logoEN
cocacola
ދެން ނެރޭ އައިފޯނުވެސް އެއް ޑިޒައިނަކަށް

ދެން ނެރޭ އައިފޯނުވެސް އެއް ޑިޒައިނަކަށް

އަޙްމަދު ޖަމީލު

logo

11/9/2020, 6:49:07 PM

960x0

އެޕަލް ކުންފުނިން ދެން ނެރޭ އައިފޯނުވެސް ހުންނާނީ މިއަހަރު ނެރުނު އައިފޯން 12 ގެ ޑިޒައިނަށް ކަމަށް އެނަލިސްޓުން ބުނެފިއެވެ.

ގޮސިޔާ

މަޝްހޫރު އެޕަލް އެނަލިސްޓެއް ކަމަށްވާ މިންގް ޗީ ކުއޯ ބުނާ ގޮތުގައި އަންނަ އަހަރު ނެރޭ އެޕަލް އައިފޯން 13 ވެސް ނެރޭނީ މި އަހަރު ނެރުނު އައިފޯން 12 އެކޭ އެއްގޮތަށް 4 މޮޑެލްއެއްގެ ފޯނުގެ މައްޗަށެވެ. ނަމަވެސް ދެން ނެރޭ އައިފޯން ތަކުގައި ކެމެރާ ކޮލެޓީ އިތުރަށް ފުރިހަމަކުރެވިފައިވާނެ ކަމަށް އޭނާ ބުނެއެވެ. ކުއޯ ބުނާ ގޮތުން ނަމަ ދެން ނެރޭ އައިފޯނުގެ އަލްޓްރާ ވައިޑް ކެމެރާ އިތުރަށް އަޕްގްރޭޑް ކުރެވިފައި ވާނެއެވެ. އެގޮތުން އެ ފޯނުތަކުގައި އަލްޓްރާ ވައިޑް ކެމެރާ (f/1.8) އެލެމެންޓް ލެންސް)، އަދި އޮޓޯ ފޯކަސް ވެސް ކުރެވޭނެ ކަމަށް މެކްރޫމާސް އިން ބުނެއެވެ.

އައިފޯން 12 ގެ ހުރިހާ ފޯނުތަކުގައިވެސް ހުންނާނީ f/2.4, 5P (ފަސް އެލެމެންޓް ލެންސް) އަލްޓްރާ ވައިޑް އާއި އެކު ފިކްސްޑް ފޯކަސް އެކެވެ. ކެމެރާގެ ލެންސު ބޮޑަށް ހުޅުވިފައި ހުންނަ ނަމަ ގިނައިން ފޮޓޯއަށް އަލި ވަދެފައި ހުންނައިރު އިތުރަށް ލެންސް އެލެމެންޓްތައް އިތުރުކޮށްފައި ހުރުމުން އަލްޓްރާ ވައިޑް ފޮޓޯތައް ނެގުމުގައި ފަސޭހަވެގެން ދާނޭ ކަމަށް ކުއޯ ބުނެއެވެ.

ކުއޯ ބުނީ 2022 ގައި ނެރޭ ހުރިހާ އައިފޯން 14 ގައިވެސް އަންނަ އަހަރު ނެރޭ ފޯނުތަކަށް އިތުރުކުރާ މި ފީޗާސް ހިމެނޭނެ ކަމަށެވެ. އެގޮތުން އެ ފޯނުތަކުގައިވެސް އަލްޓްރާ ވައިލްޑް ކެމެރާ ފުރިހަމަ ވެފައި f/1.8, 6P އަދި އޮޓޯފޯކަސް ވެސް ހިމެނޭނެއެވެ. އެޕަލް އިން ނެރޭ ފޯނުތަކުގައި ބޭނުންކުރާ ލެންސުތައް ގެންނަ މައިގަނޑު ސަޕްލަޔާ އަކީ ޓައިވާންސް ލާގަން ޕްރިސިޝަންއެވެ. ކުއޯ ބުނާ ގޮތުގައި އައިފޯން 13 ގެ ލެންސުގެ ގާތްގަނޑަކަށް 70 އިންސައްތަ އުފެއްދުން ގެންނާނީ މި ޓައިވާންސް ލާގަން ޕްރިސިޝަން އިންނެވެ.

މީގެ ކުރިން ކުއޯ ވަނީ 2022 ގައި ނެރޭ އައިފޯނުގައި ޕެރިސްކޮޕް ޓެލެފޮޓޯ ލެންސް އާ ވަތްތަރުގެ ލެންސެއް ހުންނާނެ ކަމަށް ލަފާކޮށްފައެވެ. މި ލެންސަކީ ހުއާވެއި P30 އިން ފެންނަ ކަހަލަ ލެންސް އާ އެއް ވަތްތަރުގެ ލެންސެކެވެ. ޕެރިސްކޮޕް ލެންސުގެ އެހީގައި ފޮޓޯ ނަގާއިރު ދުރު ފޮޓޯ ބޮޑުތަނުން ނެގުމަށް ފަސޭހަވެގެންދާނެއެވެ. އަދި މި ލެންސުގެ އެހީގައި އެންމެ ދުރަށް ފޮޓޯ ނަގާނަމަ ލެންސު ޒޫމް ކުރުމުން ފޯނުން ލެންސު ކުޑަތަންކޮޅެއް ބޭރަށް ނިކުންނާނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ