

21

ގްލެން ބްރިޓްލް އައިލް އޮފް ސްކައި

ގޮސިޔާ

ސްކޮޓް ލޭންޑުގެ އުސް ފަރުބަދުތަކެއް ކަމުގައިވާ އައިލް އޮފް ސްކައި ގައި ހެދިފައިވާ ވާދީއަށް ގްލެން ބްރިޓްލް ކިޔެއެވެ. އަދި މިތަނަށް ކިޔުލިން އޭ ވެސް ކިޔެއެވެ. މި ވާދީގައި ވަށައިގެންވާ ފަރުބަދަތަކުން ފެން އޮހިރިގެން އައިސް މިވާދީގައިވާ ކޯރާއި ފެނާރުތައް ގުޅެއެވެ. ފަރުބަދަ މަތިން އޮހޮރިގެން އަންނަ ފެންތަން ޖަމާވާ އާދަޔާ ޚިލާފު ރީތިކަމެއް އެކުލެވޭ "ފެއަރީ ޕޫލް" ކިޔާ ކުޑަ ފެންގަޑެއް އޮވެއެވެ. މިވާދީގެ އެންމެ ދެކުނު ފަރާތުގައި އެހާމެ ހިތްގައިމު ރީތިކަމެއް އެކުލެވޭ ދޮންވެލި ތުނޑިއެއް އުފެދިފައިވެއެވެ. މިއީ ފަތުރު ވެރިންނާއި، ބައިކާސް އަދި ކޭމްޕް ކުރާ ފަރާތްތަކުގެ މެދުގައި ވަރަށް މަޤްބޫލު ތަނެކެވެ.

undefined

undefined

undefined

ދިވެހި ރާއްޖެއަށް ނިސްބަތްވާ ވާދޫ ރިސޯރޓްގެ ދިއްލޭ ދޮންވެލި ތުނޑި

ދިވެހި ރާއްޖޭގެ ރިސޯޓެއް ކަމުގައިވާ ވާދޫ ރިސޯޓުގެ ބީޗުން ރޭގަނޑު، މަނޑު ނޫކުލައިން ފިޔަވަޅު އެޅުމުން ދިއްލޭ ދިއްލުމުން ގިނަ ފަތުރުވެރިންގެ ސަމާލުކަން މި ދޮންވެލި ތުނޑިއަށް ހުއްޓިގެން ދެއެވެ. ދޮންވެލި ތުނޑީގެ އިތުރުން، ތުނޑިއާއި ގުޅިފައިވާ މޫދުގެ ލޮނުގަނޑުންވެސް މިހިއްގައިމު މަނޑު ނޫކުލައިގެ އަލިކަން ލޮނުގަނޑާއި ކުޅެލުމުން ރޭގަނޑު ފެނިގެން ދާނެއެވެ. ފެންގަނޑުން އަދި ދޮންވެލި ތުނޑިން ޖައްވުގައިވާ ތަރިތަކެއްފަދައިން ވިދާ ބަބުޅާ މަންޒަރު ބަލާއިރު، ލޮލަށް ފެންނަ މަންޒަރު ޤަބޫލުކުރަން އުދަނގުލެވެ. މިއީ ދުނިޔޭގައި މަދުން ނޫނީ ނުފެންނަ މަންޒަރެކެވެ. މި ހިތްގައިމު މަންޒަރު ބަލަން ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން ދިވެހިރާއްޖެއަށް ޒިޔާރަތް ކުރެއެވެ.

undefined

undefined

undefined

undefined

undefined

އާދަޔާ ޚިލާފު ކޯރެއް

ޕިލިޕީންސްގެ ހިނަޓުއާން ކޯރަކީ، އާދަޔާ ޚިލާފު ޤުދުރަތީ ރީތިކަމެއް ލިބިފައިވާ ކޯރެކެވެ. މިކޯރުގެ އެންމެ ޚާއްސަ ސިފަޔަކީ އާދަޔާ ޚިލާފަށް މިކޯރު ސާފު ވުމެވެ. މިއީ ޕިލިޕީންސްގެ އެންމެ ސާފުތާހިރު ކޯރެވެ. މަނޑު ނޫކުލައެއްގެ ފެންގަޑުގައި ހުންނަ މިކޯރުގައި ފުން މިނުގައި 50 މީޓަރާއި 80 މީޓަރު ހުރެއެވެ. މިކޯރުގެ ފެންގަނޑު ގޮސް ގުޅެނީ ސީދާ ޕެސިކް ކަނޑާއެވެ. މިކޯރުގެ އެންމެ ފުން ހިސާބުގައި އާދަޔާ ޚިލާފަށް އޮއި ބާރުކަމަށް ވެއެވެ. އަދި ކޯރުގެ ފެންގަނޑު އަޑިން ގޮސް މޫދާއި ގުޅިފައި ވެއެވެ. ކޯރުގެ ފެންގަނޑު މޫދާއި ގުޅިފައި ވުމުން ލޮނުގެ އަސަރު ފެންގަނޑުގައި ހުރެއެވެ. މިސަރަހައްދުގައި އުޅޭ މީހުން ޤަބޫލުކުރާ ގޮތުން މިއީ އާދަޔާ ޚިލާފު ކަންތައްތަކެއް އެކުލެވޭ ކޯރެކެވެ. މި ސަރަޙައްދުގެ މީހުން ޤަބޫލުކުރާ ގޮތުގައި، ޕަރީންނާއި، ތަފާތު އާދަޔާ ޚިލާފު ޚިޔާލީ ޝަޙުސިއްޔަތުތައް ރޭގަނޑު އެކޯރުން ފެންވަރައެވެ. މެންދުރުފަހުން އެއްވެސް ބަޔަކު މިކޯރުން ފެންވަރަން ނުވަތަ ފަތަން ހުއްދަ ނޯވެއެވެ. ކޯރު ބަލަހައްޓާ ފަރާތްތައް، ކޯރުގައި އުޅޭ މަސްމަހާ މެއްސަށް ކާންދިނުމާއި، ކޯރު ސާފުކުރުމުގެ މަސައްކަތް މެންދުރު ފަހުން ކުރެއެވެ.

undefined

undefined

undefined

undefined

މައުންޓް ރޯރައިމާ

ސައުތު އެމެރިކާގެ ޓެޕިއު ޕްލެޓިއަސް ފަރުބަދަތަކުގެ ތެރެއިން އެންމެ އުސް ފަރުބަދަޔަކީ މައުންޓް ރޯރައިމާ އެވެ. މިފަރުބަދަޔަކީ ޤަބޫލުކުރެވޭ ގޮތުން ދުނިޔޭގެ އެންމެ ދުވަސްވީ ބިންތަކުގެ ތެރޭގައި ހިމެނޭ ބިމެކެވެ. ދުނިޔެ އުފުދުމުގައިވެސް އުފެދިފައިވާ އަދި "ޕްރެކެމްބޭރިއަން ޕީރިއަޑް" ނުވަތަ ދުނިޔޭގެ އެއްވެސް ދިރުމެއް ނެތި ތަފާތު ގޮވުންތައް ގޮވަމުން ދިޔައިރުވެސް ވުޖޫދުގައި މިބިން އޮތްކަމަށް ބެލެވެއެވެ. ވެނެޒުއޭލާ، ބްރެޒިލް އަދި ގައިއަނާ ގުޅޭ ބޯޑަރަކަށް މިފަރުބަދަ ވެއެވެ. ފަތާ މޭޒެއްގެ ބައްޓަމަށް އުފެދިފައިވާ މިފަރުބަދައިގެ މަތީގައި ހެދިފައިވާ ގަސްގަހާ ގެއްސާއި އަދި ދިރިއުޅޭ ޖަނަވާރުތައް އެތައް ހިސާބަކަށް ފެތުރިފައި ވެއެވެ. މީގެ އިތުރުން މިފަރު ބަދައިގެ މައްޗަށް ކޮންމެ ދުވަހަކު ހެން ވާރޭ ވެހެއެވެ. ބައެއް މީހުން މިފަރުބަދަޔަކީ އާދަޔާޚިލާފު ބާރުތަކެއް ލިބިގެންވާ އާދަޔާ ޚިލާފު ފަރުބަދައެއްގެ ގޮތުގައި ދެކެއެވެ. ގިނަފަހަރު ޖައްވުގައި އުފެދޭ ވިލާތައް މިފަރުބަދައިގެ އެންމެ އުސް ހިސާބަށް ނުފޯރައެވެ.

undefined

undefined

undefined

ފްލައި ގޭސަރ

މިއީ ނެވާޑާގެ، ވެޝޯ ކައުންޓީގައި އުފެދިފައިވާ ކުޑަ "ޖިއޯތާމަލް ގޭސަރ" އެއް ނުވަތަ ހޫނު ފެނުގެ ފެންއާރެކެވެ. މިއީ 12 ފޫޓް އުސްކޮށް އުފެދިފައިވާ ކުޑަ ތަންކޮޅެކެވެ. މިތަނުން ސްޓީމް ހޫނުފެން ހުއްޓުމެއްނެތި އަރައަރާ ހުރެއެވެ. މިތަނަކީ، އަމިއްލަ ފަރާތެއް ކަމުގައި ޓޮޑް ޖެކްސިކް ކިޔާފަރާތެއްގެ ތަނެކެވެ. މިތަން ބަލަން ވަންނަ ފަރާތްތަށް ވެރިފަރާތުގެ ހުއްދަ ހޯދަން ޖެހެއެވެ. މިތަނުގެ މަޝްހޫރު ނަމަކީ "ހިއުމަން މިސްޓޭކް" އެވެ. މިތަން އުފެދުނީ ކުއްލިގޮތަކަށް 1964 ގައެވެ. މިތަން ހޯދާފައިވަނީ "ޖިއޯ ތާމަލް އެނާޖީ" ހޯދުމަށް މަސައްކަތް ކުރި ކުންފުންޏަކުންނެވެ. ބައެއް ފަރާތްތަކުން ބުނާގޮތުން މިކުންފުނިން ކުރި މަސައްކަތުން މިތަން ދޫކޮށްލެވި ނުވަތަ މިވަޅު ރަނގަޅަށް ބަންދު ނުކުރެވި ދޫކޮށްލުމުން އެތަން މިގޮތަށް ބަދަލުވީއެވެ. މިގޮތުން 5 ފޫޓުގެ ހޫނު ފެނުގެ ޖެޓެއް ހުއްޓުމެއްނެތި އަރައަރާ ހުރެއެވެ. މިތަނުން އަރާ ފެން 30 ހެކްޓަރުގެ ދުރުމުނިނަށް ފެތުރި ކުދިކުދިން ފެންގަނޑުތައް ހެދިފައިވެއެވެ. ތާމޯފިލިކް ބެކްޓީރިއާގެ ސަބަބުން ފެންއާރުގެ ބޭރު ފަށަލަ އާދަޔާ ޚިލާފު އެކިކުލަތަކުން ޒީނަތްތެރިވެފައި ވެއެވެ. މިފެނުގައި ތަފާތު އެކި މިނަރަލްތައްވެސް އެކުލެވިފައިވެއެވެ.

undefined

undefined

undefined

undefined

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ