logoEN
ޕީއެންސީ 2
ފުޓްބޯޅައިގެ ދުނިޔޭގައި މިވަގުތުތިބި އެންމެ މޮޅު ދެކުޅުންތެރިންގެ ކުރިމަތިލުން!

ފުޓްބޯޅައިގެ ދުނިޔޭގައި މިވަގުތުތިބި އެންމެ މޮޅު ދެކުޅުންތެރިންގެ ކުރިމަތިލުން!

5d5e29c60f254420d0d3ff59

ގާތްގަޑަކަށް 2 އަހަރާއި ދުވަސްކޮޅެއްފަހުން ދުނިޔޭގައި މިވަގުތު ތިބި އެންމެ މޮޅު 2 ފުޓްބޯޅަ ކުޅުންތެރިން ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ލިއޮނެލް މެސީގެ ކުރިމަތިލުމެއް މިރޭ އޮންނާނެއެވެ.

ޝަރީ 2024

ރާއްޖެ ގަޑިން މިރޭ ދަންވަރު 1:00 ކުޅޭ މި މެޗްގައި ބައްދަލުކުރަނީ ސްޕެއިންގެ ބާރސެލޯނާ އާއި އިޓަލީގެ ޖުވެންޓަސްއެވެ. މި މެޗް ހާއްްސަވާ ސަބަބުތަކަށް ބަލާލާއިރު، މެ މަޗަކީ 2018 ގެ މޭއިގެ ފަހުން ދުނިޔޭގައި މިވަުތު ތިބި އެންމެ މޮޅު ދެ ކުޅުންތެރިންކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯއާއި ލިއޮނެލް މެސީގެ ފުރަތަމަ ކުރިމަތިލުމަށް ވާއިރު، މިމެޗަކީ ރޮނާލްޑޯ އިޓަލީގެ ޖުވެންޓަސްއަށް ބަދަލުވުމަށްފަހު ބާރސެލޯނާ އަދި ލިއޮނެލް މެސީއާއި ރޮނާލްޑޯ ކުރިމަތިލާ ފުރަތަމަ ފަހަރެވެ.

ޗެމްޕިއަންސް ލީގްގެ ގްރޫޕް ސްޓޭޖްގައި ބާރސެލޯނާގެ އަމިއްލަ ދަނޑުގައި މިރޭ ކުޅޭ މި މެޗު ކުޅޭއިރު، ކްރިސްޓިއާނޯ ރޮނާލްޑޯއަކީ ޗެމްޕިއަންސް ލީގްގެ އެންމެ ގިނަ ގޯލް އަދި އެންމެ ގިނަ އެސިސްޓު ހަދާފައިވާ ކުޅުންތެރިޔާއެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް 5 ފަހަރު ހޯދައިފައިވާ ރޮނާލްޑޯއަކީ އެނާގެ ޗެމްޕިއަންސް ލީގްގެ ހަޔާތުގައި ކުޅުނު 173 މެޗްއިން 132 ގޯލް ޖަހައި ، 34 އެސިސްޓު ކޮށް އޭނާގެ 5 ޗެމްޕިއަންސް ލީގް ތަށި އުފުލާފައިވާ ކުޅުންތެރިޔެކެވެ. އެއީ މިރޭ އޭނާއާއި ދެކޮޅަށް ކުޅޭ ބާރސެލޯނާއަށް ވެސް ކާމިޔާބު ކުރެވުނު ޗެމްޕިއަންސް ލީގް ތަށި ތަކުގެ އަދަދެވެ.

ހަމައެހެންމެ ރޮނާލްޑޯ އާއި އެންމެ ވާދަވެރި ބަރސެލޯނާގެ ލިއޮނަލް މެސީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް 6 ފަހަރު ހޯދާފައިވާއިރު، މެސީ ވަނީ އޭނާގެ ޗެމްޕިއަންސް ލީގްގެ ހަޔާތުގައި ކުޅުނު 146 މެޗްއިން 118 ގޯލް ކާމިޔާބުކޮށްފައެވެ. ލިއޮނަލް މެސީއަށް ޗެމްޕިއަންސް ލީގް ލިބިފައިވަނީ 4 ފަހަރެވެ.

މިރޭގެ މެޗުން ޖުވެންޓަސް 3-1 ގެ ނަތީޖާއަކުން މޮޅުވެއްޖެނަމަ ގްރޫޕްގެ އެއްވަނައިގައި އޮތް ބާރެސެލޯނާ ދެވަނައަށް ވެއްޓޭނެއިރު، މިސީޒަނުގެ ޗްމޕިއަންސް ލީގްގައި ކްރިސްޓިއާނޯ ރޮނާލްޑޯވަނީ 8 ގޯލް ކާމިޔާބުކޮށްފައެވެ. ހަމައެހެންމެ، މިސީޒަނުގެ ޗެމްޕިއަންސް ލީގްގައި އަދި ބަލިނުވެ އޮތް ހަމައެކަނި ޓީމަށް ބަރސެލޯނާވާއިރު، އަދި ލިއޮނެލް މެސީވަނީީ 4 ގޯލް ކާމިޔާބުކޮށްފައެވެ. މިދެޓީމް އެންމެ ފަހުން ކުޅުނު މެޗު ނިމުނީ 2-0 ގެ ނަތީޖާއަކުން ބާރސެލޯނާ މޮޅުވެގެންނެވެ. އެމެޗުގައި ރޮނާލްޑޯ އަށް ނުކުޅެވުނުއިރު އޭނާއަށް ނުކުޅެވުނީ ކޮވިޑް 19 އަށް ފައްސި ވުމުގެ ސަބަބުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ